ކްލިކް ކޮލެޖުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ނަސޯރާ ދީނުގެ ލަވަ ޖެހި މައްސަލަ ބަލަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

"ވަގުތަށް" މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، ހުޅުމާލޭ ސެންޓަރަލް ޕާކުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ނަސޯރާ ދީނުގެ ލަވަ ޖެހި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިނިސްޓްރީން ބަލަމުން އަންނަ ކަމަށާއި އެކަން ހިނގާދިޔަ ގޮތް ބެލުމަށް ފުލުހުންނަށް ވެސް އިއްޔެ ހުށަހަޅާފައިވާނެ ކަމަށެވެ.

މިނިސްޓަރ ބުނީ، ކްލިކް ކޮލެޖުގެ އެ ހަރަކާތުގައި ނަސޯރާ ދީނުގެ ލަވަ ޖެހިފައިވަނީ ކުޑަކުދިންގެ ލަވަ ޖެހިއިރު އޭގެ ތެރެއިން ކަމަށް އެކޮލެޖުން ބުނެފައިވާ ކަމަށެވެ. އަދި އެކޮލެޖުން ވަނީ އެކަމަށް މާފަށް ވެސް އެދިފައެވެ.

ހަރަކާތްތައް އިންތިޒާމު ކުރާއިރު ދީނާ ހިލާފު ކަންކަން ކުރުމަކީ ގަނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފަ އެވެ. އަދި އެކިއެކި ހަރަކާތްތައް އިންތިޒާމު ކުރާ ފަރަތްތަކުން ދީނާ ހިލާފު ކަންކަން ނުހިނގާނެ ގޮތަށް ހަރަކާތްތައް އިންތިޒާމު ކުރުމަށްވެސް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނައިރު، ރައްޔިތުންގެ އިއްތިހާދުން ވެސް ވަނީ ނަސޯރާ ދީން ޕްރޮމޯޓް ކުރާ ލަވަތަކެއް ޖަހައި އެ ލަވަތައް ކީ މައްސަލަ ބެލުމަށް ފުލުހަށް ހުށަހަޅާފައެވެ.

ހުޅުމާލޭގައި ނަސޯރާ ދީނުގެ ލަވަ ޖެހި މައްސަލައިގައި ގިނަ ބަޔަކު ވެސް ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އހ

    މައްސަލަ ބަލާނީ ހަރުދަނާ ފިޔަވަޅެއް ނޭޅޭނެ، ނަމަކަށް ފިޔަވަޅު އަޅާނީ

    22
    1
  2. ހިމް

    ރަނގަޅަށް ބަލާ ފިޔަވަޅު އަޅާތޯ ޔަގީން ކުރަންވާނެ. ޕޮލިހަކަށް އިތުބާރެއް ނުކުރެވޭ.

    16
    2
  3. އުގުރި

    އަޅުގަޑުމެންގެ އިސްލާމިކް މިނިސްޓަރު ނަސޯރާ ދީނުގެ ލަވަޖެހި މައްސަލަ ބަލަނީއޯ. އެމީހުން ބެނުފި އޮޅިގެން ޖެހުނީއޭ ދެއްކިހިނެއް ހަދާނީ

    14
    2
  4. ކޮރަލް

    އިސްލާމް ދީނައް ފުރައްސާރަ ކޮށް ފާޅުގަ ވާހަކަ ދައްކާ މީހުންގެ މައްސަލަ ބަލ\ާ ވާހަ ކަ ބުނި އަޑެއް ނާހަމެވެ. އެމީހުންގެ މައްސަލަ ތިޔަ މިނިސްޓްރީ ނުބަލަނީ ކީއް ވެތޯ އެވެ؟

    23
  5. ލާދީނިއޔާޒު

    މިޔަށްވުރެ ދީނުގެ ހުރުމަތްކެޑި 2 އަހަރު އއިސްފިތަ އިޔާޒޫޫޫޒޫ.ކަލޯ ލޮލަށް މިރުސް އެޅި ،ޒާތީކަމުން ހައްދުފަހަނައަޅާ ދިަޔަޔަސް ހަގީގަތް.ލާދީނީ ސަރުކާރު

  6. ކޮވިޑް

    އިސްލާމިކް މިނިސްޓަރ އެއް މިޤައުމުގަ އެބަހުރިތަ؟

  7. މަރޮށީމީހާ

    ތިޔަ މައްސަލަ ކިތަންމެ ވަރަކަށް ބެލިޔަސް އެއްވެސް ފިޔަވަޅެއް ނޭޅޭނެ. ތިޔަ މައްސަލަ ރިޕޯޓް ކުރި މީހާ އަށް ފިޔަވަޅު އަޅާނީ.

  8. ޙަސަނާ

    އެކިއެކި ނަންނަމުގަ ލާދީނީ ޖަމާއަތްތައްނިވާވެތިބެ ރާއްޖޭގަ ކޮލެޖުތައްހިންގަމުންދަނީ...ރައްޔިތުންވިސްނާ..

    3
    1
  9. ރަޒީ

    ދީނީ ކަންކަމަށް ހުއްދަ ހޯދަންދުވަންޖެހޭ މި މީސްމީހުންނަށް ސަލާންޖަހާ އާދޭސް ގަޅަމުން. އެކަމަކު ލާދީނީ ކަންކަމަށް އެއްވެސް ހުއްދައެއްހޯދާކަށް ނުޖެހޭ! ހުރިހާކަމެއްކޮށްލާނިންމާލާ ފަހުން ރައްޔިތުން ހަޅޭއްލަވަންފެށީމާ ގިރުވާނުގެ ފަސްބައި ރީތިކޮށްލަންވެގެން ކޮންމެވެސް އަނގައެއްހާވާތީ މިނިސްޓަރޫ

  10. ފިޔަވަޅު

    ބަލަނީ . ދުފަނީ . ޙޭލަނީ .
    ބަލަ އެމީހުން އެއޮތީ އެއްްބަސްވެފައޭ ޖެހިކަމަށް އެލަވަ .
    ދެންވެސް މީސްތަކުން ހަނދާން ނެތެންދެން ހާވާލަ ހާވާލަ ތިބޭ