ހުޅުމާލޭގެ ދެވަނަ ފިޔަވަހީ މި ސަރުކާރުން ފުރަތަމަ އަޅަން ނިންމި 1,700 ހައުސިން ޔުނިޓް އަޅަން ފެށި މަޝްރޫއަށް ބޭންކް އޮފް ޗައިނާ އިން ދޭން އެއްބަސްވި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ނުދޭނެކަން އެ ބޭންކުން އަންގައިފިއެވެ.

މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ބިންގާ މާޗް 10، 2020 ގައި އަޅުއްވައި ދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާއެވެ. އެ ޕްލޭންގެ ދަށުން ފުރަތަމަ އަޅަން ނިންމީ 2،500 ހައުސިން ޔުނިޓެވެ. އެކަމަކު ޑިޒައިނަށް ގެނައި ބަދަލާ އެކު ހައުސިން ޔުނިޓްތަކުގެ އަދަދު ވަނީ 1،700 އަށް މަދުކޮށްފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ޗައިނާގެ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏެވެ.

މި މަޝްރޫއަށް ބޭނުންވާ 308،177،181ރ. ގެ ތެރެއިން 85 އިންސައްތަ ބޭންކް އޮފް ޗައިނާ އިން ދޭނެ ކަމަށް ކުރިން އެއްބަސްވެފައި އޮތަސް އެ ބޭންކުން މިހާރު ވަނީ ފައިނޭސިން އޮފަ ވިތުޑްރޯކޮށްފައެވެ.

ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ މައުލޫމާތު ހާމަކުރާ އައިލްސް ވެބްސައިޓްގައިވާ ގޮތުން މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގައި ކޮންޓްރެކްޓަރަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އަދި މިވަގުތު ކޮންޓްރެކްޓަރާ އެހެން ބޭންކަކާއި މަޝްވަރާ ކުރަމުން ދާކަމަށް ވެސް އޭގައިވެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް މިހާރު ބުނާ ތާރީހަކީ އަންނަ އަހަރުގެ ޖޫން އެކެކެވެ.

މި މަޝްރޫއުގައި ހިމެނޭނީ 900 އަކަ ފޫޓުގެ ތިން ކޮޓަރީގެ 1،020 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 650 އަކަފޫޓުގެ 680 އެޕާޓްމަންޓެވެ. އަދި ޓަވަރު އެޅުމަށް ހަމަޖެހިފައިވާއިރު އެ ޓަވަރުތައް ހަދަނީ 15 އަދި 16 ފްލޯއަށެވެ.

ގާތްގަޑަކަށްކަށް 133،127،000 ޑޮލަރު ޚަރަދުވާ، މިމަޝްރޫއުގެ އަމަލީ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ހައުސިން މިނިސްޓްރީން އޭރު ލަފާ ކުރިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ފަހިދިރިއުޅުމެއް ހޯދައިދިނުމާއި އަދި ބޯހިޔާވަހިކަން ހޯދުމަށްޓަކައި ރައްޔިތުން އުފުލަންޖެހިފައިވާ ބުރަ ލުއިކޮށްދިނުމެވެ. މީގެ އިތުރުން ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ މުޙިއްމު އެއް ސިޔާސަތުކަމަށްވުމާއިއެކު، ބޯހިޔާވަހިކަން ދިނުމަށް ހިންގޭ ހުރިހާ މަޝްރޫއުއެއް ކާމިޔާބުކަމާއެކު ރާވާ، ހިންގާ، އޭގެ ފުރިހަމަ މަންފާ ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން މަސައްކަތް ކުރާނެއެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ތިލަދުންމތި މައުސޫ

    ކޮބައި ތަ އެއްކަލަ އިންޑިޔާ ޗައިނާއައްނުކުރާމަލާމާތެއްނެތް ކޮބައި މި ނާގާބިލުސަރުކާރުގެ އަގަލަު މިހާރު ނާށިގަޑުހިފައިގެން ބަގުލާދޭޝޭ ގާ ރޮއިހޭރެނީ ލާރިހޯދަން ދެހާސްތޭވީސް ރައީސްޔާމިނުއައުމާއެކު ޗައިނާއިން ހަތަރުބިލިއަން ޑޮލަރުގެ އެހީދޭނެކަންޔަގީން ފައިސާދޭނީވެސް ކަމެއްކުރަންއެގޭބަޔަކައް މިވެރިންނަކީފަނާކުރާބައެއް ޔާމީނަކީ އާރާސްތު ކުރާބައެއް ހިޔާވެސް ތޭވީހުގާކުލި ފަސްހާސްރުފިޔާ؟؟

