އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ "ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތް" ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފުރަތަމަ ހުކުމްކޮށްފައި ވަނީ 28 ނޮވެމްބަރު 2019 ގައެވެ. އެ ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފައެވެ. އެކަމަކު، ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލް ކުރުމާއެކު ޔާމީން ވަނީ މިނިވަންވެފައެވެ.
ޔާމީން މިނިވަންވުމުގެ އުފާ ފާހަގަ ކުރަން "މަރުހަބާ ރައީސް ޔާމީން" ނަމުގައި ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ "އަނިޔާވެރި ސަރުކާރެއް" ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ސިފަ ކުރައްވައިފައެވެ.
އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ ވީޑިއޯއެއް ޓްވިޓާގައި ޚިއްސާ ކުރައްވަމުން ސަމީރު ލިޔުއްވާފައިވަނީ "ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތް، ތިމާ ވެރިކަމުގެ ބާރުގައި ހުރިއިރު ޖަރީމާ ވެރިކަން ކުރެއްވި އަނިޔާވެރި ގޮތްތައް ހަނދާން ނެތިއްޖެ،" ކަމަށެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ސަމީރު ދެން ލިޔުއްވާފައިވަނީ "ބުއްދި ސަލާމަތުން ހުރުމަކީ ވެރިކަމަށް ކުރިމަތި ލުމުގެ ޝަރުތެއް" ކަމަށެވެ.
ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނެތް ، ތިމާ ވެރިކަމުގެ ބާރުގައި ހުރިއިރު ޖަރީމާ ވެރިކަން ކުރެއްވި އަނިޔާވެރި ގޮތްތައް ހަނދާން ނެތިއްޖެ. ބުއްދި ސަލާމަތުން ހުރުމަކި ވެރިކަމަށް ކުރިމަތި ލުމުގެ ސަރުތެއް! @Sangu_TV pic.twitter.com/bdknSIUjoo
— Ahmed Sameer (@meeraazu) December 4, 2021
ރައީސް ޔާމީންގެ ޝަރީއަތް ދަށު ކޯޓުގައި ހިނގައިދިޔައީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތިއްބެވި އެމަނިކުފާނުގެ ސިޔާސީ ވާދަވެރިން ނުފޫޒު ފޯރުވައިގެން ކަމަށް އެމަނިކުފާނާއި އެމަނިކުފާނުގެ އެތައް ސަޕޯޓަރުން ގަބޫލު ކުރައްވައެވެ.
ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާ ވާހަކަ އިދިކޮޅު ފަރާތްތަކުން ދެއްކުމާއެކު ސަރުކާރުގެ އިސް ބޭފުޅުން ފާހަގަ ކުރައްވަނީ ޔާމީންގެ ވެރިކަމުގައި، އޭރުގެ ވާދަވެރި ސިޔާސީ ބޭފުޅުންގެ މައްޗަށް ޝަރީއަތް ހިންގައި އިއްވި ޖަލު ހުކުމްތަކެވެ.
ގާނޫނު އަސާސީގައި ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން، ސިޔާސީ ބޭފުޅުންގެ ބާރު އެ ކޮމިޝަންގައި އަބަދުވެސް އޮވެއެވެ. އެ ކޮމިޝަން މެދުވެރިކޮށް ޝަރުއީ ކޯޓުތަކުގައި ހިނގާ ސިޔާސީ ބޭފުޅުންގެ މައްސަލަތަކަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތަކީ އަބަދުވެސް އޮންނަ ތުހުމަތެކެވެ.
މިއީ ސިޔާސީ ގޮތުން ކާކުތޯ. ބަލަގަ ކޮންތާކު ތިހުރީ މިހުރިހާ ދުވަހު. ރައްޔިތުންގެ ޓެކްސް ފައިސާއިން 70 ހާސް ރުފިޔާ ކޮންމެ މަހަކު ނަގައިގެން ކޮން ޒިންމާއެއްތޯ އުފުއްލަވަނީ.
