37 މިލިއަން ރުފިޔާ އެއްފަހަރާއި އުފުލުމަކީ އިންސާނަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އަދާލާތު ޕާޓީގެ އިލްމްވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާގެ ތެރެއިން 37 މިލިއަން ރުފިޔާ އޭރުގެ ނައިބު ރައީސް އަހްމަދު އަދީބު ރައީސް ސޯލިހާއި ހަވާލުކުރި ކަމަށް 2019 ވަނަ އަހަރުގެ އޮގަސްޓް މަހު "ވަގުތު" އިން ރިޕޯޓް ކޮށްފައި ވެއެވެ.

އެމްއެމްޕީއާރްސީ ކޮރަޕްޝަން ހިނގިއިރު އެމްޑީޕީގެ ޗެއާޕާސަނަކަށް ހުންނެވި އަލީ ވަހީދު ވަނީ ރައީސް ސޯލިހާއި އަދީބު 38 މިލިއަން ރުފިޔާ ހަވާލު ކުރިކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާދިފަހުން ވިދާޅުވެފައެވެ.

ރައީސް ސޯލިހް ކަޅުދަބަހެއްގައި 37 މިލިއަން ރުފިޔާ އުފުއްލެވި ކަމަށް ބުނެ އާންމުންގެ މީހަކު ކުރި ޓްވީޓަކަށް ރައްދުދެމުން ހުރިހާ ކަމެއްގައި ވެސް ރައީސް ސޯލިހަށް ތާއިދު ކުރަމުން ގެންދާ ޑރ.އިޔާޒް ވިދާޅުވީ، ރައީސް ސޯލިހް 37 މިލިއަން ރުފިޔާ އެއްފަހަރާ އުފުއްލެވި ކަމަށް ތުހުމަތުކުރާއިރު، އެއަދަދުގެ ފައިސާ އެއްފަހަރާއި އުފުލުމަކީ އިންސާނަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބުއްދީގެ އަލީގައި ވާހަކަ ދެއްކުން ރަނގަޅުވާނެ ކަމަށް އިޔާޒް ވިދާޅުވިއެވެ.

އަދި އެފައިސާ ރައީސް ސޯލިހް ގެންދިޔަ ނަމަ އެކަމުގެ ޒިންމާ ވެސް ނަގަން ޖެހޭނީ އޭރުގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އިޔާޒް ވިދާޅުވެފައި ވެއެވެ. "ތިޔަ 37 މިލިއަނެއް ގޯތި ގޯއްޗަށް ވަދެ އާންމުންގެ އަތްފޯރާ ހިސާބަށް ދިއުން އެއީ އޭރުގެ ރައީސްގެ ނުކުޅެދުންތެރިކަން." ޑރ.އިޔާޒު ވިދާޅުވިއެވެ.

37 މިލިއަން ރުފިޔާ ރައީސް ސޯލިހާއި ހަވާލުކުރީ ދިވެހި ރުފިޔާ އިން ކަމެއް ނުވަތަ ޑޮލަރުން ކަމެއް އެއްވެސް ފަރާތަކުން އަދި މިހާތަނަށް ބުނެފައެއް ނުވެއެވެ. އެމްއެމްޕީއާރްސީގެ ފައިސާ ގިނަ މީހުންނަށް ދީފައި ވަނީ ޑޮލަރުންނެވެ.

ލިބެން ހުރި މައުލޫމާތައް ބަލާއިރު 37 މިލިއަން ރުފިޔާއަށް ޖެހޭނީ 2.3 މިލިއަން ޑޮލަރެވެ. އެފައިސާ ހުރީ 100 ޑޮލަރުގެ ނޫޓްގައި ކަމަށް ވާނަމަ ބަރުދަނުގައި ހުންނާނީ 23 ކިލޯ އެވެ. 37 މިލިއަން ރުފިޔާ ހުރީ ދިވެހި ރުފިޔާގެ 1000 ރުފިޔާގެ ނޫޓުން ކަމަށް ވާނަމަ އެފައިސާގެ ބަރުދަނުގައި ހުންނާނީ ގާތްގަނޑަކަށް 17 ކިލޯއެވެ.

އެމްއެމްޕީއާރްސީ މައްސަލައިގައި ރައީސް ސޯލިހަށް ލިބުނު ކަމަށް ބުނާ ފައިސާ އާއި ބެހޭ ވާހަކަތައް އަނެއްކާވެސް ފެންމަތިވެފައި މިވަނީ އެމައްސަލައިގައި ރައީސް ސޯލިހް ޖަވާބުދާރީވުމަށް ކުރީގެ ރައީސް ޔާމީން މިދިޔަ ހުކުރު ދުވަހު ދުވަހު ގޮވާލުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

70 ކޮމެންޓް

 1. ޖަހާލަތު ޕާޓީ

  މިގައުމު ހަލާކުކުރާ ބައިގަނޑު ތި ފެންނަނީ މީހާއައްވުރެބޮޑު ތުނބުޅި ހަދައިގެން ލާރިއައް ދީންވިއްކަން ތެޅެނީ

  58
  4
  • ވިސްނާލުމަށް އެދެމޭ

   23ކިލޯ އުފުލާ ނުވޭވަރުގެ ފިޑި ވަރުދެރަ މީހެ އްތަ އިޔާޒުމެން ރަ އްޔިތުންނަ ވެރިކަށް މި އެރުވީ ޗީޗީ ލަދުކޮބާ ގަ އުމެ އްގެ ވެރިމީހާގެ ނެތޯ 30ކިލޯބަރުދަންހުރި ރަ އްޔިތެވެސް އުފުލޭނެ ވަރެ އް ދެން ކޮންވެރިކަމެކުރެވޭނީ...ހަގުރާމަ އިގެ 45ކިލޯގެ ބަރުދަނުގެ ބަނޑި އެ އް ދިކޮ އްނުލެވޭނެ..ތިވަރުމީހުން ވެރިކަމުގަ ހުންނާނެކަމެނެތް ފަ އިބާ...

