ޒިކުރާ މިސްކިތް ތަޅާލުމަށްފަހު މިސްކިތް ހިމެނޭގޮތަށް 10 ބުރީގެ އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އިސްލާމިކް މިނިސްޓުރީގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ އަޙްމަދު ޒިޔާދު ވިދާޅުވީ ރައީސް ޔާމިން ގެ ވެރިކަމުގައި އެމަނިކުފާނު ވަޑައިގެންނެވި އިގުތިސާދީ އެޖެންޑާގެ ދަށުން އިގުތިސާދު ފުރިހަމަ ކުރުމަށްޓަކައި އިސްލާމްް ދީނުގައި ކަޑައަޅާފައިވާ އުސޫލުތަކާ ހަމަތަކުގެ ތެރެއިން ދައުލަތަށް އާމްދަނީ ލިބޭނެ ގޮތް ތަކެއް ކަނޑައަޅުއްވާ މަސައްކަތް ފެއްޓެވިކަމަށާއި އެ ގޮތުގެ މަތިން ޒިކުރާ މިސްކިތް ހުރި ބިމުގައި ދާރުއް ޒިކުރާގެ ގެ ނަމުގައި ވަގުފް އިމާރާތެއް އެޅުމުގެ މަސައްކަތް މިއަދު މި ދިޔައީ ފެށިގެން ކަމަށެވެ.

އިސްލާމިކް މިނިސްޓަރ ވާހަކަފުޅުދައްކަވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ޑރ ޒިޔާދު އިތުރަށް ވިދާޅުވި ގޮތުގައި އެ އިމާރާތުގެ ތިން ބުރި ހާއްސަކުރެވިފައި ވަނީ މިސްކިތަށެވެ. އަދި އިމާރާތުގެ ބޭސްމަންޓު ހާއްސަކުރުމަށް ހަމަޖެހިފައިވަނީ ޕާކްކުރުމަށް ކަމަށާއި ބާކީ ހުރި ފަންގިފިލާތަށް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓުރީއިން ކަނޑައަޅާ އުސޫލުގެ ދަށުން އިސްލާމީ އުސޫލުތަކާ ހިލާފު ނުވާނޭ ގޮތަށް އެކި މަސައްކަތް ކުރުމަށް ކުރުމަށް ދޫކުރާ ގޮތަށެވެ.

ދާރުއް ޒިކުރާގެ އިމާރާތްކުރުމުގެ ޖުމްލަ 130 މިލިއަން ހޭދަވާއިރު އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ހަރަދުކުރަނީ ސަރުކާރުގެ ބަޖެޓުންކަމަށް އިސްލާމިކް މިނިސްޓުރީއިން ހާމަ ކުރެއެވެ. އަދި ބާކީ ފައިސާ ހަރަދު ކުރަނީ ދާރުއް ޒިކުރާ އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ކުންފުނިން ނެވެ.

ދާރުއްޒިކުރާ އިމާރާތް ކުރުމުގެ މަސައްކަތް އެސްތައި ކޮންސްޓުރަކްޝަނާ ހަވާލުކުރެވިފައި ވަނީ 25 މަސް ދުވަހުން ނިންމާ ގޮތަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޭންވީއޭ

    މީ ވަރަށް ރަނގަޅަށް ސަރުކާރުން ކުރެއްވި ކަމެކެވެ. މިގޮތަށް ކުއެްޔަށް ދޭންވީ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރާކޮންޓްރެކްޓަރ އަށް ގުޅިފަޅުން ބިން ތައް 50 ބުރި އަށް ނަގައިގެން އިމާރާތް ކުރާ ގޮތަށް ކޮމާރޝަލް މަސައްކަތް ތައް ކުރުމަށް ޓަކައި އެކި ފްލޯރސް ތައް 100 އަހަރަށް ކުއްޔަށް ދަެގޮތަށް...

  2. މާވެޔޮ

    ދެ ކޮން އިރަކުންބާ މާވެޔޮ މިސްކިތް ނިމޭވަރު ވާނީ.... ތިން އަހަރަށް ވުރެ ގިނަ ވީ އެ މިސްކިތް ތަޅާލައިގެން އިމާރާތް ނުކުރެވިގެން އުޅޭތާ....