ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ފޯރުކޮށްދޭ ތެރަޕިއުޓިކް ފަރުވާއަށް ސަލާން ޖެހުން ހުއްޓުމަކަށް ގެނެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.
"ރިހިވެލި އެވޯޑު 2021" ދިނުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެފަދަ އެއްކަމަކީ، 2019 ވަނަ އަހަރު ފެށި ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް ކަމަށާއިއެ ޕްރޮގްރާމްގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް ސަލާންޖެހުން މިހާރު ވާނީ ހުއްޓުވިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ފަރުވާ އަށް 2019 ވަނަ އަހަރު 3.1 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 7.2 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދު ކުރެވުނެވެ. އަދި މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 18.2 މިލިއަން ރުފިޔާ ހަރަދު ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
"ކޮވިޑުގެ ދަތިކަމުގެ ތެރޭގައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް، ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވި. އެހެން ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މާލީ އެހީ ދިނުމުގެ ޕްރޮގްރާމަށް، ސަރުކާރުން އެއްވެސް ބަދަލެއް ނުގެންނަން. އެއްވެސް މިންވަރެއް އުނިނުކޮށް، މަހުން މަހަށް އެހީތެރިކަން ފޯރުކޮށްދެވުނު." ރައީސް ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެކި އާލާތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމުގައި ޑަބްލިއުއެޗްއޯގެ ލަފާ އާއި މަޝްވަރާ ސަރުކާރުން ހޯދާފައިވާ ކަމަށެވެ.
އަދި ސަރުކާރުން ހުއްދަކުރާ އެފަދަ އާލާތްތަކުގެ ލިސްޓެއް މިހާރު ވަނީ އެކުލަވާލާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަމާ ގުޅޭ ގޮތުން މިހާރު ހިންގާ ޕްރޮގްރާމްތަކަށް ބަދަލުތަކެއް އެބަ ގެންނަން ޖެހެއެވެ. އެއީ އެފަދަ މީހުންނާއި ކުދިން ބާރުވެރި ކުރެވޭ ފަދަ ގޮތަކަށް އެ ޕްރޮގްރާމްތައް ބައްޓަން ކުރުން ކަމަށް ވިދާޅުވިއެވެ.
"އެފަދަ ޕްރޮގްރާމްތަކުގެ އެންމެ އެދެވޭ ނަތީޖާއެއް ހާސިލް ކުރެވޭނީ އޭރުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ, ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ ލާބަޔަށް އެކި ފަރާތްތަކުން ކުރާ ހިދުމަތަކީ، އެއްވެސް ގޮތަކުން އަގުކުރެވޭ ވަރަށްވުރެ މާ ފުރިހަމަ އަދި އެހާމެ މަތިވެރި ހިދުމަތްތަކެއް ކަމަށެވެ. ނަމަވެސް އެ މުހިންމު ހިދުމަތުގެ އަގު، ދައުލަތުގެ ފަރާތުން ކޮންމެވެސް ސިފައެއްގައި ވަޒަންކުރުމަކީ، ކުރަންޖެހޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, ކޮންމެ މީހަކީވެސް، އެހެން މީހުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ މީހެއް ކަމަށެވެ. މުޖްތަމައެއްގެ ގޮތުގައި އުޅެނީ އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުންދީގެން ކަން ވެސް ރައީސް ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ދަތި އުނދަގޫ ހާލަތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ އާއިލާތައް ކުރިމަތިލާން ޖެހުނު ގޮންޖެހުންތައް ވަރަށް ގިނަކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ, އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް ވަރަށް ވަރަށް ގިނަ ހުރަސްތަކެއްވަނީ ކުރިމަތިވެފައި ކަމަށެވެ.
