ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް މަރުހަބާ ކިޔަން ގިނަ ބަޔަކު އެއްވުމުން އެކަމާއި ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް ހިތް ހަމަ ނުޖެހުން ފާޅުކުރުމުން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ރައްދުދެއްވައިފިއެވެ.

މިނިސްޓަރު މައުސޫމަށް ރައްދުދީ ކުރެއްވި ޓްވީޓެއްގައި މެންބަރު ޝިޔާމް ވިދާޅުވީ މުއްސަނދިކަމަކީ ބަންޑާރަ ތިޖޫރީގައި ހުންނަންޖެހޭ އެއްޗެއްކަމެއް ނުދެނަހުރިން ކަމަށެވެ. ކިހައި ޅެން ކޮބައިތޯ ވެސް ޝިޔާމް ސުވާލު ކުރައްވާފައިވެއެވެ. "ކޮބައިތޯ ކީހާ ޅެން؟ ރައްޔިތުންގެ ޖީބަށް ޕައުންޑު ވައްދާ ނިމުނީތޯ؟ ސްލޯލިހު އަކީ ގަބީލާ ތަކުން ގުލްދަސްތާ އަރުވާވަރުގެ ވެރިއަކަށް ނުވާތީ އެފަދަ މަންޒަރެއް ނުފެންނަނީ. ހިތްޕުޅަށް ތަދުވާނެކަން އެނގޭ." ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުންގެ ޖީބަށް ޕައުންޑު ވައްދާ ނިމުނީތޯ ޝިޔާމް ސުވާލު ކުރެއްވި ސަބަބަކީ އައްޑޫ މީހުންގެ ޖީބަށް ވަންނާނީ ޑޮލަރުގެ ބަދަލުގައި ޕައުންޑް ކަމަށް ވިދާޅުވެ މައުސޫމް މިއަހަރުގެ ޖަނަވަރީ މަހު ވާހަކަފުޅު ދައްކަވާފައި ވާތީއެވެ. މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް އައްޑޫގެ އެއްވެސް ރިސޯޓެއް އަދިވެސް ކޮވިޑަށް ފަހު ހުޅުވިފައެއް ނުވެއެވެ.

ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމުގެ ޖަލްސާއަށް ގިނަ ބަޔަކު ޖަމާވުމުން މިނިސްޓަރު މައުސޫމް ވިދާޅުވެފައި ވަނީއެގައުމެއްގައި ކޮރަޕްޝަނަކީ އާދަކާދައަކަށްވެ، ގައުމުގެ މުއްސަނދިކަން ބަންޑާރަ ތިޖޫރިންބީވެ، ގައުމު ދަރަނިވެރިވެ، ރައްޔިތުން ބޮޑުތަނުން ފަގީރުވެ އަޅުވެތިވާނެ ކަމަށެވެ.

"ކޮރަޕްޓުފުޅު ފަރާތްތަކަށް ގަބީލާގަބީލާގެ ބޮޑުން ގުލްދަސްތާ ވެދުންކުރާނަމަ އެގައުމެއްގާ ކޮރަޕްޝަނަކީ އާދަކާދައަކަށްވެ، ގައުމުގެ މުއްސަނދިކަން ބަންޑާރަތިޖޫރިންބީވެ، ގައުމު ދަރަނިވެރިވެ، ރައްޔިތުން ބޮޑުތަނުން ފަގީރުވެ އަޅުވެތިވާނެ. ސިޔާސީބެރަށް ނެށުމުގެ ކުރިން ފިކުރުކޮށްލަމާ!" މައުސޫމް ކުރެއްވި ޓުވިޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންގެ ޖަލްސާއަށް ފަހު މިނިސްޓަރުންނާއި އެމްޑީޕީގެ އާއްމު ބައެއް މެންބަރުން ރައީސް ޔާމީނަށް ފާޑުކިޔައި ސަރުކާރު "ޑިފެންސް" ކުރުން ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  ސާބަހޭ ޕީޕީއެމް އެމްޕީ ޝިޔާމް، ތިޔަގޮތުގައި ކުރިޔަށް ވަޑައިގަންނަވާ، އަހަރުމެން ނިކަމެތި ރައްޔިތުންނަށް ފައިދާއެއްކުރި ވެރިކަމެއްކުރި ރ.ޔާމީނުގެ ފަހައްޕުޅުގައި ދެގޮތަށްނުވެ އެމަނިކުފާނަށް ވަފާތެރިވެ އުޅުއްވި އެއްބޭފުޅެއް ތިޔައީ، ފެނުނަސް ހާދަ އުފަލެއްވެޔޭ. ﷲ އިރާދަފުޅުން ކުރިއަށްއޮތްތާގަވެސް އަދާވާތްތެރި ބައިގަނޑު ބަލިކޮށް ރ.ޔާމީނާއި އެމަނިކުފާނުގެ ބައިވެރިންނަށް ނަސްރާއި ކާމިޔާ ދެއްވާށި އާމީނ.. ޔާރައްބަލްޢާލަމީން ޢާމީން.

