ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް މަސައްކަތް ކުރާ މުވައްޒަފުންނަށް ފައިސާގެ އިނާމު ދޭ ފުރަތަމަ ރާއްޖޭގެ ރިސޯޓަކަށް ދ. އަތޮޅު އާވީ ނޭޗާސް ޕެރެޑައިސް ވެއްޖެއެވެ.

އާވީ ނޭޗާސް ރިސޯޓަކީ މީގެ ހަތް ވަރަކަށް އަހަރު ކުރިން ހިންގަން ފެށި ރިސޯޓެކެވެ. މީގެ ކުރިން ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރަމުންދިޔަ މި ރިސޯޓުވެސް ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވީ މިދިޔަ މަހުއެވެ. ފަހުން ހުޅުވި އިރު ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒަފުން މަދުވިއެވެ.

އާވީ ނޭޗާގެ ހިތްގައިމު ގޮނޑުދޮށް :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

މިވަގުތު މި ރިސޯޓްގައި 40 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، އެ ރިސޯޓް އެންމެ ރަނގަޅަށް އޮޕަރޭޓް ކުރަމުންދިޔައިރު، 60 މުވައްޒަފުން މަސައްކަތް ކުރިއެވެ.

މި ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ނުކުރާ މުވައްޒަފުންނަށް ފައިސާގެ އިނާމް ހަވާލުކޮށްފައި ވަނީ މިދިޔަ ހަފްތާގައި ބޭއްވި ކުޑަ އިވެންޓެއްގައި ރިސޯޓު ވެރިންނާއި ރިސޯޓަށް ރިޕީޓާސް ގެސްޓްގެ ގޮތުގައި އަންނަ ދެ ފަތުރުވެރިއެކެވެ. މިއީ ރިސޯޓުގެ އަށް ވަނަ އަހަރީ ދުވަހާ ދިމާކޮށް ދުންފަތު އިސްތިއުމާލު ކުރުމާ ދެކޮޅު މުވައްޒަފުންނަށް ދިން ފައިސާގެ އިނާމެކެވެ. އެ ރިސޯޓުން ނިންމާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު އެ މުވައްޒަފުންނަށް ސެޓްފިކެޓްވެސް ދިނުމަށެވެ.

ދުންފަތާއި ދެކޮޅު އާވީ ނޭޗާސް ރިސޯޓްގެ މުވައްޒަފުންނަށް ފައިސާގެ އިނާމު ދެނީ - ވަގުތު އިމޭޖްސް: އަހްމަދު އަލީ

އެގޮތުން ދުންފަތުގެ އިސްތިއުމާލު ނުކުރާ 14 މުވައްޒަަފަަކަށް ވަނީ ފައިސާގެ އިނާމު ހަވާލުކޮށްފައެެވެ.

"ވަގުތު"އާ ވާހަކަދައްކަމުން އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރު ޝަމީމް ސަލީމް ވިދާޅުވީ، މިއީ އެ ރިސޯޓާ އަލަށް ގުޅުނު ހިއުމަން ރިސޯސް މެނޭޖަރު ރަޒާލާ ޝަރީފް (ރޯޒީ)ގެ އިސްނެންގުވުމުގެ މަތިން، އެ ކެ ރިސޯޓުންވެސް ވަރަށް ބޮޑަށް އަހައްމިއްޔަތު ކަމެއް ދީގެން މުވައްޒަފުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރު ކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ބައެއް ކަމަށެވެ.

"މިއީ ސިނގިރޭޓް ބުއިން ހުއްޓުވުމަށް ނޫނީ މަދު ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ފެށި ކަމެއް، މިސާލަކަށް ކުރިއަށް އޮތް ތަނުގައި ނޯ ސްމޯކިންގ ކްލަބަށް މީހަކު އައީ އަޅުގަނޑުމެންނަށް އެ މުވައްޒަފަށްވެސް ދޭނަން". ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިގޮތަށް ދުންފަތާ ދެކޮޅު މުވައްޒަފުން އެކަމުގެ ތެރޭގައި އެގޮތަށް އުޅޭތޯ ބަލާނެ ކަމަށެވެ. އަދި މިއީ މުވައްޒަފުންނާ ވާހަަކަދައްކައިގެން ކުރިއަށްގެންދާ އިވެންޓެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ދުންފަތާއި ދެކޮޅު އާވީ ނޭޗާސް ރިސޯޓްގެ މުވައްޒަފުންނަށް ފައިސާގެ އިނާމު ދިނުމަށް ބޭއްވި އިވެންޓްގެ ތެރެއިން މެނޭޖަރ ވާހަކަދައްކަވަނީ - ވަގުތު އިމޭޖްސް: އަހްމަދު އަލީ

"އެ މީހުން ކިހިނެއްތޯ އުޅެނީ، އަހަރެއްގެ ތެރޭގައި ބަލާނަން އެ މީހުން ސިނގިރޭޓް ބޮއިފިތޯ އާއި އެއްޗެހިވެސް". ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، އޭގެ ފަހުން އަނެއްކާވެސް އަހަރު ނިމުމުން އެެގޮތުގައި ދެމިތިބި މުވައްޒަފުންނަށް ހަދިޔާއެއް ދޭނެ ކަމަށެވެ.

"އަޅުަގަނޑުމެންގެ އަމާޒަކީ މުވައްޒަފުން މިކަހަލަ ކަންތައްތަކާ މުޅިން ދުރުވުން، މިއީ ރޯޒީ އާއި ކުންފުނީގެ ވެސް ވަރަށް ބޮޑު އިނީޝިއޭޓިވްއެއް"

މި ރިސޯޓަކީ ދިވެހިންނާއި ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ދިވެހިންގެ ރިސޯޓެއްކަން ފާހަަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޛަމީ

    ތީ ވަރަށް ސަޅި ރަށެއް

    އާދަޔާ ހުލާފު މަސައްކަތްތެރި ރަގަޅު ބައެއް 👏👏👏