ހައްޕުނޑު ގަނޑެއް.
ފައިވާންދށުގައުނގުޅޭ ކުކުޅު ގުއި.
ކަރުގޮހޮތު ގަނޑެއް.
އެކަމަކު ސަމީރުއަށްވުރެ މިބުނި ތަކެތިވެސް އަގުހުންނާނެ.
ހައްޕުނޑު ގަނޑެއް.
ފައިވާން ދަށުގައުނގުޅޭ ކުކުޅު ގުއި.
ކަރުގޮހޮރު ގަނޑެއް.
އެކަމަކު ސަމީރުއަށްވުރެ މިބުނި ތަކެތިވެސް އަގުހުންނާނެ.
ކަލޯގަޔާ މި ސަމީރު ވެސް ރޭގަ ޕީޕީއެމް ގެ ޖަލްސާ ބެލިދޯ . ކެކެކެކެ އެހެންވީމަ ތި މޭކަރަނީ ؟ މާ މީހުން ގިނައީ ދޯ ޖަލްސާގަ؟ ނޫނީ އިންޑިއާ އެމްބަސީން އަމުރު ކުރީދޯ ރޔ ގެ ވާހަކަ ތަކަށް ރައްދުދޭން ކެކެކެ ސަޅި ތި ގޮތްވެސް.ސަމީރު ތީ ދިއްދޫ ބޭފުޅެއް ދެއްތޯ؟ ތިރަށު މީހުން ދޯ ބޯތަށީގަ ( ޑިސް އެންޓަނާގެ ތަށީގަ) ސަތަރި އެޅީ؟ މަ ނުބުނަން މިނިސްޓަރަތުގެ މަގާމަކީ ސައިކޯ މީހުނަށް ނުތިބެވޭނެ މަޤާމެކޭ.
މީދެން ކާކު..؟ ކަޔޭ ގެ ލަދު ހަޔާތްކޮބާ މުޅި ގައުމު އަޅުވެތިކުރާއިރު.
ސަމީރަކީ ލަދުހަޔާތް ހުރި މީހެއްތަ! ލަދުހަޔާތްކުޑައީ އެންޑީޕީގެ ގަމާރުންގެ ކިބައިގައި! ދައުލަތުގެ ހަޒާނާ ވަގަށް ނަގައި ހުސްކޮށްފި! އެތަކެއްހާސް ރައްޔިތުންތިބީ ރ.ޔާމީނުގެ ފަހަތުގައި! ސަމީރުގެ ފަހަތުގައި ތިބީ ހުސްވަގުން!
ކަލޭމެންގެ ލަދު ހަޔާތް ކޮބާ އިންޑިޔާއަށް ރާއްޖެ ވިއްކާލި އިރު
ކަލޭގެ ލަދު ޙަޔާތުގެ ކަންފުޅެއްވެސް ހުރިނަމަ ކަލޭ މިގައުމުގަ ނުހުންނާނެ
ތިޔަހާ އިތުބާރަކާއެކު ބުނަން ތި އެނގުނީ ތިޔަ ބުނި އެއްޗެހި ހުރިނެތް ގޮތެއް ބަލާފައިއޮތީތޯ ސުވާލުކޮށްލަން ބޭނުންވޭ. ނުވަތަ އަމިއްލަ ހާލަތު އިޝްތިހާރުކުރަނީބާ؟
ތިތާގެ ނެތް ރަގަނޅު އެކަކު ވެސް...ޔާމީނެއް އިބޫއެއް ކިޔާނެކަމެއްނެތް..ﷲގެ މަގުގައި ހައްގުގޮތުގައި ހުންނަވެރިޔެއްނަމަ ފަތުރުވެރިކަމުގައި ރަލާއި އޫރު ހުއްޓުވާނެ. ވަރިހަމަ އެކަމުގެ ސަބަބުން ފައިސާވަންނަލެއް މަދުވިޔަސް...ގެސްޓުންނަށޭ ކިޔާފަ ރަލާއި އޫރުނުގެނެވޭނެ ހަރާމްވާނެ..މިކަން ހުއްޓުވާނެވެރިއެއްނެތް...