  5
  1
  • ޙައްގުބަސް

   މީނަ މިހުރީ ހަމަ ހޭބަލިވެފަތަ؟ ހަޖަމެއްނުވިދޯ؟ މީނައަށް ނޭނގޭތަ ސްޕްރީމް ކޯޓުގެ ޙުކުމް!! ޔާމީނަކީ ވަގެއްކަމަށް މިވެރިން ހަދައިގެން ފްރޭމްކޮށްގެން ކޮށްޓަކަށްލައިގެން އުޅެނިކޮށް އެންމެފަހުން އަތައްގޮވާ ޔާމީން ކުށެއް ނުކުރާކަން އެއޮތީ އެނގެން އެންމެމަތީ ކޯޓުގެ ޙުކުމުގައި! މީނާ މިއީ އައްޑޫއަށްގޮސް އައްޑުއަށް ވައްދާނީ ހުސް ޕައުންޑޭ ކިޔައިގެން އައްޑޫ ރައްޔިތުން ކުރިމަތީ ބުހުތާނު ދޮގުހެދި މީހާއެއްނު! ހުރި ލަދުހަޔާތްކުޑަކަން ނިކަން ބަލާބަލަ!! މީހުނާ ދިމާކުރުމުގެ ކުރިން އަމިއްލަޔަށް ނިކަން އިސްލާޙުވެބަލަ!! ދޮގު ހަދައިގެން ރައްޔިތުން ގުނބޯ ހައްދައިގެން އަބަދަކު ނޫޅެވޭނެ ޕައުންޑޭ ގާފިލާއޭ ކިޔާފަ!! ގައުމުގެ ތިޖޫރީއޭ، އަޅުވެތިކަމޭ، ކޮރަޕްޝަނޭ ކިޔަން މީނަ ހަމަ ލަދެއްވެސް ނުގަނޭތަ؟ ގައުމުގެ ތިޖޫރީ އެއްކޮޅުން ބުރުމާއިން ތޮރުފާ ކައިނަގަނީ މީނާގެ ހާމާނު!! ކޮރަޕްޝަނޭ ކިޔާއިރު މީނާ އިށީދެގެން ހުންނަ މޭޒު ދަށުން ފަޅު ރައްތައްދީ ހުސްކުރަނީ! އަޅުވެތިކަމޭ ބުނިއިރު މީނާގެ ހިއްސާއާއެކު އިންޑިޔާއަށް މިގައުމު ފަޅުތައްދީ ސިފައިން ބައިތިއްބާ މިނިވަންކަމާ އަމިއްލަ ބަސްބުނުން އެއޮތީ ގާދޫކޮލުން ބޭރުކޮށްލާފަ! ޚާރިޖީ ވަޒީރު އެއޮތީ ކޮޅުގޮހޮރަށް ލައްޑޫ ކައިގެން އިންޑިޔާގެ ޕަޕެޓަކަށްވެ އެގައުމުގެ އުނގަށްވެއްޓި ހުސްވެފަ!! ޕައުންޑޭ ކިޔައިގެން އަދިވެސް އައްޑޫއަށްގޮސް ދޮގުތައްހަދަން ކަލޭހުރޭ 2023 އަންނަންދެން!! ބޮޑުތަނުން ބަލިކޮށް ހަމަބިމަށް ތިރިކުރާނެ!! ހުރިހާ ޣައްދާރުންނާ ގާނޫނު އަރާ ހަމަކުރާނެ!!

 2. ތ

  މައުސޫމަކީ ކޮހެއް ހޭޖެހޭ އެންމެ ވާހަކަ އެއް ވެސް ނުދައްކާ ފުރަތަމަ ބުނީ އައްޑޫ އަށް ހަތަރުހާސް އެނދު އިތުުރު ކޮށްލާނަމޭ ބަލަ މައުސޫމާ ފުރަތަމަ އެތާނގައި ހުރި އެނދުތައް ފުރޭތޯ ބަލާބަލަ ތިޔަ މިނިސްޓްރީ އަށް ވަންނަ ނޯޓަކަށް ދަންދަން ތިމާ ބަލާ އެކަމާއި އުޅޭން ހަދައިގެން އެއްކަމެއް ނުވޭ 16 ރަށް ނެރެގެން ކުއްޔަށް ހިފާނެ މީހަކު ނުވެގެން ނާޝިޒާ ރޮޒައިނާ އަށް ހިބައިން ދިނީ މިއީ ލަދު ކަމެއްދޯ ..... ފުރަތަމަ ހަދާ ނިމިފައި އޮތް ރަންވޭ ހުޅުވޭތޯ ބަލާބަލަ

  3
  1
 3. ޝައިޚާ

  ޖީބައް އެއްޗެއް ނުވެއްދުނުތާގަ ހިޔާފުލެޓުގަނޑުވެސް ތަޅާލަން ބިރުދައްކަމުން ސަރުކާރައް ނިސްބަތްވާ މީހުން މިދަނީ. ދެން މިވެރިންނައް ގައުމުގެ މުގުލުދީގެން ރައްޔިތުން އޮތީ ސަންދޯއްޖަހަން ތައްޔާރުވުން.

  1
  1
 4. ޝަމްނީ

  އައްޑޫމީހުން ލޮލުގައި 2018ގަ އަނދުން އަޅުވައިގެން އެފަކީރުންނައްވެސް މި ދައްކަނީ ހުސް ހުވަފެން. ތާކުންތާކު ޖެހޭ ހަމަ އެއްކަމެއްވެސް ނުކުރެވޭ.

  3
  1