   19
   2
 2. ހުސޭނުބޭ

  ހީވަނީތަ އެއްފަހަރުން ކޮނޑަށްލައިގެނޭ އުފުލީ. 500 ގެ 74000 ނޫޓް 3 ދަބަހުގައި އުފުލުމަކީ އުދަގޫކަމެއްނޫން.

  87
  4
  • ނީކަ

   ތިވަރުގެ ދަބަހެއް މި ޤައުމަށް އެތެރި ކުރިކަމެއް އެނގޭކަށް ނެތް؟؟ ދެން ތިހުރިހާ ފައިސާއެއް ކޮބަޔޯ؟؟ ޔާމީނު ވެރިކަމުގަ ދެ އަހަރު ތިކަން ބެލި އިރު ނޭނގުނު ކަމެއް ނުފެނުނު ކަމެއް ކުއްލިޔަކަށް ފާޅުވީ މި ކީއްވެޔޯ؟؟

   16
   • ކިނބޫ

    ސުލޮލޭ ސަރުކާރުން 3 އަހަރުން ކިހާވަރެއް ހޯދިއްޖެ؟ ކަލޭ ތިބުނަނީ އެމްއެމްޕީއާރްސީ ވައްކަމަކީ ނުހިނގާ ކަމެކޭތަ؟

 3. ޖާބެ

  ޢިޔާޒުއަށް ވަހީބާ އައްނަނީ... އިޔާޒުމެން ދީނީ އިލްމުވެރިންނޭ ކިޔައިގެން މީހުން މަގުފުރެއްދުމުގަ އުޅެނީ ފައިސާ ހޯދުމާ އިފުލުމާ އޭގެ މަންފާ ހޯދުމާ އެއީ މިދައްކާ ވާހަކަޔަކީ އިޔާޒުއަކީވެސް މަޤާމައް ފައިސާޔައް އެއިރެއްގަ އިޔާޒުއައް ފައިދާވާގޮތައް ދޫއަބުރަމުން ދުވާމީހެއް މީހުންނައް އޮޅުވާލުމުގަ

  85
  5
 4. ދޯ

  23 ކިލޯ ނުއުފުލޭ ނެތަ ސޯލިހު ބެޔަށް؟

  84
  1
 5. ދޯ

  ބަރުދަނުގައި ހުންނާނީ 23 ކިލޯ ، ކަޅު ދަބަހުގަ ނުއުފުލެން ވީ ކީއްވެ؟؟

  76
  2
 6. ޫޕަރީ

  ތި ހިސާބު ނުބައި. 37 ކިލޯ ވަރު ހުންނާނީ. ޢެހެންވީމަ އުފުލޭނެ. އިޔާޒު ބުއްދީގެ ހަމަތަކުުން ވާހަކަ ދައްކަންވީ

  71
  3
 7. Anonymous

  37މިލިޔަން ރުފިޔާއެއްނޫނެވެ، މިދައްކަނީ 37މިލިއަން ޚިޔާނާތުގެ ޑޮލަރ ސުލޯ ރ.އިބޫސާލިހު އުފުއްލި ވާހަކައެވެ. ސުލޯ އިބޫރައީސު މިރޯނުއެދުރު އިޔާޒު އިތުރަށް ބަނޑު ބޮޑުކޮށްދީފިކަން އެގިއްޖެ، އެއްވެސްމީހަކު ބުނިތަ ކަލޭގެ ރ ރ. އިބޫ އުފުއްލި ފައިސާ 37މިލިޔަން ހަމަކޮށްފައިވަނީ ދަގަނޑު ކޮއިން ލާރިންނޭ، އެހެންކަމަށްވަންޏާ ޕިކަޕަކުން އުފުއްލަން ޖެހިދާނެ، 1000 ޑޮލަރ ނުވަތަ 500ޑޮލަރގެ ނޫޓު ގެ 37މިލިއަނަށްވުރެ ގިނަ މިލިއަންތައް 6އަހަރުގެ ކުޑަ ކުއްޖަކަށްވެސް އުފުލަންވެސް އެއްވެސް ބުރައެއް ނުވާނެ، މިކަލޭގެއަށް ނެގެނީތަ ބޮޑެތި އަދަދުގެ ފައިސާގެ ޗެކުންވެސް ފައިސާގެ މުއާމަލާތްމިކުރަނީ އެކެއްގެޖީބުން އަނެކާގެ ޖީބަށް، ހިތަށްއަރަނީ މީހާދަ ބޯގަޅި ޝައިޠާނެކޭ ވަކިމީހެއްގެ ދިފާއަށް ނިކުމެގެން އުޅެނީ😛

  68
  5
  • ޙިޔާލު

   މޮޅެތި އެއްޗެހި ކިޔާ އިރު ނޭންގޭ.. ޑޮލަރ ނޫޓް ހުންނަނީ 100 ހަމައަށް ކަމެއް. އެހެން ވީމާ ބޯގަޅީ ކަލޭ

   6
   7
 8. ސަމް

  ޝޭޚް ދީން ދިފާއު ނުކޮށް އަބަދުވެސް ވެރިކަން ދަފާއު ކުރެވޭތޯ ތިބަލަނީ. ނަސޯރާ ދީން ފަތުރާ މީހުންނަށް އޮޅިގެން ނަމަވެސް ތި ދެވެނީ ހިތް ވަރު. ރައީސް ޔާމިން ދެކެ އަންނަ ރުޅިން މީހާ ތި ދަނީ ހަލާކުވަމުން.

  92
  4
 9. Anonymous

  ކާރަކަށް އަޅައިގެންގެންދެވޭނެތަ؟

  53
  4
 10. ބުއްޅަބެ

  އުފުލީ އޭނަޔާ ކަލެޔާއި އަދި ތިކަހަލަ ދެމީހުން ވެގެން.