މީނެއް ކާ އަނެއް މީހާ ރަލާ އޫރުމަސް ވިއް ކުމާ އެއްމެދެ ކޮޅު ޝޭޙުން ގާސިމާ ސަންޝިޔާމު ކައިރީތިބެނީ އެމީއަތުން ފައިސާ ހޯދަނީ އެމީހުންގެ ފައިސާގަ ކިޔަވަނީ..އެމީހުންނަ ވެރި ކަން ހޯދަދޭން ދިޔަހިއް ކަނީ..އަހަރެމެންވެސް ބޭނުމީ ތިބުނި ގޮތަށް ފައިސާހޯދާނެ މީހެއް އެ ކަމަ ކު ރާއްޖޭގެ ވެރި ކަމަށް ފައިނަގައިފަނެތް ތިބުނިމީހެއް..ހުދުވަލުގެ ވެރިޔާ އުމަރުނަސީރަށްވެސް ތި ކަމުން ބަރީއަ ނުވެވޭނެ.
ހިތުގެފުންމިނުން ގަބޫލުކުރަން...އަދި ކޮންމެ ވެރިއަކަށާއި ސަރުކާރުގެ އިސްވެރިންނައް ޢަދާބު ހެސްކިޔާފަ ހުރި...ރަލާއި އޫރު ނުހުއްޓުވައިފިއްޔާ
މީދެން ކާކު ޔާމީނުއާ ދިމާކުރަން. ތިޔަވަރުގެ ހަޔާތްކުޑަ މީހެއް އެއްވެސް ތަނެއްގަ ނުހުންނާނެ. ހިތަށް އަރާ ދޯ ތިމާއަކީވެސް ސިޔާސީ މީހެކޭ
ބަލަ ސަމިރު ކޮބައި ލަދު މިހާރު އިބޫއޮފީހުން މިނިސްޓަރުކަންލިބުނީމާ މުއްއްސިސާތަކައްނުފޫޒްފޯރުވާއިރު ކޮބައި ގެންގުލޭލޯބިސަރުކާރުގާބޭނުންގޮތަކަން ލޯބިތިޔައުލެނީ ؟ ގާސިމައްލަޑުދީފައި؟؟
ލަދު ގެ ކަންފުޅެއް ބެތީ ތިޔަމީހުންގެ އެއްނު، މީ އަދި ކާކު ވާހަކަ ދައްކަން ، އިންޑިޔާ އަށް ޤައުމު ވިއްކާ މުޅި ތަން ދަރަނި ވެރިކޮށް ނުވިތާކަށް ބަނގުލަދޭޝް އިން ލޯނަށް އެދިގެން ތިޔަ އުޅެނީ،
ކަލޭގެ ލަދުހަޔާތް މާކުޑަ. ކަލޭ ތިއީ މިނިސްޓަރު ކަމަށް ކުފޫ ހަމަވާވަރުގެ ފެންވަރެއް ހުރި މީހެއްތަ؟ ޕޯޑިއަމްތަކުގައި ދެބައޮޑުވައިގެން މިނިސްޓަރުކަން ލިބިފައި ހުރި މީހެއް. އޭސީސީއަށް ނުފޫޒު ފޯރުވަން އެތަނުގެ ރައީސާއާ ގުޅި ވާހަކަ އޭނާ ބުނި ހަނދާން އެބަހުރިތަ؟
މި ބެޔަށް އެނގޭ ބަތާ ހަލާލުވާނީ ސޯލިބޭ ބުނާގޮތަށް ބަޔާންދިނީމަކަން
މިނިސްޓަރުކަމުގަ ހުރިކަމެއްވެސް ބަޔަކަށް ނޭނގޭ. ދެން މުސާރަ ހަލާލުކުރަން އަދި ޕާޓީކުދިން ހަމަޖައްސާލަން ރަނގަޅު ވަގުތުގަ ތިތެޅިގަތީ.
