ހއ. ދިއްދޫގައި ހުންނަ "އަމާންވެށި" ކުދިންތަކެއް ނުކުމެ ނުކުމެ އެރަށު ޝަބްނަމް ފިހާރަ ފަޅާލައިފިއެވެ.
އެ ފިހާރަ ފަޅާލާފައި ވަނީ ރޭ ދަންވަރު 3:30 ހާއިރުއެވެ.
"ވަގުތު" އަށް އެނގިފައިވާގޮތުން އެ ފިހާރަ ފަޅާލައިގެން ވަގަށް ގެންދިޔަ ތަކެތީގެ ތެރެއިން ބައެއް ތަކެތި ވަނީ ހޯދާފައެވެ.
ދިއްދޫ އިން ”ވަގުތު“ އާއި ވާހަކަ ދެއްކި މީހަކު ބުނީ ފިހާރަ ފަޅާލީ އަމާންވެށިން ނުކުތް ކުދިބަޔަކާއި އަދި އެރަށު ދެ ކުއްޖަކާއި ގުޅިގެންކަަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އަދި ރޭ ދަންވަރު އެ ފިހާރަ ކައިރިން އަމާންވެށީގައި ދިރިއުޅޭ ކުދިންތަކެއް އެރަށު ބައެއް މީހުންނަށް ފެނިފައިވާ ކަމަށް އެ މީހާ ބުންޏެެވެ.
ދިއްދޫ އަމާންވެއްޓާއި ޝަބްނަމް ފިހާރަ ވެސް ހުންނަނީ އެރަށު ބަނދަރު ސަރަހައްދު ކަމުގައިވާއިރު މި ދެތަނުގެ ދެމެދުގައި އޮންނަނީ 200 ވަރަކަށް ފޫޓުގެ ހުސްބިމެކެވެ.
އަމާންވެށީގައި ދިރިއުޅޭ ކުދިން އެތަނުގެ ފާރުމަތިން އަރައިގެން ރަށު ތެރޭގައި އާއްމުކޮށްވެސް ބައެއް ގަޑިތަކުގައި އުޅެއެވެ. އަދި ރަށު ތެރޭގައި އުޅުމަށްފަހު އެ ކުދިން ބައެއް ދުވަސްތަކުގައި އެތަނަށް ވަންނަނީ ކާގަޑިއަށް އެކަނި ކަމަށް ވެސް އެރަށުން މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތަށް" ވިދާޅުވީ، ދިއްދޫ ފިހާރައެއް ފަޅާލި މައްސަލަ ރޭ ފަތިހު 5 ޖެހިއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އަމާންވެށިގައި އުޅޭ ކުދިންގެ ބައިވެރިވުމެއް އެކަމުގައި ނެތްކަން އެނގިފައިވާ ކަމަށެވެ.
އަދި މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މާލޭ އަމާންވެށީގަ ހުޅު ޖަހަނީ
ދިއްދޫ އަމާން ވެށީގަ މަނީ ހައިސްޓް ކުޅެނީ
މި ސިސްޓަމް ބަދަލު ކުރާކަށް ނުވޭތޯ؟
ތިއީ ތިބުނާ އަމާންވެށި ހެދި ހުރިހާ ރަށެއްގެވެސް ހާލު، އެހެން ޜައްރަށުނ އަދި ފިހާރަ ފަޅާނުލާކަން. ތިކަން އަހަންނަށް އެންމެ ވައްތަރީ 90 ގެ އަހަރުތަކުގަ މަސްތުވާތަކެތި ބޭނުންކުރި މީހުން ރަށްރަށަށް އަރުވާލުމުން އެމީހުން ދެން އެރަށްރަށުގެ ޒުވާނުންނަށް އެކަން ތައާރަފް ކުރީމަ ވީގޮތް.
18 އަހަރު ނުފުރެންޔާ ތި އެއްވެސް މައްސަލައެއް ހުރި ކަމެއް ނޫން.
އަމާން ރަށަކަށް ތިކަހަލަ ކުދިން އަޅާލިއަސް އަމާނެއް ނުވާނެ އެ ކުދިންނެއް
ބަދަލުގަ ރަށުގެ އެހެން ކުދިން ފަނާވާނީ
އެ މަންޒަރުތި ފެންނަނީ
Guard Othee nidhaafa tha?
Thifadha thanakah Madhu vaane 6 guard ves!
އަމާންވެއްޓެއް އަޅައި މުޅި ދިއްދޫ ނާމާން ކޮއްދި
#އަމާންވެށިއައުޓް
ޥަރަށް ދެރަކަމެއް. ރަނގަޅު ވެއްޓެއް ގާއިމް ވެފައިވާ ރަށްރަށުގެ އާމާންކަން ގެއްލި ބިރުވެރިކަން އުފެދޭ ހިސާބަށް ހިގައްޖެ.ސަރުކާރުން ވަރަށްބޮޑަށް ވިސްނަށްޖެހޭ. މިކަންކަން މިގޮތަށް ހިނގާކަމަށްވާނަމަ ރަށްތަކުގެ ރައްޔިތުންނާ ކުދި ދަރިންގެ ދިރިއުޅުމަށް ނޭދެވޭއަސަރު ކުރާނެ.
