ގާސިމް ބުނާހާ އަވަހަކަށް ރާއްޖެ ބަނޑަކަށް ނުޖެހޭނެ ކަމަށް ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެވެ.

މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވީޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި، ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ރާއްޖެ ބަނޑަށް ޖެހިދާނެ ކަމުގެ އިންޒާރު ދެއްވިކަމަށާއި އެއީ އެއްވެސް ހަޤީގަތެއްް އޮތް ވާހަކައެއް ނޫންކަމަށެވެ.

"ރޭ ނޫންކުރީރޭ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނަށް ބައްލަވާ ލެއްވީމަވެސް އެނގިވަޑައިގަންނަވާނެ އަދި އެ ވިދާޅުވާހާ ފަސޭހައިން ރާއްޖެ ބަނޑަށް ޖެހެން ނެތް ކަން. ރާއްޖޭގެ ރިޒާވުގަ މިހާރުވެސް ހުރި މިންވަރު ރައީސް ޔާމީން އެރޭވެސް ވިދާޅުވެ ދެއްވި. އެހެންވީމަ އެއީ އެއްވެސް ތާކުންތަކު ޖެހޭ ވާހަކައެއް ނޫން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ މިޒައާމަތުގައި ގައުމު ބަނޑަށް ޖެހުމައަކަށް ނުދާނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށެވެ.

"ކުރިއަށް އޮތް އެއްމަސްދުވަހަކު ނޫން. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިގައުމު ބަނޑަށް ޖެހުމާ ހަމައަކަށް ދެން އިރާދަކުރެއްވިއްޔާ ނުދާނެ. އަޅުގަނޑުމެންނަށް ދަންނަވަން ކެރޭ މި ޒައާމަތަކު އެކަމެއް ދިމައެއް ނުވާނެ،" އަދުރޭ ވިދާޅުވިއެވެ.

އެފަދަ ވާހަކަތައް ދައްކަނީ ބަޣާވާތްކޮށްގެން ވެރިކަން ވައްޓައި ނުލެވުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ގައިދީންގެ ގޮތުގައި ތިއްބެވި، ނަޝީދާއި ޤާސިމްފަދަ ބޭފުޅުންގެ، މީހުންގެ އިންޓަވިއުތައް ގެނެސްދިނުމަކީ ކުރެވިގެންވާނެކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދުވާފަރު މީހާ

    " އަވަހަކަށް" މީގެ މާނަ އަކީ ކައިރި މުސްތަގްބަލެއްގަ ރާއްޖެ ބަނޑަށް ޖެހޭނެ ވާހަކަ ތޯ؟ އޭރަށްވާއިރަށް އަދުރޭ މެލޭޝިއާއިން ގެއެއް ގަނޭ ... އޭރުން އަދުރޭ ސަލާމަތްވާނެ.. ޕީޕީއެމް ލޮޖިކް

  2. އަބްދުއްލާ

    ބަނޑަށްޖެހޭނަމަ އެންމެ ފުރަތަމަ މަރުވާނީ ގާސިމްގެ އާއިލާއާ ގާސިމްގެ މުވައްޒަފުންނާ ގާސިމާ އެކު އުޅޭ ސިޔާސީ މީހުން ވީމާ ބޭނުމަކީ ކޮބާ ؟

  3. ހަސަންބީ

    އަދުރޭމެން ގައުމުގެ ހަޒާނާ ހުސްކޮފި މީ ވަރަށް ވާހަކަ

    • މުއީދު

      އަދުރޭ ކިޔަން ތީ އަދި މާރަގަލޅު މީހެއް ނޫން ... މީވެސް ދޭ ދެން ވަރަށް އޥާހަކަ

  4. ައަބްރަހަމް

    ރަށް ވަށާ އެއޮތީ ހުސް މަސް

  5. ޕޮގުބާ

    ބަނޑަށްޖެހޭވާހަކަ ގާސިމް ދެއްކިޔަސް ނުދެއްކިޔަސް ﷲ އިރާދަކުރެއްވީތީ ތަދުކަމެއްނާންނާނެ ވެރިކަންބޭނުންވީމަ ތަފާތުގޮތްގޮތަށް އިދިކޮޅު އިސްބޭފުޅުންތަށް ވާހަކަ ދައްކަނީ ސަރުކާރާ އެއްކޮޅު ބޭފުޅުންނަށް ބިރު ދެއްކުމުގެ ގޮތުން އެކަމަކު ބިރު ފެންނާނެ އިދިކޮޅު މީހުންނަށްވެސް

  6. ޭައެމް އެސް

    ޢަދުރޭމެންނާ ވެސްއިންސާފު އަރާހަމަކުރާނެ އެއިރުން ދެންނުބުނާތި މީމަށައް މިއީ ރައީސް ޔާމިން ދިންލަޑެކޭ
    ކޮބާ
    މުއާޒު ރައީސްގެ ތަރުޖަމާން

  7. ނުރަބޯ

    މިގައުމު ބަނޑަށްޖެހުމާ އެއްމެ ކައިރި އަށް ދިޔައީ ބާޣީ ކެރަފާ ނަޝީދުގެ ވެރިކަމުގައި....!!! މިހާރު ﷲގެ ރަޙްމަތްފުޅާއެކު ރައީސް ޔާމީންގެ ބުރަ މަސައްކަތްޕުޅުން މިގައުމު އެފަދަ ދަތިކަމަކާ ކުރިމަތި ވެގެން ނުދާނެ.

  8. ފާތުން

    އަދުރޭ! ޖަލުގެ ކުޑަގޮޅި އެބަގޮވާ އަދުރޭ އަށް.

  9. ބޯހަލާކު

    މި ޒައާމަތަކު ނުޖެހޭނެތާ... މީވެސްހަމަ އެހާމެވާހަކަ

  10. ރައްޔިތުން

    .މާތްﷲ އީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އަދި އެއްކައު ވަންތަ ފަރާތް. ﷲ މަތީން ހަނދުމަ ކުރޭ