  63
  3
 11. Anonymous

  ވެރިކަމަށް އަންނަން ރައީސް މަރާލަން ދިމާކުރި މީހަކު ވެރިމީހާއަށް ރިޝްވަތު ފައިސާ ދޭނެތަ؟

  52
  2
  • Anonymous

   ދީނީ އިލްމުވެރިޔާ ޑ.އިޔާޒު މަތީގައިވާ ކޮމެންޓަށް ޖަވާބު ދެއްވަބަލަ

   22
   1
 12. އިބްރީމް މުހައްމުދު ސޯލިހާ

  އަދާލާތު ޕާޓީގެ އިލްމްވެރިޔާ ޑރ.މުހައްމަދު އިޔާޒް ވެސް އެއިގެން ބައެއް ގެންދިޔަކަމަށް ވަނީ

  53
  3
 13. އިބްރީމް މުހައްމުދު

  މީ ދީން ކިޔަވައިގެން ތިބޭ މީހުންގެ ފެންވަރު އެހެން މީހުން ހިތުގައި އޮން ކަން ކަމާއި އެހެން މީހުން ކުރާނެ ކަންތައްތަކާއި އެމީހުން ކޮށްފާނެ ކަން ތައްތަކާއި މިހުރިހާ ކަމެއް މިމީހުން ނަށް މާކުރިން އެގިފައި އޮންނަނީ އަދާލާތު ޕާޓީގެ އިލްމްވެރިޔާ ޑރ.މުހައްމަދު އިޔާޒް ޖާހިލު މީހެއް

  51
  3
 14. Anonymous

  ބޭފުޅާއަށް ކިހާވަރެއް ލިބުނުތޯ؟ އުފުލަން މީހުން ބޭނުންކުރަންޖެހުނުތަ؟

  22
  1
 15. އައްނި

  ބަލަމޮޔަޔާ ތިކަހަލަމީހުން ދީނީ ވާހަކަދެއްކީމާ ބަލައެއް ނުގަންނާނެ ބުއްދިންވިސްނަނީ ކަލޭ އެކަނިތާ ގަމާރެއް ކަލޭ ވިސްނާލަބަލަ ކަލޭ ގެންގުލޭ ހުރިހާ ފައިސާއެއް ކަލޭ ތިޔަ އުޅެނީ އަބަދުމެ ޖީބައްލައިގެއް ވިސްނާލަބަލަ ބުއްދިން ފޯނުގަ ތިހުރީ އެ ރުފިޔާ ގެ އަދަދު ކިތައްމެ ގިނަޔަސް ކަލޭގެ ފޯނު ބޮޑު ނަވާހާ ހިދަކު އެބަރުވޭތާ ކަލޭގެ ހުއްދަ ބާތިލްކޮއްފަ ޖަލައްލާންވީ ދީން ކިޔަވައިގެއް ވަގުތުހުމަތު ސާބިތުނުވާ މިހެއްބެބިޮލުގާ ވަގުތުހުމަތު ތިޔަ އެޅުވީ ކަލޭ ބުނީމެއްނު ނޭގޭ ކަންކަމުގާ ވަކިމީހެއްގެ ބޮލުގާ ވަގުތުހުމަތު އަޅުވާމީހުނަކީ އިސްލާމުންނެއްނޫނޭ

  20
  2
 16. ޙަަަހަ

  ޙާދަ ލަދުހަޔާތްކުޑަމީހެކޭމީ ، ބަލަ އިޔާޒް ޤަބޫލުކުރަނީ ދައުލަތުގެ ބަޖެޓް 27 ބިލިއަން ރުފިޔާއަކީ ނަގުދުފައިސާކަމަށްތޯ ، އަލަމާރިއެއްގެ އެއްފަހަރާ ބަހައްޓަން ، ވަކިމީހެއްވީމަ އެކަން ނުކުރާނެ ހުއްޖަތެއް ދައްކަވަން ދީ ކާކު

  18
  2
 17. Anonymous

  ދީނީ އިލްމުވެރިޔާ ޑ.އިޔާޒު މަތީގައިވާ ކޮމެންޓަށް ޖަވާބު ދެއްވަބަލަ

  17
  1
 18. އެމްޕީ ޝެއިޙް

  37މިލިއަން ރުފިޔާ ގައި ހުންނާނީ އެންމެ ގިނަ ވެގެން 75 ކިލޯ. 37 މިލިއަން ރުފިޔާގެ ޔޫއެސް ޑޮލަރުން ވާނީ 2.5މިލިއަން ޑޮލަރު އެއީ 25 ކިލޯ، ދެން މިވަރުގެ ބަރުދަން ހުރި އެއްޗެއް ފުރޮލު 2 ފޮށި ނުވަތަ 1 ފޮށީގައި ނުގެންދެވޭނެ ސަބަބެއް ނެތް. އިންސާނަކު ނުބައި ކަމެއް ކުރީމާ، އަސާސީ ހުއްޖަތް ޤާއިމް ނުކުރެވި، ދިފާޢު ކުރަން ނިކުތުމަކީ އަޅުވެރި އިލްމްވެރިޔަކު ކުރާން ޖެހޭ ކަމެއް ނޫން

  17
  1
 19. ރ

  ގައިމު ޔާމިން އިރު މީނާ ފާޅުގައި ސަރުކާރަށް ފާޑު ކީ ގައިމުވެސް ހަމަ ޔުނިވަރސިޓީ ގައި ވަޒީފާގައި ހުރީ މިސަރުކާރުން ކަލެއަށް ދިނީ ބޮނޑިއެއް މަގާމުން ވެސް ވަކީ ކުރި އިދާރީ ފިޔަވަޅު ވެސް އެޅި އަދި ބުނަން މިގައުމުގައި ކުރާ ހުރިހާ ވައްކަމެއްގެ ޒިންމާ ރައިސް އުފުލަން ޖެހޭތަ މޮޔަ މީހެއް ދޯ

