ކުރިއަށް އޮތް ތަނުގައި ރަނގަޅު މުވައްޒަފުން ތަމްރީން ކުރެވި، ގާބިލް ބަޔަކަށް ހެދިއްޖެ ނަމަ، އެމްޓީސީސީން ރާއްޖޭގައި ބްރިޖު އެޅުމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީގެ ނޭޝަނަލް އެޕްރެންޓި ޝިޕް ޕްރޮގްރާމްގެ ދަށުން، ފަންނީ ދާއިރާތަކަށް މީހުން ތަމްރީނު ކުރުމަށް އެ މިނިސްޓްރީއާއެކު އެމްޓީސީސީން ގާއިމު ކުރި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެމްޓީސީސީން އަމާޒު ހިފާފައި އޮތީ ހުނަރުވެރި ދިވެހިން އުފެއްދުމަށް ކަމަށެވެ. ގާބިލް ދިވެހިންތަކެއް އުފެދިއްޖެ ނަމަ، އެމްޓީސީސީން ރާއްޖޭގައި ބްރިޖުތައް އަޅާތަން ދެކުމަކީ ކުރެއްވޭ ބޮޑު އުއްމީދެއް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީގައި ދިވެހިންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް އޮތް ނަމަވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީފާ އަދާކުރަން ދިވެހިން ނުލިބޭ މައްސަލަ ކަމަށެވެ. އެހެންކަމުން ބައެއް ވަޒީފާތަކަށް ބޭރުން މީހުން ގެންނަން މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި ބޭރު ގައުމުތަކަށް ފޮނުވައިގެންވެސް ދިވެހިންވެސް ތަމްރީނު ކުރަން އެމްޓީސީސީ އޮތީ ތައްޔާރަށެވެ. މިހާރުވެސް އެމްޓީސީސީގެ 150 ވަޒީފާއަށް ދިވެހިން ދަނީ ހޯދަމުންނެވެ.

"އަޅުގަނޑުމެން ބޭނުންވޭ ދިވެހި ޒުވާނުން މިކަމަށް ކުރިމަތިލާން. އެމްޓީސީސީން ޒުވާނުންނަކީ މުހިއްމު ބަޔަކަށް ހަދަން މަސައްކަތް ކޮށްދޭނަން" އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން މިހާރު ވެސް ދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި 70 ވަރަކަށް މަޝްރޫއު ހިންގަމުންނެވެ. އެ ތަންތަނުގައި ވަޒީފާގެ ފުރުސަތުތައް ވެސް އޮތީ ފަހިވެފައެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީއަކީ ފުޅާވަމުން އަންނަ ކުންފުންޏަކަށްވާއިރު މިދިޔަ އަހަރު އެކަނިވެސް ކުންފުނި ދެ ގުނައަށް ބޮޑުވެފައިވާ ކަމަށެވެ.

"ކުރިން 25 ޕްރޮޖެކްޓް ހިނގަމުން ދިޔަ ތަނެއް، މިހާރު އެމްޓީސީސީ މެނޭޖްމެންޓްގެ ކެޕޭސިޓީ އެބަހުރި މިއަށްވުރެ ގިނަ ޕްރޮޖެކްޓްތަކާއި މަސައްކަތް ހިންގުމަށް" މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެމްޓީސީސީއާ ހަވާލުވެވަޑައިގެންނެވި އާޒިމް ވިދާޅުވިއެވެ.

އެކަމަކު އެންމެ ބޮޑަށް ބޭނުން ޖެހިފައިވަނީ ހިއުމަން ރިސޯސް ކެޕޭސިޓީ އިތުރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ މީހުން ތަމްރީނުކޮށް ވަޒީފާއަށް އަހުލުވެރި ކުރުން ކަމަށް ވިދާޅުވިއެވެ.

"ތަރައްގީވަމުން އަންނަ ގައުމަކަށް ދާން މަސައްކަތްކުރާ ގަޑީގައި ފަރުވާތެރިކަމާއެކު މަސައްކަތް ދެކެ ލޯބިވާން ޖެހޭ. މަސައްކަތަށް ފަރުވާތެރިކަން ނުބަހައްޓާނަމަ އަޅުގަނޑުމެންނަށް އެ ހިސާބަށްދާން ފަސޭހަނުވާނެ" ދިވެހިންގެ މަސައްކަތުގެ ކޮލިޓީ މާ ބޮޑަށް ވެސް ރަނގަޅު ކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޭނުންވާ ވަރަށް ހުނަރުވެރި ދިވެހިންތަކެއް އުފެއްދިއްޖެނަމަ ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ކުންފުނިތަކެކޭ އެއްގޮތަށް އެމްޓީސީސީއަށްވެސް ހުރިހާ މަޝްރޫއުތަކެއް ހިންގޭނެ ކަމަށެވެ.