ލަދު ހަޔާތް ހުރި އެކަކުވެސް ނެތް. ޚުދު ތިމާ ވެސް މިހާރު ލަދުގަނޭ ރަށު މީހަކު ފެނުނީމަ ވާހަކަ ދައްކާލަން. އެހެންވީމަ ކަލޭގެ ލަދު ހުރީ އެހެންގޮތަކަށް
ރޯނުއެދުރު އިބޫސާލިހު ކިހާވަރަކަށް މިސޮރުގެ ބަނޑު ފުރާލަދިނީބާއޭ ހިތަށްއަރާ، މީ މިގައިމުގެ ރައްޔިތުން ދަންނަ ސަމީރެއްވެސް ނޫން ކުއްލިޔަކަށް ޝޯވެގެންއުޅެ ރ.ޔާމީނު ލަދެއްނުގަނޭ ކިޔާފަ އެމަނިކުފާނު ހާރުވަން ކަލޭކަހަލަ ޒީރޯ ފެންވަރުގެ ކޮހަކު ލަދެއް ނުގަނޭތަ؟؟ ރ.ޔާމީނު ރޭގަދިން ސްޕީޗު މިސޮރުމެންނަށް ހަޖަމެއްނުވެގެން މިއުޅެނީ ފަޔަށް ހިނިއަރައިގެން ރޭގަ ނުވެނިދުނުކަން އެގިއްޖެ، މިކަހަލަކޮހުން ހޮރުން ނިކުތީމަ މިއިނގެނީ ގައުމެއްގެ އެއްމެ އިއްޒަތްތެރި އޮފީސް (ރައީސް އޮފީސް)ގެ މަގާމުގައިތިބީވެސް ހާދަފެންވަރު ދަށް ބައެކޭ،؟؟މިކަލޭގެ ބަހުރުވައިންވެސް އެބައިނގޭ އެއްވެސް ތައުލީމީފެންވަރެއްވެސް ނެތްކަން، ހަމައެކަނި ބުރުމާގާސިމުސޭޓް އަންބޮޑި ބޮޑުކޮށްދީފަ ކޯލިޝަން ދަރަނި އަދާކުރަން ނަމެއްގަ މަގާމެއް ދީފައި ހުރިމީ އުނބެއް.
ވަރަށް ކަމުދާ ލާރިލިބޭ ވަޒީފާއެއްގަ ތިހިރީ .މަސްނިމުނީމާ ލާރިކޮޅު ނަގައިގެން ހުންނަވާ. ހަޑިކޮށް އުޅުއްވާނެ ކަމެއްނެތް. މިގައުމުގަ އެއްވެސް މީހަކަށް ނޭގޭ ކާކުކަމަށްވެސް . ސަލާމް
މިސޮރު ގެ ލަދު ހަޔާތް މާ ބޮޑީ ތަ
ލަދު ހަޔާއް ނެއް މީހެއް ކަލޭ ހިތައް އަސަރު ކުރީ ދޯ.
ސަމީރުބެގެ ލަދުހަޔާތް ބޮޑުކަމުން ތުރުކުރައްވަނީ ޓްރިޕްލް އެކްސް ލާރޖް ބޮކްސާ ދެއްތޯ
ދިއްދޫ އިން ބޭރު ކޮއްލާފަ ހުރި މީހެއް ތިއީ. ބޭރުކޮށްލީމަ އަވަހަށް ރަށްވެހިކަން ވެސް ބަދަލު ކޮއްލީ. #ލަދު
ލަދުހަޔާތް ނެތީކަލޭ ބިގަރު
އޮއްހޯހޯ މޯޅިވެފަތިބި ވިނަތަ ކަށް ފެންދީ ދިރުވަން ފަށައިފި....ލަދު މިބަހުގެ ލަފްޒީ މާޔާ އަމަލީ މާނަ ދަސް ކުރަން އެއްމެންދާންވީ މިބޭފުޅާގާތަށް...އިންޑިޔާބސަފީރުގެ ދެފައިދޮވުނު ފެންފޮދުހޯދަން އެމްބަސީއަށް ވަދެއޮފަ ނު ކުން ކޮއްމެ ފަހަރަ ކަށް މަނި ކުފާނުގެ ޖީބު ފުފެމުންދިޔާ ލަދުން...ތިއީ ބުއްދީގެ ހިއްސުގެ ވާހަ ކަދައް ކަން ރަގަޅުމީހުން...ފުރަތަމަ އިބުރާހިމުގެ ސިނ ކުޑި ހަމަތޯބަލަން ގެންދަންވީނު..