  17
  1
 20. Anonymous

  ޝޭހު ވަކިމީހަކު ދިފާއުކުރަން ތިއުޅެނީ އިބުރާ އެކޮޑައްލައިގެންދާ ވީޑއޯ ދެއްކިޔަސް ކަލޭ ގަބޫލު ނުކުރަާނެ

  36
  1
 21. ރބރ

  ހުޅުމާލޭގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ސްޕޯޓްސް ފެސްޓިވަލެއްގެ ތެރެއިން ނަސާރާ ދީނުގެ ލަވަ ޖެހި މައްސަލާއި ގާއި ރައީސުލްޖުމްހޫރިއްޔާ އާއި ޑރ އިޔާސް ޒިންމާވާން ޖެހޭނެ ، އިސްލާމްދީނާ ހިލާފް ވެބްސައިޓްތައް ބަންދު ކުރުމަށް ކޯޓުންނެރުނު އަމުރު މަނިކުފާނު ދިގުދަންމާލަން ފުލުހުންނަށް ލަފާދެއްވީތޯ؟ ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ ވަރަށް ސަލާމް

  20
  1
 22. ކޮވިޑް

  އަޑު އެހިން ލިފްޓަށް ވެއްޓުނުވާހަކަ ވެސް. އިޔާޒް ހާދަ ދިރާސާ އެކޭ ދޯ ތި ކުރީ؟ ބަލަ މި މާލޭގެ މަގުމަތީގަ އުޅޭ ބައެއް ކުދިން އޮފީސް ، ފިހާރަ ތަކުން ތިޖޫރީ ވަގަށް ނަގައިގެން ކޮންޑަށް ލައިގެން ގޮސަފަ ހުރިކަން ފުލުހުން ހެކިވާނެ. ތިޖޫރީ ކޮޑަށް ލައިގެން ދަނިކޮށް ފެނިފަ ހުންނާނެ. ރައްޔަތުންނަށް ކޮންކަމެއް ސާބިތުކޮށްދޭން އިޔާޒް ތި ހޭބޯނާރާ އުޅެނީ؟ ޑރ އޭ ކިޔަން މިހާރު ލަޑުގަނޭ ތި ކުރި ބޮޑު ދިރާސާ ހިއްސާ ކުރީމަ. ބޮޑުވަރު ދެއްތޯ؟

  19
  1
 23. Anonymous

  މީހަކަށް ތާއީދު ކުރިއަސް ބޮޑުވަރުތީ.
  މިޤައުމު ދީނަށްވުރެ ވެރިމީހާ މާމުހިންމު ހެންހީވަނީ
  އިންޑިޔާގެ ސިފައިންގެނެސް މިތަނުގެ މައިދޮރުއަށީގެ އިސްމަޤާމުތައްދީ އެޑޮލަރުކޮޅުވެސް ދިވެހި ރައްޔިތަކަށް ލިބެން ނޭދެނީދޯ. މިސްކިތަށް ފަހަރުވަލާ ﷲގެ ކަލާމް ފުޅަށް ކުޅުޖެހިތަންވެސް.
  ނުވިތާކަށް ދީނާއި ޚިލާފް ރިޕޯޓް ނެރެ ފިޔަވަޅު ނޭޅި އެހަށް ދުވަހު ނަޞާރާ ދީނުގެ ލަވަޖެހީ
  ޢާއްމު އެއްވެ އުޅޭތާކު ،މިކަހަލަ ކިތައް ކަންތައް ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ ހުރޭ އެެއްބައިވެގަނެގެން. ނަވާރަ ދިވެހި ޝަހީދުންގެ ޒިކުރާވެސް ފާހަގަ ކޮށްލަން ނުކެރުނު ރައްކާވެގެން ދިއައީ. އެކަމަކު ޙަޤީޤަތް ބަދަލު ވާނެތަ.

  17
  1
 24. Anonymous

  އެވަރައް ނޫޓު އުފުލޭނެ އެކަމަކު އިމިއްލައައް ހިގައިނުގަނެވޭވަރު މީހަކައް އޭނަގެ ހަށިގަޑުވެސް ނުއުފުލޭނެ ވަރައއސަލާމް

  35
  1
 25. މޫސާ

  އިލްމު ވެރިންވެސް ދެން އެބަޖެހޭ އިލްމަކީﷲދެއްޗި ނިއުމަތަށް ކަން ގަބޫލު ކޮށް އެހެންމީހުން ގަބޯ ނުހައްދަން

  13
  1
 26. ބޫތު

  އުފުލީ އެއްޗެއް އިގޭނީ ތަހުގީގު ކުރީމާ..ދަބަހުގައި ދިޔާ އެއްޗެހި ގެންދިޔަ ކަލޯ ކޮބާ؟ ކަލޯ ފައިސާއަށް ބޫތުކައިފާ ތިއްބަސް ތިހާ ޗީބުވާ އެއްޗެއްނޫން..ކަލޭތީ އިންސާފަށް ލޯބިކުރާމީހެއްނަމަ ބުނާނީ އިންސާފުވެރި ޝަރީއަތެއްކޮށް އެއީ ނުވާކަމެއްކަން ރައްޔިތުމީހާ އަށް ޔަގީންކޮށް ދިނުން.މިހާރު ތިކަން ތަހުގީގު ނުކުރާން ތި ދައްކާ ވާހަކައިން އިގެނީ ކަލޭވެސް އެ ފައިސާ ސުލޯލހ ގެންދިޔަކަން ގަބޫލުކުރިޔަސް ،ފައިސާގެ ދަހިވެތިކަން ހުރިމިންވަރު.

