ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް ގާއިމު ކޮއްދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިއްދޫ އަށް ވެވަޑައިގެން ރިޔާސީ ވައުދެއް ނަމަވެސް، މިއަދާއި ހަމައަށް އައި އިރުވެސް ދިއްދޫގައި ޖޫނިއާ ކޮލެޖު އަޅާކަމުގެ އެއްވެސް ހިލަމެއް ފެންނާކަށް ނެތެވެ.

ޖޫނިއާ ކޮލެޖުގެ އިތުރުން ދިއްދޫގެ ހުރިހާ މަގެއްގައި ތާރު އެޅުމާއި، ދިއްދޫގައި ޓާޝަރީ ފެންވަރުގެ އައު ހޮސްޕިޓަލެއްގެ އިތުރުން ދިއްދޫގެ ބިން ހިއްކައި، އިސްލާމީ މަރުކަޒެއް ގާއިމު ކުރުމަށް ވެސް ރައީސް ވައުދުވެ ވަޑައިގެންނެވިއެވެ. އެކަމަކު މިއިން އެއްވެސް ކަމެއްގެ މަސައްކަތެއްް މިހައިތަނަށް އައިއިރު ވެސް ފެށިފައެއް ނުވެއެވެ.

މި ސަރުކާރުން ރާއްޖޭގެ އެހެން ރަށްތަކަށް ވެފައިވާ ބޮޑެތި ވައުުދުތައް ވެސް ދިއްދޫ އެކޭ އެއް ހާލަތެއްގައި ވާއިރު މި ހުރިހާ ކަމެއްވެސް ނިމޭނީ 2023 އަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. 2023 އަންނަން ބާކީ އޮތީ ދޮޅު އަހަރެއް ވަރު ކަމުގައިވާއިރު މިކަންކަން މި މުއްދަތުގެ ތެރޭގައި ހާސިލް ކުރެވުމަކީ ވަރަށް ނާދިރު ކަމެކެވެ.

ރައީސް ޔާމީން މިނިވަންވެ ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ރޭ ބޭއްވި ފުރަތަމަ ޖަލްސާގައި ވަނީ މިކަަމަށް އަލި އަޅުއްވާލައްވާފައެވެ. މިގޮތުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ކުރަން ވައުދުވި ކަންކަން ސަރުކާރަށް 3 އަހަރުވި އިރުގައި އެކަންކަން ފުރިހަމަ ވެއްޖެތޯ ރައްޔިތުން ސުވާލު ކުރާނެ ކަމަށާއި އެ ސުވާލުތައް ކުރުމަކީ ރައްޔިތުންގެ ހައްގެއް ކަމަށެވެ. އެ ސުވާލުތައް ކުރުމާއި އެކު ސަރުކާރުން ޖަވާބު ދޭން ޖެހޭކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ސަރުކާރުން ޖަވާބު ދެއްވާ ގޮތުގެ މިސާލުތަކެއް ޖައްސަވާފައެވެ. މިގޮތުން :

•ސުވާލު - ސިވިލް ސާވިސް މުވައްޒަފުންގެ ކަނޑާލާފައި އޮތް އެލަވަންސް ދޭނީ ކޮންއިރަކު؟ ޖަވާބު : 2023 ގައި.

• މަސްވެރިން ބާނާ މަހަށް ހަމަ އަގު ދެވޭނީ ކޮންއިރަކު؟ ޖަވާބު : 2023ގައި

• ތިލަމާލެ ބްރިޖު ފެންމަތި ވާނީ ކޮންއިރަކު؟ ޖަވާބު : 2023ގައި

• ދިއްދޫ ޖޫނިއާ ކޮލެޖުގައި ކިޔަވައިދޭން ފަށާނީ ކޮންއިރަކު؟ 2023ގައި

މިފަދަ ސުވާލުތަކެއް ކުރެއްވުމަށް ފަހުގައި ބޮޑު ސުވާލެއްގެ ގޮތުން ރައީސް ވަނީ ދިވެހި ރައްޔިތުން ގުނބޯ ހެއްދުން ހުއްޓާލާނީ ކޮންއިރަކުތޯ ސުވާލު ކުރައްވައި ޖަވާބުގައި އެއީ 2023ވަނަ އަހަރުގައި ކަމަށް ވިދާޅުވެފައެވެ.

