08:47

ކޮވިޑް ވެކްސިނުން އެއިޑެސް ޖެހޭ ކަމަށް ބްރެޒިލް ރައީސް ވިދާޅުވި މައްސަލަ ބަލަނީ.

ކޮވިޑް-19 ވައިރަސް އަށް ބަދަލުތަކެއް އައިސް އުފެދިފައިވާ އޮމިކްރޮން ވޭރިއަންޓާއި އެކު އަނެއްކާވެސް ބިރުވެރި ހާލަތެއް ކުރިމަތިވެދާނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ. ނަމަވެސް އަދި މިވޭރިއަންޓްގެ ނުރައްކާ ވަކިން ބޮޑުކަން ފާހަގައެއް ނުވެއެވެ.

ބައެއް ސައިންސްވެރިން ބުނާ ގޮތުގައި އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން "ރަނގަޅު" ކަންތައްތަކަކާއި ވެސް ކުރިމަތިވެދާނެއެވެ. އެގޮތުން މިހާރު ވެސް ބައެއް ގައުމުތަކުގައި ވަނީ ވެކްސިން ޖެހުން އިތުރުވެފައެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުގައި ފަހަކަށް އައިސް ވެކްސިން ޖަހާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި ވަނިކޮށް އޮމިކްރޮން ވޭރިއަންޓާއިއެކު ވެކްސިން ޖަހަން އެޕޮއިންޓްމަންޓް ހައްދާ މިންވަރު ގިނަވެއްޖެއެވެ.

އޭގެއިތުރުން ކޮވިޑް-19 އަށް ޓެސްޓް ކުރާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ގިނަ ގައުމުތަކުގައި ކޮވިޑުން ދިފާއުވުމަށް އަޅާފައިވާ ގިނަ ފިޔަވަޅުތައް ގާތްގަނޑަކަށް އުވާލާފައި ވަނިކޮށް އަނެއްކާވެސް ވަނީ ފިޔަވަޅުތައް ކޮންމެވެސް ވަރަކަށް ވަރުގަދަ ކޮށްފައެވެ.

މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުކުރެވިދާނެ ކަމަށް ސައިންސްވެރިން އުއްމީދު ކުރެއެވެ. ނަމަވެސް މި "ރަނގަޅު" އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ނުރައްކަލަށް ބަދަލުވެގެން ދިއުމުގެ ބިރުވެސް އެބައޮތެވެ.

އަދިވެސް އޮމިކްރޮން ވޭރިއަންޓާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ސާފުނުވާތީ ސައިންސްވެރިން ތިބެން ޖެހިފައި ވަނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބިޒްނަސް

    ވޭރިއަންޓް ތަކުގެ ނަން ބޭނުންކޮށްގެން ޖައްސާ ބިޒްނަސް ސްޓަންޓް

    8
    1
  2. ގަނޑިޔާ!!!

    އާނ... ތި ކުންފުނިތަކުގެ ވެރިން އެތަށް ބިލިއަން ޑޮލަރުގެ ފައިދާނަގާ އެބަ... އެއީ އެމީހުނަށް ވަރަށް ކަުދާ ރަނގަޅު ކަމެއް.. ހަަމަ އިތުރު ނަފާ ހޯދަން އެމީހުން ފަންޑުކޮށްގެން ހަދާ ވައިރަސްތަށް ފަތުރާލާފަ ބުނަންވީ މި ވެކުސިނުން ދިފާއުވާނޭ.. ޖީބަށް އަލިފާން އަޅައަޅާ ތިބޭ.. ބަަލާނެކަމެއް ނެތް އެހެން މީހުންގެ ހަށިގަނޑަށް ނޭދެވޭ އަސަރު ކުރިއަސް.