ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެކަމަނާ ރާއްޖެއަށް ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވާގޮތަށް ހަމަޖެހިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުގައެވެ. އެކަމަނާގެ މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަ ހައްލު ކުރާމަށާއި ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާތައް ކުރެވިގެން ދާނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަސީނާގެ މި ދަތުރުފުޅުގެ ތެރެއިން ރަސްމީ ކަންކަން ނިންމާލުމަށްފަހު ރާއްޖޭގައި ޗުއްޓީހޭދަކުރައްވާނެއެވެ. އެގޮތުން ރާއްޖޭގައި އާ އަހަރު ފާހަގަ ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

ޝެއިހް ހަސީނާ ރާއްޖެ ވަޑައިގަންނަވާކަން ރަސްމީކޮށް ހާމަކުރައްވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހު ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްސޫދު ބިން މޮމެން ރާއްޖެ ވަޑައިގެން ނައިބު ރައީސް ފައިސަލް ނަސީމާއެކު ނޮވެމްބަރު 28 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމަށް ފަހުއެވެ.

މޮމެން ވަނީ ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި، ކޮންމެ ގައުމިއްޔަތަކަށް ބެލުމެއްނެތި، މުޅި އާބާދީއަށް ވެކްސިން ދިނުމަށް ރާއްޖެއިން ގެންގުޅޭ އަޒުމަށް ތައުރީފު ކުރެއްވިއެވެ.

މި ދަތުރުފުޅަކީ ދިވެހި ސަރުކާރުން ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅަކަށްވާއިރު މި ދަތުރުފުޅުގައި އެކަމަނާ ހުންނަވާނީ މާލެ ކައިރީގައިވާ އެނބޫދޫފިނޮޅު ހިއްކައިގެން އެ ތަނުގައި ހަދާފައިވާ ރިސޯޓެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ދަރަނި ދަންތުރަ

  އިންޑިޔާ ފައިބުޑަށް ވެއްޓި ބޮންދުމެން ފައިބުޑަށް ވެއްޓި ސޯލިބޭ ދިވެހިން ލަދުގަންނުވައިފި ، އިންޑިޔާ މިލިޓަރީ އައުޓް

  22
  1
 2. އަހްމަދުމ

  އެހެންވީމަ ޝެއިހް ހަސީނާ ރާއްޖެމިވަޑައިގަންނަވަނީ ސަރުކާރުން އެދުނުލޯނުހިފައިގެންދޯ
  އެހެންވީމަ ހަސީނާ ވަރުމީހެއްނެތްތާ

  17
 3. އުގުރި

  ދައްތާ މިކޮޅަށް އަންނައިރު ޑޮލަރު ކޮޅެއް ހިފައިން ނަމަވެސް އަންނާތި. މި ސަރުކާރުން ވަރަށް ބޭނުން ވާނެ ޑޮލަރު. ޑޮލަރު ދެންޏާ ހަސީނާ އައް މިމީހުން ކިޔާފާނެ ބޮޑުދާތަ ވެސް.

  6
  1
 4. ޢަދުރޭ

  ކަމަނާ ދެއްވި 50 ކިލޯ އަނބު ލަންކާއަށް ސޮލިއްޓޭ ވިއްކަން އުޅުއްވި

 5. ނަން

  ޝެއިހް ހަސީނާ އެއަންނަނީ ބަނގޯ އިން ގެންދަން

  6
  1
 6. މިތުރާ

  ރާއްޖެ އަކީ 2ވަނަ ޑާކާ، ޙަސީނާ ، ތިކަމާ ހައިރާން ނުވޭ އަހުން،

  3
  1
 7. ގަވައިދާ ހިލާފަށް

  އުޅޭ ހުރިހާ ބަންގާޅިން މިތަނުން ބޭރުކޮއްދީބަލަ އިންޑިޔާގެ އެހީގަ

  4
  1