"ރަނގަޅު މުވައްޒަފުން ތަމްރީނު ކުރެއްވިއްޖެއްޔާ އެމްޓީސީސީން ބްރިޖު އަޅާނެ. އެ އަމާޒަށް މަސައްކަތް މިކުރަނީ" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޓީސީސީން ވަކިވެވަޑައިގަންނަވާ ދުވަހު އެ ކުންފުންޏަކީ ހިންގުމުގައި ވަރުގަދަ ޓީމެއް އުފެދިފައި އޮތް ތަނަކަށް ހަދަން ބޭނުންވެއެވެ.

އެމްޓީސީސީން މިވަގުތު ރަށް ރަށުގެ މަގު ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބަނދަރު ތަރައްގީކުރުން ފަދަ އެތައް މަޝްރޫއެއް ދަނީ ހިންގަމުންނެވެ. އާޒިމް މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެމްޓީސީސީގައި މަސައްކަތް ކުރަމުން އައީ 1،500 މުވައްޒަފުންނެވެ. މިހާރު 3،000 އަށް ވުރެ ގިނަ މުވައްޒަފުން އެމްޓީސީސީގައި ދަނީ މަސައްކަތް ކުރަމުންނެވެ.

އާޒިމް މީގެކުރިން "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމްޓީސީސީއަކީ ކުރިމަގު އޮތް، ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރެވޭނެ ކުންފުންޏެއް ކަމަށެވެ. އެމްޓީސީސީ ވަރުގަދަ ވެއްޖެ ނަމަ، "ބޭރުގެ ކުންފުނިތަކުން ރާއްޖެ އައިސް މި ހިއްކާ ހިއްކުންތައް" ކުރިއަށް ގެންދަން ނުޖެހޭނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެއް ފަހަރާ 100 ބަނދަރު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދެވޭހާ ގާބިލްކަން އެމްޓީސީސީގައި މިހާރު ވެސް އެބަހުރި ކަމަށެވެ.

އެމްޓީސީސީގެ އަމާޒަކީ ކުރިއަށް އޮތް 5-10 އަހަރުގެ ތެރޭގައި ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ނިންމައި، ދުނިޔޭގެ ބޮޑެތި ކުންފުނިތަކާ ވާދަކުރެވޭ ވަރުގެ ބޮޑު ކުންފުންޏަކަށް ހެދުމެވެ. އޭގެ ސަބަބުން ރާއްޖެ އިން ބޭރުގެ ކުންފުނިތަކުން މަސައްކަތް ކުރާ އަގުގެ %50 އަގު ހެޔޮކޮށް އެމްޓީސީސީ އަށް މަސައްކަތް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކައުންސެލަރު

    މިހާރު ދެފަތް ކޭއްތެލިޔަސް ބުރިޖު ބުރިޖު ބުރިޖު. ނުގުޑާފަދަ ވަރުގަދަ އަޒުމެއްގެ ދިވެހި ދަރިޔަކު ބުރިޖު އެޅިމާ މިހާރު އެކަމަށް ދަހިލަވައިގެން ނުފޯރާފޮތިން ފޫގަޅަން ވެއްޖެ. ފުރަތަމަ ކީ ކޮބާހޭ އިންޖިނިއަރިން، ކޮބާހޭ ފަންޑް، ކޮބާހޭ ޓެކްނޯލޮޖީ. ލޯމައްޗަށް މިހުރިހާއެއްޗެއް ދެއްކީމާވެސް އެކަން ނުވެގެން މިއުޅެނީ، ނުވިތާކަށް ކޮޕީކޮށްގެންވެސް ނުވެގެން މިއުޅެނީ. ބަޔަކުގެ ހުރިކޮސްކަމާ ވިޔަޔާ ނުވާކަން ހީވެބަލަ

    26
  2. Anonymous

    ތިކަން ނޭގޭ މީހަކު ހުންނާނެ؟..ބަލަ ތިކަމުގެ މާހިރުން ތިބި ނަމަ ބުރިޖްވެސް އެޅޭނެޔޭ..ފައިސާގެ ތަނަވަސްކަން ހުރިނަމަ ކިތައް ބުރިޖް އެޅުނީސް؟..

    30
  3. ޓެލެކޮމް

    މީހުން ތަމްރީނުކޮށްގެން ބުރިޖް އަޅަން 10 އަހަރު ވެރިކަންދޭންވި މިމީހުނަށް؟؟؟؟ އެހެންތަ ތިބުނަނީ....ސާބަސް ކުދިންނޭ....2023 މާ ދުރަކުނެތް!!!