މަނީ ހައިސް ސީޒަން 6
ކިހިނެތް ބަލާނީ؟
ބަޖެޓުން ދެނީ 10ހާސް
އެންމެ ގާޑެއް. ކެެމެރާ އެއް ނުހުރޭ
މި ދައްކަނީ 3 ބުރިއަށް ހުރި 2 އިމާރާތުގެ ވާހަކަ
ފަޅާލީމަ ބުނާނެ ފަޅާފިޔޭ
ތީ ތި އަމާން ވެއްޓަކަށް ތި ދަރިންތައް ބަދަލުކުރި ރަށްރަށުގެ ޙާލަތު ހަމަ.. ދ.ކުޑަހުވަދޫގައިވެސް ފިހަާރައެއް ފަޅައި ނުލިޔަކަސް ހަމަ ރަށުތެރޭގަ ތި އަމާން ވެށީގެ ދަރިންތައް ނުކުމެ ހޭލަމޭލަވެއުޅޭ… ރަށުގެ ކުދިންތައް ހަލާކުކޮށް ނިންމައިފި.. މީގެން ކުއްޖަކާ ދިމާލަށް ޗުއްޕުވެސް ބުނެވޭނެ މީހަކު ނުހުރޭ… އެއަށްވުރެ މާ ޢިއްޒަތުގަ އުޅުއްވާ ދަރިންތަކެއް ތީ… 😥😥
މިސޯލިހު ސަރުކާރުގަ އުޅޭނީ ތިވެށީގަވެސް ސޯލިހުކުދިން.
ޜައްޔިތުން ނިކުމެ ތިބުނާ އަމާން ވެށި ބަންދު ކުރޭ. ތިއީ ދިއްދޫ ގެ އަމާން ކަމަށް އޮތް ނުރައްކަލެއް. ތި އަމާން ވެެއްޓަކީ ތި އަމާން ދިއަދޫ ގެ ހަލާކު
ތިތާ ހަދާ ޖޫނިޔާ ކޮލެޖުން ޕުރޮފެސަރުގެ ލަގަބުގަ ވަޒީފާ ދީ އެމީހުނަށް. ސާބަހޭ ވާނުވާ ސަރުކާރަށް.
ތިކަހަލަ ކުދިންތަކަކާއިހެދި ވޭމަންޑޫވެސްވަނީ ހަލާކުވެފަ
އެކުދިންގެ އަތެއް ނެތް ކަމަށް ލިޔެފަ ސުރުހީގަ މި އޮތީ އެކުދިންނޭ . ވަގުތު މީ ކިހިނެތް ޙަބަރު ލިޔާ ބައެއް. ރަށުން ދެކުއްޖަކާ އަމާން ހިޔާ ގައި ތިބި ކުދިންތަކަކާޔޯ، އެކަމަކު ސުރުހީގަ ހަމަ އެކަނި އެކުދިން ވާހަކަ. ޙެޔޮނުވާނެ އެކުދިންނާ އެވަރަށް ޒާތީ ނުވޭ އެކުދިންނަކީ އެތަށް ބައިވަރު ކަންތައްތަކެއް ތަޙައްމަލް ކޮށްފައި ތިބި ކުދިންތަކެއް.
ސުބުޙާނަށްﷲ ދެއްވެވި ނިޢުމަތަށް ޝުކުރުކޮށް ރީތިކޮށް ބަސްއަހައިގެން އުޅެންވީނޫން... އުފަން މަންމަ އަދި ބައްޕަގެ ފަރާތުން އެއްވެސް އެހީތެރިކަމެއް އަދި އަޅާލުމެއް ނުލިބިފައި ތިއްބާ އެފަދަ ނިޢުމަތެއް ލިބުނީތީ އުފާކުރަންވީނޫން. މައިންބަފައިން ކައިރީގައިވެސް މި އުޅެންޖެހެނީ ނިކަމެތި ހާލުގައި އެބޭފުޅުންނަށް ލިބޭ މަދު ފައިސާކޮޅުން ގިނަ ފަހަރަށް ރަގަޅު ޓިއުޝަނަކަށްވެސް ނުފޮނުވޭ.. އުޅޭތަނަށް ކުލިދައްކާފައި ބިލްތައްތައް ދައްކާފައި.... ރީތި އެއްޗެއް ކިތައްމެ ބޭނުންވިޔަސް ހޯދަން ނުކެރޭ.... އެކަމަކު ތި ކުދިނަށް ސްކޫލްބަސް އޮވޭ... ހިޔަލުގައި އަރާމުގައި ސްކޫލަށް ދެވޭ... ބަލިވެއްޖެއްޔާ ޑރ ދައްކައިދޭ... ބޭނުން ކުޅިވަރެއް ކުޅެވޭނެ މަގުތަނަވަސްކޮށްދީފައި އޮތީ. މީރު ކާއެއްޗެހި ގެނެސްދޭ... މަޖާކުރުމަށް ބޭރަށް ގެންދޭ....