ކްލިކް ކޮލެޖުން ހުޅުމާލޭގައި ބޭއްވި ކިޑްސް ސްޕޯޓްސް ފެސްޓިވަލްގައި ނަސާރާ ދީން ޕްރޮމޯޓުކުރާ ލަވަތަކެއް ޖަހައި އެލަވަތައް ކީ މައްސަލައެއް ރައްޔިތުންގެ އިއްތިހާދުން ފުލުހަށް ހުށަހައަޅައިފިއެވެ.
އިއްޔެ ހަވީރު ހަތަރަކުން ހަޔަކަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ދިޔަ ފެސްޓިވަލްގައި ނަސޯރާދީން ޕްރޮމޯޓްވާ ލަވައެއް ވަނީ ބޭނުންކޮށްފައެވެ.
ދީނީ ގިނަ ޖަމިއްޔާތަކެއް އެކުލެވިގެންވާ ރައްޔިތުންގެ އިއްތިހާދުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި ބުނީ އެއީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނު ހިލާފު ބޮޑު ކުށެއް ކަމުގައި ކަމަށެވެ.
ދީނީ އެއްބައިވަންތަ ހިމާޔަތް ކުރުމުގެ ގާނޫނެގެ ހަތަރު ވަނަ މާއްދާގެ ހ ގައި ބުނާ ގޮތުން ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީ ގޮތުން ހިލާފު އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި ގޮތްގޮތަށް އަމަލު ކުރުމާއި، އެއިން އެއްވެސް ކަމެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ މަނާ ކަމަކެވެ. ކްލިކް ކޮލެޖްގެ ހަރަކާތުގެ މައްސަލަ ބަލައި އެކަމުގައި ގާނޫނީ ގޮތުން ޒިންމާވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅައި އެ ފަރާތްތަކަށް ދައުވާކޮށް ދިނުމަށް ރައްޔިތުންގެ އިއްތިހާދުން ވަނީ އެދިފައެވެ.
އެ ހަރަކާތާ ގުޅޭ ގޮތުން ކްލިކް ކޮލެޖުން ބުނީ އެއީ ގަސްތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް މާފަށް އެދޭކަމަށެވެ.
"މިކަމަށް އެންމެ ރައްޔިތުންގެ ފަރާތުން ނިހާޔަތައް މައާފަށް އެދެން" ކްލިކް ކޮލެޖުން ބުންޏެވެ.
އިވެންޓްގެ ސައުންޑްއާއި ހަވާލުވެގެން ތިބިފަރާތަށް އެކަން އެނގުމާއެކު ބަދަލުކޮށްފައިވާނެ ކަމަށް އެ ކޮލެޖުން ބުނެފައިވެއެވެ.
އަމަކާރިއަށް ވަދެފަވެސް ފަޅާއެރުމުން ބުނަންވީ ދޯ އޮޅިގެން ވީކަމެކޭ. އެތަށް ބަޔަކަށް އަމާޒުކޮށްގެން ބާއްވާ އިވެންޓް ތަކަކީ ވަރަށް ގިނަ ބަޔަކު ބުރަމަސްއްކަތްތަކެއް ކޮށްގެން ހިންގާނެ ޙަރަކާތެއް. ވީއިރު ގަސްތުގައި ނުނީ ތިވަރުގެ ކަމެއް ނުހިންގެނެ . މައްސަލަބަލާ ފިޔަވަޅު އަޅަން ގޮވާލަން
ދެން އެއްވެސް ދިވެއްސަކު ކިޔަވާން ކްލިކް ކޮލެޖްއަށް ދާނެކަމެއް ނެތް، މަށެއް ނުދާނެން، މަގޭ އައިލާ މީހެއްވެސް ނުފޮނުވާނެން. ނަސާރާ ދީން ޕްރޮމޯޓުކުރާ ކޮލެޖެކައް. ތީ ހަމަ ގަސްދުގަ ކޮއްފަ އޮތް ކަމެއް.
