މިހާރު ދުނިޔޭގައި ފެތުރުމުންދާ ކޮވިޑް-19 ގެ އައު ވޭރިއެންޓް، އޮމިކްރޮން ވޭރިއެންޓް ރާއްޖޭގައި އުޅުމުގެ ފުރުސަތު ބޮޑު ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ޑރ.ނަޒްލާ މުސްތަފާ މިއަދު ވިދާޅުވެއްޖެއެވެ.

ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ވޭރިއަންޓް 38 ގިނަ ގައުމަކުން ވަނީ ފެނިފައެވެ.

ނަޒްލާ "ވަގުތު"އަށް މިއަދު ވިދާޅުވީ މި ސަރަހައްދުގައި ހިމެނޭ ގިނަ ގައުމުތަކަކުން ވޭރިއަންޓް ފެނިފައިވީ ނަމަވެސް އަދި މިހާތަނަށް ރާއްޖެއިން މިވޭރިއަންޓް ފެނިފައިނުވާ ކަމަށެވެ. ނަމަވެސް ވޭރިއަންޓް އުޅޭތޯ ދެނެގަތުމަށް ފައްސިވި މީހުންގެ ސާމްޕަލް ވަނީ ޖީން ސީކުއެންސަށް އިންޑިއާއަށް ފޮނުވާފައެވެ. ރާއްޖެއަކީ ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރާ އަދި ގިނަ ބަޔަކު ގައުމުން ބޭރަށްދާ ގައުމަކަށްވުމާއެކު އައު ވޭރިއެންޓް މިހާރުވެސް "ޑިޓެކްޓް" ނުކުރެވި އޮތުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވިއެވެ.

"ވޭރިއެންޓް ރާއްޖޭގައި އުޅުމުގެ ފުރުސަތު ބޮޑު" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ދެކުނު އެފްރިކާއިން މި ވޭރިއެންޓް ބޮޑަށް ފެނިފައިވަނީ 40 އަހަރުން ދަށުގެ މީހުންގެ ހަށިގަނޑުން ކަމަށެވެ. އޮމިކްރޮން ވޭރިއަންޓަށް ފައްސިވި ކުޑަކުދިންގެ ފަރާތުން އެންމެ ބޮޑަށް ފެނިފައިވާ އަލާމާތްތަކަކީ ބޭރަށް ހިނގުމާއި ހޮޑުލުމެވެ. އެކަމަކު ވޭރިއަންޓާއި ބެހޭ ގޮތުން މާ ގިނަ މައުލޫމާތުތަކެއް ހޯދިފައިނުވާތީވޭ ބަލީގެ ނުރައްކާ އޮތީ ކިހާ މިންވަރަކަށްކަން އަދި ވިދާޅުވާން ނޭގެކަން ނަޒްލާ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 ވޭރިއަންޓްތައް ރާއްޖޭގައި ޓެސްޓް ކުރެވޭކަށް ނުހުރެއެވެ. ހެލްތު މިނިސްޓަރ ނަސީމް ދާދިފަހުން ވިދާޅުވެފައި ވަނީ ވޭރިއަންޓްތައް ރާއްޖޭގައި ވެސް ޓެސްޓް ކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ދުވާލަކު ފައްސިވާ މީހުންގެ އެވްރެޖް އަދަދު އަދިވެސް ހުރީ 100 އިން މަތީގައެވެ. ނަމަވެސް މިހާރު މާލޭގައި ކޮވިޑް ފެތުރުން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސެންބެ

    މާނައަކީ އިންޑިއާ ގަ އެބައޮތޭ ރާއްޖޭގައި އޮންނާނޭ

    18
  2. އޮމިކްރޯން ލައިވް

    2 ނަޒްލާ އުޅޭތީ އޮޅިއްޖެ

    11
    2
  3. Anonymous

    ފުރުސަތު ބޮޑޭ ނުކިޔާ އުޅެޔޭ ބުނޭ.

    20
    1
  4. ޫުު

    މީދެން ދަރުބާރުގޭގަ ނިދާ މީހުން ކާލައިގެން ނިދާތަނަކަށް ހަދަން ވެއްޖެ

    13
    1
  5. ދިދަ ދަނޑި

    އުޅޭނެ.. ކުރިންވެސް ސިއްރުކޮށް އޮޅުވާލަން ހަދައިގެން އަތް ނުފޯރާ ހިސާބަށް ކަންކަން ދިޔައީ…

    16
    1
  6. އަމީތާބް

    ތީތި އުޅުން ކުރީރޭ ކާނިވާގައި ސަރަހައްދުގައި....

    6
    7
  7. ޙާމަ

    މިހާރުސްކޫލްތަކުގައިވެސްް އެއްވެސް ގައިދުރުކަމެއްނުބާއްވާ ކުުދިންތައް ދޫކޮއްލާފަ ތިބެނީ...އަދި ގިނަ ކުދިންއަކީ ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުދިން...

  8. ާދަލޭކް

    ރާއްޖޭގެ ރިސޯޓަކުން ފެނުނީމަވެސް ތިހެންތޯ ވިދާޅުވަނީ .

  9. އަހްމަދު

    ދުނިޔޭގެ އެއްމެ ބޮޑެތިމަހުޖަނުން ޗުއްޓީހޭދަކުރާ ގައުމުގަ
    ތަފާތު ބަލި ޓެސްޓު ނުކުރެވުމަކީ ވަރަށްދެރަވަރު ކަމެއް

  10. ޏަމްނަމް

    Kudahuvadhugavesq