އަންހެނެއް ކައިރިއަށް ވަދެ އޮތް ފުލުހަކަށް އަންހެން މީހާގެ ލޯބިވެރިޔާއާއި އިތުރު ބަޔަކުވެގެން ހަމަލާދީ 12،000 ރުފިޔާ ފޭރުނު މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުސް މީހާގެ އަތުން 12،000 ރުފިޔާ ފޭރިގަތް މައްސަލައިގައި އުމުރުން 20 އަހަރުގެ އަންހެން މީހަކާއި 31 އަހަރުގެ އޭނާގެ ލޯބިވެރިޔާގެ އިތުރުން 35 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށް ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް އިތުރު ކޮށްފައެވެ. ބަންދުގެ މުއްދަތުގައި އަންހެން މީހާ ވަނީ ސިއްހީ މައްސަލަތަކާއި ހުދި އުނދަގޫވާ ކަަމަށް ބުނެ ބަންދަށް ލުޔެއް ދިނުމަށް އެދިފައެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އުމުރުން 31 އަހަރުގެ މީހާ ވަނީ އެއީ ފުލުހެއްކަން ނޭނގޭ ކަމަށާއި އަދި އޭނާގެ އަތުން ފޭރުނު ކަމަށް ބުނާ ވާހަކައަށް އިންކާރު ކޮށްފައެވެ. އޭގެ ބަދަލުގައި އޭނާ ބުނެފައިވަނީ އެ ފައިސާއަކީ ފުލުސް މީހާ އޭނާ ދޫކޮށްލުމަށް ހިތުން ރުހުމުން ދީފައިވާ ފައިސާއެއް ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އެ ފިރިހެން މީހާ ބުނެފައިވަނީ ފުލުސް މީހާ އޭނާއަށް ވަރަށް އަނިޔާ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ހާދިސާއާއި ގުޅިގެން ފުލުސް މީހާ ހައްޔަރު ކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ފުލުސް މީހާ ވަދެއޮތް އަންހެން މީހާ ބުނެފައިވަނީ, އޭނާކައިރިއަށް ފުލުސް މީހާ ގެނައީ 1000 ރުފިޔާއަށް ހަށިވިއްކުމަށް ކަމަށެވެ. އަދި އެކަމަށް އެދި އިސްވެ ގުޅީ ފުލުސް މީހާ ކަމަށް ވެސް އަންހެން މީހާ ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި އަނެއް ދެ މީހުން, ފުލުސް މީހާއަށް އަނިޔާކުރުން ފެށުމުން އެކަން ނުކުރުމަށް އޭނާ އެދުނު ކަމަށް އަންހެން މީހާ ވަނީ ކޯޓުގައި ބުނެފައެވެ.

އެތަނުން ދޫކޮށްލުމަށް އެއްބަސްވެ ފުލުސް މީހާ ޓްރާންސްފާރކުރި 12,000 ރުފިޔާ އަނބުރާ ދީފައިވާ ކަމަށް ވެސް އެމީހުން ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. Anonymous

    ﷲ ހަރާމް ކުރައްވާފައިވާ ފާހިސްކަން ބޮޑު އަމަލެއް ޒިނޭ އަކީ އެފުލުސްމީހާ އަދަބު ނުލިބުނީމަ ޒިނޭ ކުރީމަ އަދަބު ނުލިބެނީ ފުލުހެއް ވީމަތަ.. ފުލުހުންނަކީ ތިޔަ ކަމުގަ އަރާ ތިބި ބައެއް

    57
    6
    • ތަސައްރަފް

      ނޫސްވެރިންވެސް ތަންކޮޅެއް ޒިންމާ ދާރުވަންވާންވެއްޖެ ސިފަިން ފުލުހުން މި ދެ މުއަސްސަސާ ގޮސް ހަށިވިއްކާ އަންހެކަށް ކުޑަކުއްޖަކށް ބަދުއަހުލާގީ އަމަލެއް ނުހިންގާނެ އެތަންތަން ބަދުނަމުވާގޮތަށް ނުލިޔަންވީ އެކަމކި އޭނަގެ އަމިއްލަ އިޙުތިޔާރުގަ ކުރާކންތަށް ކީއްވެތަ އެނަތަނެއްގެ މީހަކު ކަމެއް ކުރީމަ ނުޖަހަނީ މިފަދަ ވިޔާނުދާ އަމަލް ތަށް ކޮންމެ ދުވަހަކު ކުރަމުން އެދަނީ