ކިރިޔާ މީހަކު އެއްޗެއް ބުނެލިޔަސް ވަޒީފާ އިން ވަކި ކުރަމުން ސަމީރު މެން ތިޔަ ދުވަނީ...އޭސީ ސީ އަށް ބިރު ނުދައްކާ ކަމަކަށް ނުވާނެ ސަމީރޫ...ޑރ އިޔާޒަށް އަނިޔާ ވެރި ނުވަންތަ
މިކަލޭގެ ލަދުހަޔާތް ކޮބާ ކަލެޔާ ރައީސްޔާމީނާ އަރާއަރަފޯދިގެންނުވޭ ތިޔައީ ދޮޅުރޯނާއެއް.
ޔާމީން އަށް ވެރިކަން ލިބުނީމަ ކަލޯ ގަނެލާތި
ކެކެކެ. މިއީ ކާކުދެން ކުއްލިއަކަށް މިފައުޅުވީ. މާބޮޑަށް ހިތުގައި ޖެހި މޭކެރީދޯ. ލަދުހަޔާތް ކުޑަމީހުން ތިގެންނަނީ. މުސާރަ ނަގައިގެން ކުރާ ކަމެއް ހަރާން.
އެންމެ ރަނގަޅު ރައީސް ޔާމިން އަނިޔާވެރި. އެހެނޭ ކިޔާފައި އޯގާތެރި ސަރުކާރޭ ކިފާއި އަމީހުން ނަށް އަނިޔާވެރިވާން ވީއޭތަ؟؟ ސަމީރުމެން ތީ ދެންކޮންބައެއް. އެއްވެސް ބުރަދަނެއް، އިލްމެއް ހިލްމެއް ހުރި މީހެނުން. މިނިސްޓަެ ކިޔައިގެން ތިއުޅެނީ. އިސްތިއުފާ ދީފައި ގެއަށްދޭބަލަ
ތިވަރުމަގާމެއްލިބުނީމަ ލަދުހަޔާތެއް ނުހުއްނާނެ މީދެން ކާކުތަ މީނައައްތާއިދުކުރާ ކިތައްމީހޫން ނެރެވޭނީ ޖަލްސާއަކައް އަދިވޯޓަކައްވެސް
ރޭގެ ޖަލްސާ ބަލައިފި. ލަގޮނޑި ފަޅައިގެން ގޮއްސި. ބުނަގަ މޯދީކައިރީ އޮރެންޖު ފޮށައެއް ފޮނުވާށޭ ކަރުނަ ފޮހެން.
ގާސިމް ކައިރީ އުޅޭ ރިލޯޑޭމެންނަށް އަސަރެއް ކޮއްފިއޭދޯ؟
އަހަރެމެންގެ ރައީ ލަދުގަންނަނީ ދިވެހިރާއްޖޭގެ ސިޔާސީ ދާއިރާގަ ތިކަހަލަ ހައްޕުނޑުން އުޅޭތީ.
މިހިރަ ލަދުހަޔާތް ބޮޑުމީހެއް!! ބޮޑުވީމަތާ މީނަގެޕާޓީއަށް މީނާއާނުލާ ނޫޅެވިގެން އެއުޅެނީ!
