ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފައި ވަނީ ގއ. އަތޮޅާއި ގދ. އަތޮޅަށެވެ.

އެ ސަމާލު ނެރުނީ މިއަދު 11:30 އިން ފެށިގެން 14:00 ގެ ނިޔަލަށެވެ.

އެ ސަމާލުގައި ވަނީ މި ދެ އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

މޫސުމާ ބެހޭ އިދާރާ އިން ވަނީ މި ދެ އަތޮޅު ހިމެނޭ ހެން ދެކުނުގެ އަތޮޅުތަކަށް މިއަދު ހުދު ސަމާލު ވެސް ނެރެފައެވެ. އެ ސަމާލު ނެރުނީ ހެނދުނު 8:15 އިން ފެށިގެން މެންދުރު ފަހު 14:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހިމް

    މި ވެރިކަމުގައި އަބަދު ރީނދޫ މުސީބާތަކަށްވެފައި މިވަނީ