      15
      2
  2. ފައިސާ އަލިފާން

    ތި ހަށިވިއްކާ އަންހެނުން..ހޯދާ ލާރި ދުނިޔޭގައި އަރާމާ އުފަލުގައި އަޗާ ތެޅި ދާނެ...އެގޮތުގައި ހޯދާ ލާރި ސީދާ އަލިފާން

    36
    4
  3. Anonymous

    ފުލުހުންގެ ކަންތައް ހާދަހާ ބޮޑުވެއްޖެޔޭ. ދީނެއް ގޮތެއް ފޮތެއް ނެތް ބަޔަކަށް މިގައުމުގެ ފުލުހުން ވެއްޖެދޯ.

    42
    2
  4. ފުލުސް

    ލަދުވެތި

    35
    1
  5. ދިވެހި ރައްޔިތުން

    ފުލުހަކު ޒިނޭ ކުރަން ވަނީމަ އޯކޭ. ރައްޔިތުމީޙާ ޒިނޭކޮށް ފޭރުނީމަ ކުއްވެރިވަނީ.... ހެހެހެ... ފުލުސްމީހާ ހައްޔަރު ނުކުރީ ގައުމީ ސަލާމަތައް ނުރައްކާވެދާނެތީ ތޯ؟؟؟ ޙަމީދޫ ޖަވާބު ދާރީ ވޭ. ނޫނީ މަޖިލީހައް ހާޒިރުކޮށް ޖަވާބުދާރީ ކުރުވަން ޖެހިދާނެ.

    36
    3
  6. މަލޫ

    ހާދަ ހަޑިހުތުރު ވާހަކަތަކެކޭ ގައުމުގެ ހާލަތާމެދު ހިތާމަހުރި

    32
    1
  7. އަހުން

    ފުލުސް މީހާ

    15
    1
  8. ީފުލުސްމީހާ

    ދުވަހަކުވެސް ފުލުހަކަށް ފިޔަވަޅެއް ނާޅާނެ...ކޮބައިތަ ކުޑަ ދަރިފުޅަށް އަނިޔާކުރި ފުލުސް ދެމަފިރިން...ކޮބައިތަ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ފުލުސް މީހާ..ޔަގީނޭ އެއްވެސް ފިޔަވަޅެއް ނާޅާކަން...މި ގައުމު ހަލާކު ކުރަނީ މި ފުލުހުން...މި ކަންވެސް އޮއްބާލާ ސީ.ޕީ ިި
    ވަރަށް ސަލާން ހަމީދޫ...

    21
    3
  9. އާސިދާ

    ފޮޓޯ ކޮބާ ގަބޫލުކުރަން ދަތި

    11
    2
  10. އާސިދާ

    ހާދަ ހިތިރޭދޯ ދެންއަޅެ ފުލުހުންތެރޭ ކޮންކަހަލަ ބައެްތަތި އުޅެނީ..ޗީ

    17
    2
  11. ވަގުތު

    ފުލުސް މީހާ ޖެހޭ ފަދައިން އެމްޑީޕީ މީހާ ޕީ.ޕިއެމް މީހާ ކަސްޓަމް މީހާ ވަގުތު މީހާ މިހާރު މީހާ އަވަސްމީހާ މިހެން ޖަހާލުން ރަނގަޅު އަދި އަބުރެއް އޮތީ ވަގުތު ނޫސްވެރިންގެ ނޫން ކޮންގޮތަކަށް ކިހިނެއްކަން އުޅެނީ ގިނަ ނޫސްވެރިން ތިބީ މިނިވަންކަން މަތީގަތޯ ބޮލެކް މެއިލް ވެފަތޯ .