2 ފުއް ކެހެރި ލަދެއް ހަޔާތެއް އަދަބެއް ސަދަބެއް އުޅުމެއް ނެތް ސަމީރު...
ރައީސް ޔަމީނަށް ފާޑު ކިޔޭނެ މީހެއް ނޫން ސަމީރު އަކީ. ސަބަބަކީ ރައީސް ޔާމީނަކީ މިގައުމުގެ ރައްޔިތުން ލޯބި ލިބިފައިވާ ބޭފުޅެއް. ސަމީރު އަކީ ހާކާލި ބުރުވާލި އަގެއް ނެތް މީހެއް.
މީނަ މަރުވީ ކަމަށް ހީކޮށް މި ހުރީ އެކަމު ދިރިހުރިކަން އިގިއްޖެ. އަހާލަން ބޭނުންވަނީ ތިމާގެ ސިޔާސީ ބުރަދަނަކީ ކިހާ ވަރެއްތޯ
ރައީސް ޔާމީންގެ ތައުލީމީ އިގުތިސާދީ ހިކުމަތުއަމަލީ ގަޓުހުރި ސުޕީިޗެތް އަޑުއިވުނީމަ ސަމީރު މެންކަހަލަ ލަޓޯފަޓޯ ވ އަސަރުކުރާނެ އެކަމާ މާބޮޑަށް ވޮރީ ވާނެކަމެއްނެތް ތެޅިތެޅި ހުޅުނބުކޮޅުދާނީ.
އެއްކަލަ އެންކަރ ފިހާރާގަ ޕިޔޯނަކައް ކުރިން އުޅުނު މިހެއްމީ މީނަކިޔަވަންދިޔަ ސުކޫލެއް ނުހުންނާނެ ޔާމިނުއަށް ފާޑުކިޔަން މީދެންކާކު ކުރީގަ މާލޭ އިންޖީނުގޭ މަތީމަގާމައް ގެންދިއަައީ ޔާމީން ބުރުމާގާސިމް ތިޖޫރި ދަވާލި އެކަކުތީ
ފާއިތުވެދިޔަ 3 އަހަރުތެރޭގައި ސަމީރު ހުރިކަން އެނގޭ ބަޔަކު ވަރަށް މަދު ރައީސް އޮފީހުގެ ވަޒީރު ކަން ލިބުނު ފަހުން ސިޔާސީ އެއްވެސް ބަހެއް ބުނިތަނެއް ނުފެނޭ، އެކަމަކު ރައީސް ޔާމީން ޖަލްސާ އެއް ބޭއްވުމުން ސަމީރަށް ނުހުރެވުނު އެއްޗެއް ނުބުނެ، ސަމީރު ރުހުނަސް ނުރުހުނަސް ރައީސް ޔާމީން އަށް ތާއީދުކުރާ އެތަށްހާސް ރައްޔިތުން ވަނީ ޖަލްސާ ގައި ބައިވެރިވި ވެފައި، ޖޭޕީން ވެސް ސައިޒް ދައްކާލަން ޖަލްސާ އެއް ބާއްވަންވީނޫންތޯ؟ މިވަރުގެ ޖަލްސާ އެއް ސަމީރު އިސްވެ ހުރެގެން ތާއީދު އޮތްވަރު ދައްކާލަން ބާއްވަން ވީނުންތޯ؟
މިކަލަސޭކު މީހުންނަށް މަގާމުގެލިދާނީ ކިޔަންޖރހިގެން ކިޔާ އެއްޗެއް ސަމީރުވެސް މިހާރު ލަދުގަނޭ މިސަރުކާރު ހިންގާގޮތުން ތަނެއްދޮރެއްނުދަންނަބަޔަކުވިއްގަމު ދަރަނިވެރިކޮށްލާ އިންޑިޔާގެ އަވަށަކަށް ހެދީ މިސަރުކާރާސަލާން .މިސޭކު މޮޔައިންނަށް ސަލާމް ދެންލަލަލަ