  15
  1
 27. މަރީ

  23 ކިލޯ ބަރުދަނުގެ ދަބަހެއް ނުއުފުލެވޭވަރުގެ މީހަކޔ ރައީސްކަމަށް ކުފޫހަމަވާނެތޯ ސުވާލުކޮއްލަން އިޔާޒާ !!ދަނގަތީގައި އިހަކަށްދުވަހު ކަތިލި މަހުމޫދަކީވެސް ރައީސް ސޯލިހުގެ ނުކުޅެދުންތެރިކަމުން މަރާލި މީހެއްތާ ، މިސަރުކާރުގެ 3 އަހަރުގައި މީހުންމެރުމާއި ރޭޕްކުރުމާއި ފޭރުމުގެ ކިތައްހާދިސާހިގާފިކަން މިޝޭޚަށް އިގޭބާ ؟؟؟ ކިތައްކިލޯ ޑްރަގު އެތެރެކޮއްފިކަން އެގޭބާ !!! މިޝޭޚްގެ ބަހުންނަމަ މިހުރިހާ ކަމަކީވެސް ރައީސް ސޯލިހުގެ ނުކުޅެދުންތެރިކަމުން ދިމާވާ ކަންތައްތާ !!!!

  15
 28. މުހައްމަދު އަހްމަދު

  އިޔާޒަށް އެނގިފައި އޮންނަ ގޮތުން ބަރު އެއްޗެހި ކޮނޑުގަައި ނޫނީ ނޫފުލޭނެ.

  33
 29. ދ

  ދީނާ ޚިލާފު ކޮންމެ ކަމެއް ގެ ޒިންމާ އިޔާޒު ވެސް ނަގަން ޖެހޭނެ ވައްކަމެއް ކުރާ ކޮންމެ މީހެއްގެ ޒިންމާ ޔާމިން އުފުލަންޔާ ސޯލިހް ވެސް އުފުލަން ޖެހޭނެ ހެ ހެ ދައްކާނެ ވާހަކަ ހުސްވީތޯ އިންޑިޔާ މިލިޓަރީ އައުޓް އަށް އެއްޗެއް ބުނެ ނުލީ ކީއްވެތޯ އިޔާޒޫ

  16
 30. އޯކޭ

  އިޔާޒަށް އުފުލުނީ ކިހާވރެއް އެހެންވީއިރު. އޭރުންދޯ އިނގޭނީ އަހަރުންނަށްވެސް.

  15
 31. ނަޖީ

  އިޔާޒު ކަލެޔަކީތީ ހިސާބުވެސް ޖަހަންދައްނަ މީހެނޫން ކަލޭގެ ނުކުޅެދުންތެރިކަން ހުރިމިންވަރައް އެހެން މީހުން ވައްޓާލަންނޫޅޭ 23 ކިލޯނުއުފުއްލޭނީކާކައް ނޫނީ ކަލެއައްދޯ 23 ކިލޯނުއުފުއްލެނީ

  15
 32. ދައްތޫރު ހަޑިގިއްލާ

  މި އިޔާޒު ބޭފުޅާ ވަރަށް ދީނީ އިލްމުވެރިޔަކާ ވައްތަރު އެހެން އިންނައިރު، ދީނީގޮތުން މީނަ ކުރާ މަސައްކަތަކީ ފިތުނަ ފަސާދަ އުފެއްދުމާއި ޒާތީގޮތުން އަނެކުންނާއި ދިމާކުރުން އެހެންވީމަ އެހާ ވައްތަރީ

  13
 33. މުހައްމަދު އަހްމަދު

  އިޔާޒު ކިޔެވި ތަނުން އޭނާއަށް ނަގާދީފައިވާ ފިލާވަޅުގައި ވަނީ، ފައިސާ އެއްތަނުން އަނެއްތަނަށް އުފުއްލުމުގައި އެއްވެސް މީހެއްގެ އެހީތެރިކަމެއް ބޭނުން ނުކުރެވޭނެ ކަމާއި، ފައިސާ އެއްވެސް އުޅަނދަކަށް ނޭރުވޭނެކަން. އަދި ރައީސްކަން ކުރާ މީހަކަށް 25 ކިލޯއަށްވުރެ ބަރު އެއްޗެއް ނޫފުއްލޭނެކަން. މީގެ އިތުރުން އެމީހަކަށް ލިބޭ ލާރި އުފުއްލަންޖެހޭނީ އެމީހަކު އަމިއްލަޔަށްކަން.

  14
 34. އހ

  އެންމެ ފަހު ވަގުތަށް ވެސް ބަލާތި ގޯސް މީހަކު ވިޔަސް ތިމާ ރުހޭ މީހަކަށް ވާތީ ސަލާމަތް ކުރެވޭތޯ. ލާރި އުފުލަން ވީމަ ވައްކަން ކުރާމީހުން ނަކަށް ގޮތެއް ހުހެއް ނުވާނެ.

  11
 35. ސަހަރޯ

  އޭމީދަމީހާ އާދައިގެއިންސާނަކައް ތިއިޔާޒު ދަބަހަކައް ލައިގެން އުފުލުމައް ވަރައް އިދަގޫވާނެ!!!!

  12
 36. ސަމާސާ

  ބުރާންޗާ އެއީ 20 ކިލޯ ޑޮލަރު

  11
 37. ސަމާސާ

  ވަގުތު ޖެހުނީމާ ކިކްގައި އުފުލިދާނެ.
  ދަނގެތިން އަނިޔާވެރިގޮތަކަށް މަރާލިމީހާ މަރާލައި އުފުލައި ހުރިހާ ކަމެއް ކުރީ އެކަކު އެއީ 60 ވަރަކަށް ކިލޯ.
  ތިބުނާ އަދަދުގެ ފައިސާ ޑޮލަރުން އެއީ 23 ވަރަކަށް ކިލޯ. އެއުފުލި މީހަކު އެވަގުތު 100ކ އެއިގަ ހުއްޓަސް އުފުލާނެ.

  14
 38. ހަވާސާ ހަމީދު

  ބުނާއަޑު އަހަން ރުހޭ ލޮލަކަށް އިބެއްނުފެންނާނެޔޭ ބީރުވިޔަސް، ކަނުވިޔަސް ތިއީބޮޑުވަރު ތިބޭފުޅާގެ ޕީއެޗުޑީއާއމެދު ސުވާލުއުފެދޭ!

