ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ހިންގާ އަސްކަރީ ތަމްރީނު "އެކްސަސައިޒް އެކުވެރިން 2021" މިއަދު ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ "އެކްސަސައިޒް އެކުވެރިން" އަކީ ރާއްޖެއާއި އިންޑިއާގެ އަސްކަރިއްޔާއާ ދެމެދުގައި އުފެދިފައިވާ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަރ ޓެރަރިޒަމާއި ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ އެކްސަސައިޒެއް ކަމަށެވެ.

މިއަހަރުގެ މި އެކްސަސައިޒް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒް ލ.ކައްދޫގައެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒް ލ.ކައްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ ކާނަލް އިބްރާހީމް ޙިލްމީއެވެ.

މި ރަސްމިއްޔާތުގައި އެކްސަސައިޒްގެ ބައިވެރިންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހުމާނު ވަނީ، ދެ ޤައުމުން ގުޅިގެން ހިންގާ މި ތަމްރީނުތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި، މި ތަމްރީނުތަކުގެ ސަބަބުން ދެ ޤައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހިވަމުންދާނެކަން ފާހަގަކުރެއްވިއެވެ.

އެމްއެންޑީއެފުން ބުނީ، މި ތަމްރީނުތަކުގައި މައިގަނޑުގޮތެއްގައި އުގަންނައިދެވޭނީ ރާއްޖޭގައި ވޯޓަރ ބޯން އޮޕަރޭޝަންތަކާއި އެއާ ގުޅުންހުރި އިތުރު އަސްކަރީ ތަމްރީނުތަކެވެ. މި އެކްސަސައިޒްގެ ތަމްރީނުތައް އެއްގަމާއި ކަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ލ.ކައްދޫގެ އިތުރުން ލ.އަތޮޅުގެ ބައެއް ފަޅު ރަށްތަކުގައި ވެސް ތަމްރީނުތަކުގެ ބައިތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިފަހަރުގެ އެކްސަސައިޒުގައި އިންޑިއާގެ އަސްކަރިއްޔާއިން ބައިވެރިވަނީ 11 ވަނަ ބެޓޭލިއަން އޮފް މެޑްރާސް ރެޖިމެންޓްގެ 43 ސިފައިން ކަމަށާއި ރާއްޖެއިން މި ތަމްރީނުގައި ބައިވެރިވަނީ އެމްއެންޑީއެފްގެ މެރިންސް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ، މި އެކްސަސައިޒުގައި ކިޔަވައިދެއްވާނީ ދެ ޤައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މ ޢަބްދު ﷲ

    ރާއްޖެ އާއި އިންޑިއާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ފަށައިފި

    3 ގަޑިއިރު ކުރިން ( ޑިސެމްބަރު 5, 2021 )

    ރާއްޖެ އިން ކޮވިޑްގެ އާވައްތަރު ފެނިއްޖެ

    1 ގަޑިއިރު ކުރިން ( ޑިސެމްބަރު 5, 2021 )

    India out # India out # India out #
    India out # India out # India out #
    India out # India out # India out #

    • ނޯ

      އިންޑިޔާ ސިފައިން ގެ ތަމްރީނު ތަކެއް ރާއްޖޭގައި ދޯ، އިންޑިއާގެ އަސްކަރިއްޔާއިން ބައިވެރިވަނީ 43 ސިފައިން ނޯ؟

    • ދީދީ

      އިންޑިއާގެ އަސްކަރިއްޔާއިން ބައިވެރިވަނީ 43 ސިފައިން، ދިވެހި 15 ސިފައިން....

  2. ދޯ

    އިންޑިއާގެ އަސްކަރިއްޔާއިން ބައިވެރިވަނީ 43 ސިފައިން، އިންޑިޔާ ސިފައިން ގެ ތަމްރީނު ތަކެއް ރާއްޖޭގައި ދޯ