މިއަދު ފެންނަމުން މިދާ މަންޒަރުތައް ވަރަށް ވެސް ސާފެވެ. ސަރުކާރުން ރަށްތަކަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ސަރުކާރު ވަނީ ނުކުޅެދިފައެވެ.

ދިއްދޫ ޖޫނިއާ ކޮލެޖުގައި ހިދުމަތް ދެވެން ފަަށާނީ ކޮންއިރަކުތޯ އެ ދާއިރާގެ މެމްބަރު ސުވާލު ކުރެއްވުމުން އެކަން ވާނީ 2023 ވަނަ އަހަރުގައި ކަމަށް މީގެ ކުރިން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވަނީ ވިދާޅުވެފައެވެ.

ދިއްދޫ އަކީ އެމްޑީޕީ މެޖޯރިޓީ އަބަދުވެސް އޮންނަ ރަށެކެވެ. ނަމަވެސް ދިއްދޫ ރައްްޔިތުން 2023ވަނަ އަހަރު މި ސަރުކާރުގެ ހޮޅި ވައުދުތަކަށް ވޯޓު ފޮށިން ޖަވާބު ދޭނެކަމުގެ މަންޒަރު މިހާރު ވަނީ ފެންނަން ފަށާފައެވެ. މިގޮތުން އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި ވެސް އެކަމުގެ ކުލަވަރު ފެންނަން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފައިބާ

    މަމެން ޕިންކީން ތިބީމޭ ތަމެންނަށް ތިން އަހަރު ދީގެން ތަމެންގައި ގައި ހުރި އުރަތްޕެއް ރައްޔިތުންނަށް އަންގާދޭން މިހާރު ރައްޔިތުންނަށް އިނގޭނެއޭ ތަމެންގެ ސަރުކާރަކީ އެއީ ވާނުވާ ސަރުކާރެކޭ މުޅިން ވެސް ހަދަނީ މަކަރާއި ހީލަތޭ ދެން ރާއްޖެތެރެއަށް ގޮސް ރިބަން ފަށް ކަނޑަނީ މިކަން ފަށާނަމޭ ފަށަނީއޭ ކިޔުމަށް ފަހު އެއީވެސް ދޮގޭ ހިޔާ ފްލެޓްސް ތަކުގެ ކުލި ކުޑަ ނުކުރެވި އަދި އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ނޭގުނު ބަޔަކަށް ދެން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ތަމެން ދެން ފައިބަންވީއޭ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ

    51
  2. ފަހު ނޭވާ

    ދިއްދޫ އިން އެމްޑީޕީ އަށް ސަލާމް ބުނާނެ 2023ގަ.
    ހުދު އަހަރެން ވެސް ފިކުރު ބަދަލު ކޮއްލައިފީމު.
    ޝުކުރިއްޔާ ރައީސް ޔާމީން! ❤️

    70
  3. ހއ

    ހަމައެމްޑީޕީގަ އުޅުނުގޮތައް ދެންމަވެސް އުޅޭނީ ޕީޕީ އެމްގަ ވެރިކަން ލިބި ކަމެއްނުކޮއްފިއްޔާމުން ވަކިވާނީ ހަމަ ޔާމީން ވަރެއްނެތޭމިހާރު މަވެސް ބުނާނީ

    41
  4. ޔާނު

    ޔާމިނު 5 އަހަރުގެ ދައުރެއް ނިންމާލި އިރު ދިއްދޫ އަށް ވީ ކޮން ކަމެއް ދައުރު ނިމިނު އިރުވެސް ޓާފް ދަނޑެއް ނުހެދުނު. ދާއިރާ މެންބަރުގެ ގޮޑި ގެއްލުވާލި.