ދިވެހި ސިފައިންނާ ގުޅިގެން ބާއްވާ ތަމްރީންތަކެއްގައި ބައިވެރިވުމަށް އިންޑިއާގެ ސިފައިންގެ ފައުޖެއް މިއަދު ރާއްޖެ އައިސްފިއެވެ.

އިންޑިއާގެ ސިފައިންގެ އަސްކަރީ މަތިންދާ ބޯޓެއްގައި އައި މި ފައުޖަކީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ "އެކްސަސައިޒް އެކުވެރިން"ގެ ތަމްރީންތަކުގައި ބައިވެރިވާން އައި ފައުޖެކެވެ. މި ތަމްރީން ޕްރޮގްރާމްތައް މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީނަކީ ރާއްޖެ އާއި އިންޑިއާ އަސްކަރިއްޔާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި، ކައުންޓަ ޓެރަރިޒަމް ފަދަ އޮޕަރޭޝަންތައް ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ތަމްރީނެއް ކަމަށްވެއެވެ.

މި ތަމްރީން ޕްރޮގްރާމަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދާ ޕްރޮގްރާމެކެވެ.

ރާއްޖެ، އިންޑިއާ އަދި ސްރީލަންކާ ގުޅިގެން މިދިޔަ މަހުގެ ތެރޭގައި ވެސް އަސްކަރީ ތަމްރީންތަކެއް ރާއްޖޭގައި ކުރިއަށް ގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކިޔުންތެރިޔާ

    ގެނެސްފަ ބަހައްޓާ! ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުން މާކަގިނަ ދުވަހެއްނެތް ތި އެންމެން މިތަނުން ބާލަން. ހީ އިޒް ބެކް.

    35
    2
    • އިބޫ24

      ހީ ކެނޮޓްޑޫ އެނީތިންގް ވެންހީ ހެޑް ޕަވަރ

      3
      26
  2. ދަރަނި ދަންތުރަ

    އިބޫ 24 ރަނގަޅަށް ދެލޯ ހުޅުވައިގެން ހުއްނާތި އިންޑިޔާ ސިފައިން މިގައުމުން ބޭރުކުރާތަން ކަލެޔަށް ފެއްނާނެ

    16
  3. Anonymous

    "މި ތަމްރީން ޕްރޮގްރާމަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދާ ޕްރޮގްރާމެކެވެ."

    ފިތުނަފަސާދަ/ރުޅިވެރިކަން/ދޭތެރެޖައްސަން މޮޅެތި ހެޑިންޖެހީމަ ކަޑައޭ!

    3
    8
    • އަލީ ހަމީދު

      ކުރިން އަހަރުތަކުގައި ނުދެކެން މިވަރުގެ ފައުޖެއް. މީ އާކަމެއް. މުސްތަދުބަލް ވަރަށް އަދިރި

    • ކޮވިޑް

      ތަމްރީން ޕްރޮގްރާމް ހިންގުން އޯކޭ ، ސުވާލަކީ މި ފައުޖު ތިބުނާ ޕްރޮގްރާމް ނިމުނީމަ މިރާއްޖެއިން ފައިބާނެތޯ؟ ހެލިކޮޕްޓަރ ދުއްވަން އައިމީހުން ހެދި ގޮތް ހަދަން މާރިޔާ އިންޑިޔާއަށް ގޮސް ވީ ވައުދެއް ފުއްދަނީ ނޫންބާ؟ ބިރުހުރި.

  4. ސުލޯލިހު

    ޔާމީން ހައްޔަރުކުރަން އިންޑިޔާ ރޯ އަޑީގައި އުޅޭތޯ؟ޔާމީން ދެކެ ހާދަ ބިރެއް ތިގަންނަނީ! ބަލަ އިންޑިޔާ މިލިޓަރީ އައުޓޭ ގޮވީމަ ސޯލިހު ކަށްގަޑަށް ބާރުކުރަނީ ބައިވަރު ނަގާފަ އޮތީތަ؟

  5. ކަލާކޯ

    ޖަޒީރާ ތަނަކާ ހަނގުރާމަ ކުރަން ތަމްރީނު ވަނީހެން ބޮޑަށް ހީވަނީ. އެމީހުންނަށް ފަހަރެއްގަ އުނދަގޫ ވެދާނެ ޖަޒީރާ ތަނަކާ ހަނގުރާމަ ކުރަން (ފަރިތަ ނުކޮށް) ބިރުހުރި އިނގޭ

  6. މުހައްމަދު

    އަންނަ ވާހަކަ އޮވޭ.. އެކަމް ފުރައިގެން ދިޔަ ވާހަކަ އަޑެއްނާހަން..

  7. ސަމް

    ރައީސް ޔާމިން ދެއްކި ވާހަކަ ފުޅަށް ރައްދު ދޭން ހަދައިގެން ދިވެހި ރައްޔިތުން ތި ކުރަނީ ޖެއްސުން،. ޖައްބާރު ގައްދާރު މިނިސްޓަރ މަހައްރިޔާ އިސްތިއުފާ