ދިނައް ފުރައްސާރަ ކުރާ މީހުން ވަނީ ސިކުނޑި ހަމަ ނުޖެހޭ ބަޔަކައް. އެކަހަލަ ލަވައެއް ޖެހެނީ ވެސް އޮޅިގެން. ލާދީނީ މީހުން ގިނަ ވީމަ މިކަހަލަ މަންޒަރުތަށް ގިނަވާނެ.
ނައުޝާދު އިސްތިއުފާ
ކީއްވެ ނައުޝާދު އިސްތިއުފާ ދޭންވީ؟
އޮޅިގެން ކީއްވެބާ ޤުރްއާން ނުޖެހެނީ.؟
ހާދަހާ ހެއްވައޭދޯ،،،ތިޔަސައުންޑްސިސްޓަމް އަށް އެލަވަ އެންޓަރ ކޮށްފައި ނެތްނަމަ ހަމަޔަގީނުންވެސް އެލަވައެއްނާންނާނެ..އޮޅުވާލިޔަސް ބޮޑްވަރެއް
ދޮންކުދިން އުޅޭ ހެން ދޮންކުދިން ކުރާކަންކަންކުރަން އޮތީ ލާދީނީ ސަރުކާރު މާ ކުރިންވެސް ގޮވާލާފަ. އެހެންވީމާ އެކަން ނުވާނެ މައްސަލައަކަށް. ،މަތިމަތިން ނިންމާލާނީ! ޅަދަރިންގެ ބިންގާ އަޅާލަދިންލެއް ފައްކަލެއްނު! ޔަހޫދީ ސަރުކާރެކެމީ! ކޮލެޖުގައިވެސް ގިނައީ އެމްޑީޕީ ނުތާހިރު ގައިން ނުތާހިރުވެނުދޮވެ ތިބޭ ނަޖިސްތައް!
ކްލިކް ކޮލެޖު ހިންގަން ތިބި މީހުން ހައްޔަރު ކުރޭ. ނުލަފާ ބައިގަނޑު ހައްޔަރުކޮށް ގާނޫނީ ގޮތުން ދޭންޖެހޭ ހައްގު އަދަބު ދީ. މިއީ ކިހާ ދެރަ ކަމެއް. މި ލާދީނީ ސަރުކާރުގައި ހުސް ފެންނަނީ މިފަދަ މަންޒަރުތައް.
"މިކަމަށް އެންމެ ރައްޔިތުންގެ ފަރާތުން ނިހާޔަތައް މައާފަށް އެދެން" ކްލިކް ކޮލެޖުން ބުންޏެވެ. އަޅުގަނޑު މަޢާފެއް ނުކުރާނަން. އެއީ ގަސްތުގައި ކުރިކަމެއް. އެލަވަ އޮޓެމެޓިކުން ޖެހެންވީ ކީއްވެ؟ އަތުގައި ގެންގުޅުނީ ޖަހާކަށް ނޫންބާ؟ ޔޫޓިއުބުގައި ހުންނަ އެއްޗިހިވެސް މިފެންނަނީ ސަރޗްކޮށް ހޯދީމާ! މިކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ތި ކޮލެޖު ހިންގުމަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކުރުމަށް ގޮވާލަން. ކޮލެޖުތައް ހިންގުމުގެ ބޭނުމަކަށް ވެގެންނުވާނެ މި ޤައުމަށް ލިބިފައި އޮތް އިސްލާމީ ވަހުދަތު ފުނޑާލުން.
ޓީޗަރުންނަށް ވެސް ބެލެނި ވެރިނަންވެސް ހަމަ ރަނގަޅަށް އެނގޭނެ އެ ލަވައިގަާ ކިޔަމުން ދިޔައީ ކީކޭކަން އެކަން ހުއްޓުވަން އެކަކު ވެސް ނޫޅެ ތަރުހީބު ދޭން ތިބިކަން ދެރައީ އޮޅިގެން ވީ ކަމެއް ނޫން ތިޔަ ކަމުގެ ރިހާސަލް ވެސް އޮންނާނެ ގަސްދުގައި ކުރާ ކަމެއް ބޭރު ޓީޗަރުން މުގުލުގައި ތިބިގެން
ބޮއިކޮޓް ނަޞާރާ ކޮލެޖު އެބަހީ ކުލިކް ކޮލެޖް......