  13
 39. Anonymous

  "37 މިލިއަން ރުފިޔާ އެއްފަހަރާއި އުފުލުމަކީ އިންސާނަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އަދާލާތު ޕާޓީގެ އިލްމްވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ."
  ދެން މިހާ ވަރަކައް މީހަކު އިލްމްވެރި ވާނީ. ލަދުން ބޯހަލާކު.

  16
 40. މުހައްމަދު އަހްމަދު

  ދީނީ ޢިލްމުވެރިން ސިޔާސީ ބޮޑުންނަށް ވިކުނީމާ ހާދަ ދެރައެއްވެއޭ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިޔާޒުއާ ޒައިދުއާ ހުސައިން ރަޝީދަށް ހެޔޮ ވިސްނުން ދެއްވާންދޭވެ. އާމީން

  13
  1
 41. ކައުންސެލަރު

  " ލިބެން ހުރި މައުލޫމާތައް ބަލާއިރު 37 މިލިއަން ރުފިޔާއަށް ޖެހޭނީ 2.3 މިލިއަން ޑޮލަރެވެ. އެފައިސާ ހުރީ 100 ޑޮލަރުގެ ނޫޓްގައި ކަމަށް ވާނަމަ ބަރުދަނުގައި ހުންނާނީ 23 ކިލޯ އެވެ. 37 މިލިއަން ރުފިޔާ ހުރީ ދިވެހި ރުފިޔާގެ 1000 ރުފިޔާގެ ނޫޓުން ކަމަށް ވާނަމަ އެފައިސާގެ ބަރުދަނުގައި ހުންނާނީ ގާތްގަނޑަކަށް 17 ކިލޯއެވެ."
  އިޔާޒު ބުނަން ރަނގަޅު ވާހަކައެއް. ދީނީ ޢިލްމު އުނގެނިގެން އުޅޭނީ ދީނީ ކަންކަމާ. ސިޔާސީ ވަންޏާ އަހުންވެސް ސިޔާސީ ވާހަކަ ދައްކާނަން. ތަނެއްދޮރެއް ނުބަލާ ޓްވީޓް ކުރީމާ ބެދޭނީ ލަދެއްގެ. މަތީގަ އެއޮތް ޕެރެގްރާފުން ދައްކަން ތިޔައުޅޭ ވާހަކަ އެއްކޮށް ނަފީކުރޭ. ދެންކިޔާނީ ކީކޭ. އަނގަ މައިތިރި ކޮށްގެން ހުރިއްޔާ މާތާހިރުވާނެ.

  12
 42. ބޮލުރޮދި

  އެއީތާ ވަކިމީހަކު ދިފާއުކުރަން އަދި ފަހަތުން ލިބޭ ބައިވަރުގަޑާ ޑިޕްލޮމެޓިކް ޕާސްޕޯޓު ދިފާއުކުރާ މީހުންގެ ކަނޑުކޮސްކަމަކީ. ކަނޑުކޮހުން ރައްޔިތުންނަށް އަބަދުވެސް އެގޭ . ނޯޅޭ. 37 މިލިޔަން ރުފިޔާ ޖީބަށް ލައިގެން މީހަކަު ނިކުތްވާހަކައެއް ނުބުންޏަސް ބަލަ އެލީ ޖީބަށޭ. ދެން އޭނަ އޭތި ގެންދިއަޔީ ލޮރީގަ ކަން ނުވަތަ ފޯކުލިފްޓުގަިއ ކަން ސާބިތު ކުރާނީ ތަހުގީގު މަރުހަލާގައި!! ބޮލުރޮނދި ކެޑިފަތިބޭމީހުން ދުނިޔޭގެ އާޖުފާޖު ނޭގޭމީހުން ކަންދައްކަން ނިތްކުރީގަ ކުރަލައްވަން ތިބީމަ ވީނުން؟؟!!

  11
 43. ބަދަލުވަމުންދާ ސަޤާފަތް

  އިޔާޒު ގެ ތިލަފަތުން ކިރާނަމަ، ވެންޓިލޭޓަރ ގެ ފައިސާ ވަގަށް ނަގައި މަނީ ލޯންޑަރ ކުރުމުގެ ޒިންމާ އާއި އެމް.ޕީ.އެލް ގެ ތެލުގެބޮޑު ވައްކަމުގެ ޒިންމާ ރައީސް ސާލިހު އުފުލަން ޖެހޭނެ ނޫންތޯ؟ކީކޭތޯ އިޔާޒު މިކަމާއިމެދު ބުނާނީ!؟

  16
 44. ރަގުދާ

  37 މިލިޔަން ރުފިޔާގެ ތެރެއިން 1.7 މިލިޔަން ނެގީ ދީނީ އިލުވެރިންތަކެއްކަމަށް ހެދިގެން ފުރުގާނު މިސްކިތް ހިސޯރުކޮށްގެން އުލޭ މީހެއްކަމަށް އޭރުގަ ވެސް ރަށުތެރޭގައި އެވާހަކަ ދެއްކި. އެކަންވެސް ތަހުގީގު ކުރަންޖެހޭ. ދީނޭކިޔައިގެން މީސްތަކުން މަގުފުރައްދަން އުޅޭ މީހުންގެ ފަހަތް ބަލައި ފާސްކުރަންޖެހޭ. ކަނުއަދިރި ކަމުގައި އެފަދަ މީހުން ތިބިގޮތަށް އެހެން މީހުން އެ އަދިރިކަމުގެ ތެރެއަށް ނުވަދެވޭތޯ ބަލަންޖެހޭ.

