މެންޗެސްޓަރ ސިޓީގެ ޗީތަމް ހިލްގެ ކުއީންސް ރޯޑުގައި 34 އަހަރުވަންދެން ބަސް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ އަންހެނަކު އިސްކޮޅުން ކުރުކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފިއެވެ.

ޓްރެސީ ސްކޮލެސް ބުނެފައިވާ ގޮތުގައި 34 އަހަރު ވަންދެން ބަސް ޑުރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު ވަޒީފާއިން ވަކި ކުރި ކަމުގެ ލިޔުުން އޭނާއަށް ދީފައިވަނީ މިދިޔަ ނޮވެމްބަރު މަހު ކަމަށެވެ.

މި ބަސް ދަތުރުތައް ދިގުކަމަށް ބުނެ ފަސް ފޫޓު ކިރިޔާ ހަމަވާ ޓްރެސީ އެކަމަށް މާ ކުރު ކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ރިޕޯޓް ތަކުގައިވެއެވެ. އަދި އުމުރުން 57 އަހަރުގެ ޓްރެސީގެ އުމުރުގެ ގޮތުން ވެސް މިފަދަ ދިގު ދަތުރުތައް ނުކުރެވޭނެ ކަމަށް ވެސް ރިޕޯޓް ތަކުގައި ވެއެވެ.

އޭނާ ވަޒީފާއިން ވަކި ކޮށްފައިވަނީ ދިގު ދަތުރު ނުކުރެވޭނެ ކަމަށް ބުނެ މަސައްކަތުގެ ވަގުތު ކުޑަކޮށް މުސާރަ ވެސް ކުޑަ ކުރުމުން އެގޮތަށް ގަބޫލު ނުކުރާނެ ކަމަށް ބުނުމުން 12 ހަފުތާގެ މުހުލަތެއް ދިނުމަށް ފަހު ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ނިންމުން ކަމުނުދާ ކަމަށާއި އެގޮތް ބަދަލު ކޮށްދިނުމަށް އެދި ވެރިންގެ ގާތުގައި އޭނާ ވަނީ އެދިފައެވެ.

ޓްރެސީގެ މި އާދޭހުގައި އޭނާ ބުނެފައިވަނީ އެއީ އެކަނިވެރި މަންމައެއް ކަމަށާއި، ތިން ކުދިން ގޮވައިގެން ލޯނަށް ނަގާފައިވާ ގެއެއްގައި ދިރިއުޅެމުންދާ ކަމަށާއި މީގެ ކުރިން ދުވަހަކު ވެސް އަހުލާގީ އެއްވެސް މައްސަލައެއް ނުވަތަ އެއްވެސް ސަސްޕެންޝަނެއް އައިސްފައިނުވާ ކަމަށެވެ.

ޓްރެސީއާއި އެކު މަސައްކަތް ކޮށްފައިވާ ފަރާތްތަކުން ވެސް ވަނީ މިކަމަށްޓަކައި 1700 ސޮއިއާއި އެކު ޕެޓިޝަނެއް ހުށަހަޅާފައެވެ.