    17
    5
    • ޙަލީ

      އެއީ ކީއްވެ އެހެން ޖަހަންވީ؟ ފުލުހުންނަކީ ސިޔާސީ ޕާޓީއެކޭތަ ތިބުނީ؟ފުލުހުންވީމަ ޖަހަންވީ ހަމަ ނަމާ އެޑްރެސްވެސް. ޢެމީހުންނަކީ މިގައުމުން މިފަދަ ނުބައި ފާޚިޝް އަމަލުތައް ހުއްޓުވަން ތިބޭ މިހުން މިތިބީ އެކްމުގެ ކުރިބޯށީގަ މިހާރު. ގައުމުގަ ނުބައިކަންކަން ހުއްޓުވާނެ ފުލުހަކު ނުތިބޭ އާންމުން އަދި ޖެހޭ ގުޅަން މައްސަލަ ހުށައަަޅަން. ޢެކަމު މިމީހުންނަކީ މިކަމަށްޓަކައި ދައުލްތުން މުސާރަދީފަ ތިބޭ މީހުން.

      14
      5
  12. ސަސި

    ޓު ޕުރޮޓެކް އެންޑް ސާރވް. ގޯ ބުލޫސް ގޯ.

    14
    1
  13. ރިލޭ

    ދޮވެލުމަކަށް 13000 ދިޔައީ/ ރިވެތި އުޅުން ދަސްކުރޭ ......

    14
    1
  14. ހައްޔަރު

    ހައްޔަރު ކުރަންޖެހޭ މީހުން ހައްޔަރެއް ނުކުރެ. ފުލުސް މީހާގެ ވަނަވަރު އާއްމު ކޮށްލާ. އެހެންނޫނީ ނޭންގޭނެ މީހަކު ރޭޕްކުރާތީ ފުލުހައް ގުޅީމަ އައިސްދާނެ އެފުލުސް މީހާ

    10
    1
  15. ޔޮޔާ

    ހާލަތު މިއޮތީ ބެންކޮކު ހިސާބުގާ މިއެބުނާ ތާހިރު އުޅުން...

    11
  16. ސަމާސާ

    ތިކަހަލަ ކަންކަން ފުލުހުން ތަޖްރިބާކުރީމާ ކުށުގެވެށިން ތިގޮތަށް އުޅޭ މީހުން ބަންްދުކުރަން ދަސްވާނެ.

  17. އަލީ

    ހަހަހަހަހަހަހަހަހަހަހަހަ

  18. ލަދު

    ބިދޭސީ އަކު ކުރިކަމެއް ނަމަ، ނެތުމައް ފޮނި ތޮށި ކާފޫރު އަޅާ، ފޮޓޯ ޖަހައި އާންމު ކުރީސް. ފެންވަރު ދިވެހި ފުލުހުންގެ. މީހުން ފުރޭމް ކުރުމާ، ބޮޑެތި މަހުޖަނުންގެ ޖަރީމާތައް ފޮރުވަން އަރައި ތިބި ބައެއް ނަމުގަ ދިވެހި ރައްޔިތުންގެ ދިފާއުގަ. ޝޭމް

  19. ދިވެހި ދިދަ

    ފުލުހުން ޑިއުޓީގަ އުޅޭއިރު އުލޭނީ 2ޖިންސް ދެމީހުން..މިވަރުންވެސް ތިކަން މައިތިރިއެއްނުވޭދޯ ހާދަ ފޯރިއަރާފައެދޯ ތިބެނީ ހުރިހާކަމެއްގަ؟ ވަޒީފާއިންވަކިވާއިރު ހުސް މެޑެލް..މަގެއްގެމަތިންވެސް މިއިން ބޭކަލަކު ނުފެނޭ

  20. Anonymous

    ސުރިހީ އޮތްގޮތުން ހީވަނީ ރާއްޖޭގަ ހަށި ވިއްކުން ހުއްދަހެން.