  12
 45. ސަމާސާ

  މިފަހަރު އައްނިއާއި އިބޫ ތިބޭނެ ހީނ ހީނ ހަލާކުވެފައި.
  ބުނާނެ މިކަހަލ ގަޅި ޝޭޚުން ހިސާބުޖަހަނީ ކިހިނެއްހޭ ؟

  20
 46. އަޙްމަދު

  ކަލޭމެން ޖަމަލު މަތީގައި ބަރުއެއްޗެހި އުފުލިޔަސް މިހާރުގެ މީހުން އުލާނީ ހެވީލޯޑް ދުއްވާ އުޅަނދުތަކުގައި! މިކަންކަން ދަސްކުރަން ފެންނަނީ! ހެހެހެހެހެހެ

  12
 47. ސިމްބާ

  ދީނީ އިލްމުވެރިޔަކާ ދިމާލަށް ބަދުބަހެއް ބުނެވިއްޖެންމަ ވެދާނެ ކަމަކަށް ﷲ ގެ ހަޒުރަތުން ބިރުވެތިވެހުރެ ބުނެލަމެވެ، އިޔާޒުގެ އިލްމާއި ހިލްމުގެ މައްސަލައެއް މިކަމުގައި ފާހަގަކުރެވެއެވެ.

  13
  1
 48. Anonymous

  ކަލޭގެ 2 ފައި ނުލާ، ހަށިގަޑުގެ އެހެން ހުރިހާ ބައެއްގެ ބަރުމިނަށް ގާތްގަޑަކަށް 60 ، 65 ކިލޯވަރު ހުންނާނެ ހެންހީވޭ.. ކިހިނެތްބާ ކަލޭ 65 ކިލޯ އާދައިގެ އިންސާނަކަށްވެ ހުރެ އެންމެ 2 ފައިބޭނުން ކޮށްގެން އުފުލާނީ؟...

  18
  1
 49. އައްޑޫ މީހާ

  ކަލޭ އުފުލަން އުޅުނީތަ؟ ހީވަނީ މިކަލޭގެ ކޮނޑަށްހެން ފުރަތަމަ ދަބަސް ލައިގެން ގެންދަން އުޅުނީ ބަލަ އިޔާޒު ކަލޭތީ ދީނީ އިލްމުވެރިއެއް ކަމަށް އަހަރުމެން ނުދެކެން އަދި ކަލޭގެ ވާހަކަ ގަބޫލުކުރާކަށްވެސް އަހަރުމެންނެއް ނެތީމު ކިތަންމެ ގިނަ މީޑިއާއަކުން ކަލޭތީ ރާއްޖޭގެ ފުންނާބު އުސް ދީނީ އިލްމުވެރިއެކޭ ބުންޏަސް އަހަރުމެންނަށް ޝައްކު ދެން ކަލޭ ރާއްޖެއިން ބޭރަށްގޮސް ކޮންމެވެސް ތަނަކުން ލިޔަން ކިޔަން ދަސް ނުކުރެއެކޭ ނުބުނަން އެކަމަކު ތިޔަ އެޓިޓިއުޑަކީ ދީނީ އިލްމުވެރިންގެ އެޓިޓިއުޑް ހުންނަ ގޮތެއްނޫން ވަރަށް ވާހަކަ މިއީ

 50. Anonymous

  1000 ގެ ގަނޑެއްގެ ބަރުދަނަކީ ކިހާވަރެއް؟ 0.000001؟ 37 މިލިއަނަކީ، 37 ކިލޯ؟ މިވަރު ނޫފުލޭނެ ފިރިހެނެއް ތިބޭފުޅާނޫނީ ނުހުންނާނެ.

 51. ފަތުން

  މިގައުމު ހަލާކުކުރާ ބައިގަނޑުތި ފެންނަނީ މިހާދަ ނުލަފާއިންސާނެކެ ދޯ މިޤައުމަށް ގައްދާރުންގެ ލިސްޓަށް މީނާގެ ނަން އިތުރު ވީ މިއަދުންފެށިގެން.

 52. އަފޭ

  ފައިސާ ނުފެނި ހުރި މީހަކައް ފައިސާ ތަކެއް ލިބިއްޖެއްޔާ އެމީހާގެ ސިކުޑި އެހާހިސާބުން އެފައިސާ ހާސިލުކުރުމައް ކޮންމެ ފަދަ ބުރައެއް ވެސް އުފުލަފާނެ ކަން ޔަގީން ފައިސާތައް ދަމާފައިވެސް ގެންދާނެކަން ޔަގީން ތާ

 53. Anonymous

  1000 ގެ ނޫޓުން ހުރެއްޖެނަމަ 500 ގެ ނޫޓުގެ ދެގުނަ މަދުވާނެ. އެޢަދަދަށްވާ ޑޮލަރުނަމަ އެެއީ 2.2 މިލައަނެއްހާ ޑޮލަރު.
  ދަބަހުގެ ބޮޑު މިނެއްބެލީމަތަ އެނގޭނީ. އެޅޭނެކަމެއްވެސް ނުއުފުލޭނެކަމެއްވެސް.
  ބަލަންޖެހެނީ ފައިސާ ގެންދިޔަތޯ ނުވަތަ ނޫންތޯ.

 54. Anonymous

  - 500 ގެ ނޫޓުނަމަ 68 ހާސް ނޫޓް
  - 1000 ގެ ނަމަ 34 ހާސް ނޫޓް
  - 100 ޑޮލަރުގެ ނޫޓް ނަމަ 22 ހާސް ނޫޓް
  ޢާންމުކޮށް ބޮނޑިއަށް ބަނދެފަނަަ އެއްލައްކަ މަދުވެގެން ބޮނޑިއެއްގައި ހުންނާނެ އެއީ އިންޗިއެެއްގެ ބޯމިންވެސް ނުހުންނާނެ ބޮނޑިއެއްގަ
  ދެން ބަލާބަލަ އެއީ ކިހާވަރެއްގެ ރޭޝިއޯއެއްތޯ.