އެކަންކަމަށް ރިއާޔަތްކޮށް ސަރުކާރުން ހާއްސަ އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެދަތިތަކުން އަރައިގަތުމުގައި އެހީތެރިވުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮބާހޭ ކަޅުދަބަހާއި ހުދުދަބަހުގައި އުފުލި ޑޮލަރު ކަލެއަށް ތާއީދުކުރާމީހެއް މިދިވެހިރާއްއަކުނެތް ދެކީއްކުރަންތަ އަބަދު އަބަދު ރައްޔިތުންގެ ތާއީދެއް ނެތޭތިކިޔަނީ ތިހާތާއިދު އޮތްބަޔަކު ކީއްވެތަ ރިޔާސީއިންތިހާބު ބާވަން ތިފަސްޖެހެނީ ހަމަ ތިމާމެނަށް ތާއީދުއޮތްލެއް ބޮޑުކަމުންދޯ ރައްޔިޔުން ގުއި ބަލާލޮލުންވެސް ތިއެމްޑީޕީއާއި ދިމާއަށް ނުބަލާނެ މާބޮޑުހެޑިފަ ހުރޮޔަސް ތިކިބުލަކީ ބޮޑުވަގެއްކަން ރައްތުމިހާރު ޤަބޫލުކިރޭ !
ޙުސްދޮގު. ފަރުވާއެއް ނުލިބޭ. ޢެކުދިންނަށް ލިބޭ ފައިސާކޮޅުން ފަރުވާ ހޯދަނީ.
ހުސް ދޮގު،ވާކަމެއް ހަމަ 7 ހަރާމުން ހަރާމް.
އަޅުގަނޑަކީ ހަމުގެ ސޯރިއޯސިސް ބަލި ހުންނަ މީހަކީމެވެ. ޑާމިޓޯލަޖީ ސްޕެޝަލިސްޓު ޑޮކްޓަރުން އަޅުގަނޑުގެ ބޭސް ސިޓީގައި ސެޓެފިލް ލޯޝަން އަދި ޓާރސިލް ޝޭމްޕޫ ލިޔެދިނަސް އެއްވެސް ތާކުން އެއީ ބޭހެއް ކަމަށް ބަލައެއް ނުގަނެއެވެ. ބޭސް ފިހާރައިން ކޮންމެ ފަހަރަކު ބުނަނީ އެއަކަށް އާސަންދައެއް ނުލިބޭނެޔޭ އެތަކެތި ރާއްޖެއަށް އެތެރެކޮއްފައި ހުންނަނީ ކޮސްމެޓިކްސް ގެ ގޮތުގައި ކަމުން ކަމަށެވެ. ކޮންމެ ފަހަރަކު މިޖެހެނީ އެތަކެއް ސަތޭކަ ރުފިޔާ ދީފައި ގަންނަން.
ތިޔަ ބުނާކުދިންނަށް ސަލާން ޖަހަން ފުރުސަތެއްނުލިބޭނެތާ ސޯލިބޭ މުޅިދުނިޔޭގައި ތަނެއްދޮރެއްނުބަލާ ބަންގާޅީން ކައިރީގަވެސް ސަލާންޖަހަނީ ވިއްޔާ
ރައީސް ވިދާޅުވި ގޮތުގައި މި ފަރުވާ އަށް 2019 ވަނަ އަހަރު 3.1 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 7.2 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދު ކުރެވުނެވެ. އަދި މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 18.2 މިލިއަން ރުފިޔާ ހަރަދު ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
ހާދަ މުނާފިގުނމީހުންނޭ ދޯ މިފެންނަނީ. ސޯޝަލް މީޑިޔާގަ ސޯލިހާ ފަޒުނާއައް އެއްޗެހި އެންމެގޮވާ އެކަކު. ބޮޑުމުސާރަކަމާ ސްޓޭޓް މިނިސްޓަރުކަން ދޫކޮއްލާ.
ތިޔަވިދާޅުވާ ޢަދަދުތަކަކީ ބަޖެޓުން އުނިކުރެވުނު ޢަދަދުތައް ތިޔަލާރިވެސް ޚަރަދުކުރީ ސިޔާސީމީހުންނައް މުސާރަދޭންކަންއެއީ އޮޅުމެއްއޮތްކަމެއްނޫން
ޝުކުރިއްޔާ ރައީސް ޔާމީން. ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމްކޮށްދެއްވި ތެރަޕިއުޓިކް ފެސިލިޓީއަށްޓަކައި.ﷲއަށް ޙަމްދުކުރަން. މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ކްރެޑިޓް ލިބޭ މޮޅެތި ހެޑްލައިންތައް ހަދައިލެވެވެނީ ހަމަ ކުރީގެ ސަރުކާރުން ކޮށްފަހުރި އަގުހުރި މަސައްކަތުން. ޝުކުރިއްޔާރައީސް ޔާމީން.