    65
  2. ހަވާސާ އިބޫ

    އަންނީ އާއި މިސަރުކާރުން ޗައިނާގެ އެހީބޭނުމެއްނުވާނެ އިޒުރޭލާއި އިންދޫ ޕޯޕް މޯދީގެ އެހީއެކަނިން ފުދޭނެ.

    64
  3. ސަމާސާ

    ރަނގަޅަށް ހެދީ.
    އިންޑިއާ ފައިބުޑަށް ވެއްޓުނީމަ ވާނެ ހައެތި ތިވަނީ

    69
  4. ޒާ

    ހުރިހާވެސް ގެއްލުމަކީ މިސަރުކާރުން އިންޑިއާ އުނގަށް ވެއްޓުމާ ނަޝީގުގެ އަނގަ ވިހަވުން

    67
    1
  5. އޮޅުވާލި ވޯޓު

    އަލްހަމްދުލިއްﷲ ތިލޯނުވެސް ލިބުނުންމަ ރައްޔިތަކަދޮންކްޅުވެސް ނާންގާ ކާލާނެކަންޔަގީން

    62
    1
  6. އަހްމަދު

    ތިޔަކޯޕަރޭޝަނައް މަސައްކަތްފަށެއް އެބަކުރެވޭޔާ ދެންބިންގާއަޅާފަ މިއޭމިސަރުޖާރައްކުރެވޭނެވަރަކީ ބުނެފަ ރައްޔަތުންނާ ކުރެހުންތައް ހަވާލުކުރޭ އޭރުންރައްޔިތުންނައް ފުލެޓުހިންނާނީދެވިފަ

    49
  7. ޗަނބޭލީ

    އެކަކުންޏެއްހަރު ކޮންނަން އުޅެންވާނީ އެކަކުންޏެއްގެވަރުން ހެސްކިޔާފަ އެމީހުންނާ ދިމާލައް އެއްޗެތި ގޮވާފަ އަދިއެމީހުން ލައްވާ ތިޔަލޯނު ހޯދައިގެން ކަންތަން ކުރުވަންއުޅުނަސް އެމީހުންނެއް ނުކުރާނެ އެއައްވުރެ ބޯރަނގަޅުވާނެ

    14
  8. ދުމައިން

    ހަހަހަހަ ދެންލަލަލާ، 6000 ރުފިޔާޔަށް ގަނޑުވަރު ދީ.

    12
  9. އިބޫ

    ބަލަގަ ޗައިނާއިން ނެގި ލޯނު ގިނަ އީ އޭ ކިޔާފަ އަދިވެސް ގިނަ ކުރަނީ ތަ

    14
  10. ބަބޫ

    މިދޯ އަހަރެމެންގެ 2500 ކާލައި އެ ބަދުަލުކޮށް ހަދަން އުޅޭއެތި. މިހާރު އޮންނާނީ ރާކަނިމަސް ކެވިފަ.

  11. ޖާނޭ

    " ބޯން އުޅު ހޫނު ޝަރުބަތު ތިއޮތީ އެބޮވިފައޭ
    ތިޔަހެން ދެފައި ޖަހާލުމަކުން ބިން ގުޑާނެހޭ
    ޖޯޝުން ޢިނާޒުގާ ތިޔަ ކުރަނީ ފަސާދަހޭ "
    އަންނިގެ އަނގަ ބޮޑުކަން. އިންޑިއާގެ ފައިބުޑަށް ވެއްޓި ހޭރުނު އިރު ހިތަކަށް ނާރާ ފަހުން ވާނެ ގޮތަކަށް. އިންޑިއާއަކީ މީހުނަށް އެހީތެރިވެދެވޭ ވަރަށްވުރެ އެތެރޭގެ ޙާލު މާބޮޑޫ ޤައުމެއް. މުސްލިމުން ނައްތާލަން އުޅޭ ބައެއް. ދިވެހި މުސްލުނަށް ހެވެއް ނޭދޭނެ.