ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އާއި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން އިންތިޒާމްކޮށްގެން ބާއްވާ "އަންވެއިލިންގ ވިޝަންސް 2021" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

ފަންނާނުންގެ އާޓްވޯކްތައް ހިމަނައިގެން ބާއްވާ މޯލްޑިވްސް ކޮންޓެމްޕޮރަރީ އާޓް އެގްޒިބިޝަން، "އަންވެއިލިން ވިޝަންސް 2021" އަކީ ރާއްޖޭގައި މިއަހަރު ބާއްވާ އެންމެ ބޮޑު އާޓް އެގްޒިބިޝަނެވެ. މި މައުރަޒުގައި މިފަހަރު 67 ކުރެހުންތެރިންގެ ކުރެހުންތައް ދައްކުވައިދެއެވެ. މި އެގްޒިބިޝަންގެ މަޤްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި ފަންނާނުން އެއްތަނަކުން ބައްދަލުވެ، އެމީހުންގެ މަސައްކަތްތައް ހުށަހަޅައިދީ، އެފަންނާނުންގެ ތަސައްވުރުގެ ތަންކޮޅެއް ހާމަކުރުމެވެ.

މި މައުރަޒު ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

"އަންވެއިލިންގ ވިޝަންސް 2021" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް -- ފޮޓޯ: ރައީސް އޮފިސް

މިއަދު ހަވީރު ނެޝަނަލް އާރޓް ގެލެރީގައި ކުރިޔަށްދިޔަ މި މައުރަޒަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި މައުރަޒުގައި ދައްކާލުމަށް ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވިއެވެ. އަދި އެމަނިކުފާނު ވަނީ 'މޯސްޓް ވައިބްރަންޓް އާޓިސްޓްސް" އަށް ހޮވުނު 5 ކުރެހުންތެރިންނަށް އިނާމު ވެސް ހަވާލުކޮށްދެއްވާފައެވެ.

މި ޖަލްސާގައި ނޭޝަނަލް އާޓް ގެލަރީގެ "ވާޗުއަލް ގެލެރީ" ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނެވެ.

މި ހަރަކާތުގައި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެހުމެއް ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑް

    ރެބަން ކެނޑުމާ، ދަތުރު ކުރުން ކްރިކެޓް މެޗް ބަލާލުންކަހަލަ ކަމެއް ނޫނީ ކަޅުދަބަސް މީހާ އަށް ކުރަން ނޭންގޭ ދޯ؟ ސާބަސް ތީ ހަމަ ރައީސުންނަކީ.