 55. ޖާނޭ

  ޑރ. އިޔާސް. ތިޔަ ފަދަ ޢިލްމުވެރިޔަކު، ބުއްދީގެ ލޯބަންދުވެފައި ހުރެ، ސްލޯލިޙްއަށް ތިޔަ ތާއީދު ކުރަނީ ކީއްވެގެންބާ؟
  ޝޭއިޚް އިމްރާނަށް ވަޒީރުކަން ލިބުމުންވެސް ވާހަކަފުޅު ގެންދެވީ ޔޫސުފް ޢަލައިހިއްސަލާމްއާ އެއްފަދަ އަކުން. މަނިކުފާނަށް އެގިވަޑަނުގަންނަވަނީތޯ ﷲ މަތިވެރި ކުރެއްވި އިބްރާހިމް ޢަލައިހިއްސަލާމުގެ މުނިކާފަ ދަރިކަލުން ސަލާމު ލެއވި ޔޫސުފުގެފާނާ އަބުރު ގެއްލިފައިވާ ޝައިޚް އިމަރާނު އާ އެއްވަރު ނުވާނެކަން.
  ސްލޯލިޙް ވައްކަން ނުކުރާނެކަންވެސް މިއެގެނީ ޑރ.އިޔާޒް އަށް ވިއްޔާ! ކިހާވަރަށް ތަންދޮރު އެގެނީ؟

 56. ވާލުސޮރު

  މިނާ އަކީ ބުއްދީގެ ހަމަތަކުން ވާހަކަ ދެކެވޭ ޢިލްމީ ގާބިލްކަން ހުރިމީހަކާ މެދު ޝައްކު ސަބަބަކީ ޢިލްމުވެރިންގެ ކިބައިގައިވާ އެންމެ އާނމު ސިފަޔަކީ "މުޚައްލަފު" މި ސިފަ އެއްކޮށް ނެތިފަނާވެފައިވާ މީހެއް ދައްކާނެ ބުއްދީގެ ދަލީލެއް ނެތް

 57. އުފުލާރައީސް

  ސޯލިހު އަތަށް އެވަރުގެ ފައިސާގެ ދެބައިކުޅަ އެއްބައި ހުރި ދަބަހެއް ދީފަ އެ ދަބަހަށްވުރެ އެއްކަލަ ކުރިން އުފުލި ދަބަސް އެއަށްވުރެ ބަރުތޯ އަހާލީމަ އެނގިދާނެ ސޯލިހު އުފުލި ވަރެއް. އެވަރަށް ދުވާ ރައީސެއްގެ ބުންވަރަށްވެސް ހުތުރުއަރުވަން އިޔާޒު ތި އުޅެނީ.

 58. ސޭކުޝޭހު

  އެ މިލިއަންތައް ގެތަކުގެ ތެރެއަށް ވަނުމުގެ ޒިންމާ ނަގަންޖެހޭނީ ޔާމީނޭ ބުނާއިރު މިހާރު ގެތަކުގެ ތެރެއަށް ވަންނަ ޑްރަގްގެ މައްސަލަ އެއީ މިހާރުގެ ރައީސްގެ ނުކުޅެދުންތެރިކަން ނޫންތަ؟ އެހެން ނޫނަސް ސޯލިހުގެ ދިފާއުގައި ވާހަކަ ދައްކާނެ މީހަކު ތި ނޫނީ ނެތީތަ؟ އަލީވަހީދަށްވުރެ ސޯލިހާ ކައިރީގަ ހުރީ އިޔާޒުތަ އޭރު އެހާ މޮޅަށް އެކަމާ ބެހޭ ގޮތުން އެނގެން؟

 59. މުފައްކިރު

  އިޔާޒު ހިސާބުގެ ޢިލްމު ކިޔަވާ ވިދާޅުވި ނަމަ 37 މިލިއަން އެކަކަށް އުފުލޭނެ ކަން އެގި ވަޑައި ގަންނަވާނެ.

  37 މިލިއަނަކީ 500 ރުފިޔާގެ 74000 ގަނޑު. އެއީ 740 ބޮނޑި. އެހެންވީމާ ނޫފުއްލެވެންވީ ކީއްވެގެންތޯ؟

 60. ހަސަން

  ބަލަ މިހިރަ އިޔާޒު. މީހުން އޮޅުވަން ކަލޭ ޝައިޚަކަށްވެ ހުރެ ފިތުނަ ނުއުފައްދާ. 37 މިލިއަން ރުފިޔާ އޮތީ ޑޮލަރުންތޯ ޗެކުންތޯ ކަލޭ ބެލިންތަ. މިޒަމާނަކީ މުޅި ދުނިޔެ ވެސް ކުޑަ ކުޑަ ޗިޕަކަށް ލެވޭ ޒަމާނެއްގައި ކަލޭ ކޮން މަރުގޯސް ވާހަކައެއް ތިދައްކަނީ. ރަނގަޅަށް ވިއްޔާ އެމްއެމްޕީއާރުސީގެ ލާރި ކަލެއަށް ވެސް ވާނީ ލިބިފައި. މިއީ މި ޤައުމަގައި ހުރި ޝޭހެކޭ ކިޔާ ބޮޑު ޖާހިލެއް. އިމުރާނު ދިފާއުކުރަން ނިކުމެ ހުރި އައްޑަނައެއް

 61. ގަލަން ތުނޑު

  ބާކީވިއަސް ބޮޑުވަރު މީދެން ..އުފުލިމީހަކަށްދޯ އޭގެ ބަރުދަނާ އުފުލި އެއްޗެއް އިނގޭނީ

 62. ބިއްޖެހި

  17 ކިލޯ އުފުލޭނެ ގިނަ މީހުނައް 23 ވެސް. އެކަމް ކަންނެތް ފަލަ މީހަކައް ބޮޑު ބަނޑެއްލާފަ އިން ފަލަ މީހަކައް 10 ކިލޯ ވެސް 5 ކިލޯ ވެސް ނޫފުލިދާނެ. ސިކުނޑި ބޭނުން ކުރޭ

  2
  1