    21
  4. ކުއްޓި

    އެމްޓީސީސީ ބޮޑުތަނުން ކުރިއަށް ދެމިލައިފި
    މީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް

    އެމްޓީސީސީ އަޑި އަޅާލީ އަންނި ވެރިކަމުގަ
    އޭރު ހުރިހާ ކަމެއް ދިނީ އަޑިމަގުން ހެވީލޯޑަށް
    މިއަދު ކޮބާ ހެވީ ލޯޑް

    18
    5
  5. ގުއިދައިތަ

    ކަލޯ މަގޭ ކައިރީގަވެސް ބްރިޖް އިންޖިނިއަރުންނާއި މަސައްކަތު މީހުންނާއި ބްރިޖް އަޅަން ބޭނުންވާ މެޝިނަރީޒް އާއި ފައިސާ ހުރިއްޔާ މަށަށް ވެސް ތިކަން ކުރެވޭނެ. އެމް.ޓީ.ސީ.ސީ އަށް އެކަންޏެއް ނޫން

    14
  6. އަލީ

    ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވާނެ ކަމުގެ ޢަލާމާތްތައް ފެންނަމުން މިދަނީ.

    16
    1
  7. ސަލް

    ނާހަމަ ތެދެެއް.. އެމްޓީސީސީ ބުރިޖު އަޅޭނެ..

    10
  8. ޝަފީއު

    ކަލޭމެން ހަދާ ބުރިޖަކައް އަހަރެމެން ނާރާނަން..

    11
    2
  9. ޑައެލޯގް

    ތިއީ ތެދެއް އާޒިމް ދިވެހިންނަށް ކުރެވޭނެއެވެ. އެކަމަކު ކަލެއަށް ނުވަތަ މިސަރުކާރަކަށް ނުވާނެއެވެ. ތިކަންވާނީ ޔާމީންއަށެވެ. މަހާޖައްރާފުފަދަ ކޮންނަބޯޓުހޯދީ ޔާމީނެވެ. ތިތަން އިނދަޖެހިފައި އޮއްވާ ކޮޅަށްނެގީޔާމީނެވެ. މިސަރުކާރުން މިހާރުވެސް އެބުނަނީ އިންޑިޔާ ސިފައިން އެތިބެނީ ޑޯނިޔާބޯޓު ދުއްވަން ދިވެހިންނަށްނޭގޭތީއެވެ. ދެންމިވަރުގެ ބަޔަކަށް ކިހިނެއް ބުރިޖު ދިވެހިންލައްވާކުރާނީ ތިކަންވާނީ ޔާމީނަށެވެ.

    17
    1
  10. ސަމާސާ

    ރާއްޖޭގައި ބްރިޖް ޑިޒައިން ކުރެވޭނެ ފެންވަރުގެ މީހުން އެބަތިބި. ބޭނުންވަނީ މަސައްކަތްކުރާނެ މީހުން. މިއުޅެނީ ބަޔަކު ތަމްރީން ނުވެގެނެއްނޫން.

    11
  11. ތެޔޮބިޑި

    އެކްސްކަވޭޓަރ މިހާރުވެސް ދުއްވާ މީހުން. ދެން ވެލިފުނިޖަހންވީއެއްނުން ؟

  12. ހަސަން ކޮއިފުޅު.

    މީކީ ކަމުދާ މީހެއްނޫން. މިހާރުވެސް ސަރުކާރަށް އެއްފައި އަދި ނާޒިމުމެން ޕާޓީއަށް އަނެއްފައި ލައިގެން މީނަ މި ހުންނަނީ... މީނަ ދައްކާ ވާހަކައަކަށް އަހަރެންގެ ޝައުގުވެރިކަމެއް ނެތް.

    14
  13. އަބްދޫ

    މުވައްޒަފުން ތަމްރީނު ކުރިޔަކަސް އެ ބްރިޖް ނޭޅޭނެ. ދުނިޔޭގަ ބްރިޖްއަޅަންތިބީ މަދުގައުމެއް. އިންޑިޔާއަކީ ކަންޑުގަ ބްރިޖް އަޅާ ފަ ހުރި ބައެއް ނޫން. ތިޔަކަހަލަ މީހުން މާމޮޅުވެގެން އުޅޭތީ އިހަށް ދުވަހު ހެދި އަރަބިއްޔާގެ އިމާރާތުގަ ތަނބުގަ ރެނދު ލައިގެން އެތަން ވެއްތެން އެ އުޅެނީ ޒިންމާ ނަގަނީކާކކު؟

  14. ޙަސަނާ

    ކޮބާ ޕަބުލިކު ޓުރާސްޕޯޓ މާލެ ހުޅުމާލެ ބަސްދަތުރު ކުދި ޅަދަރިން ގޮވައިގެ އަންހެންކަބަލުން ބަސްސުޓޭސަން ތައްދޮށުގައި ގަޑިއިރުވާއިރުވެސް ބަސްނުލިބޭ ހެދުނުކޮޅާ ހަވީރު 5ން 7 ޙާއިރު ހީވަނީ ބަގުލަދޭސް އިންޑިއާ މަސައްކަތްތެރިން އުފުލަންދުއްވާ ބަސްތަކެއްހެން ބަސް ކާރިކޮއްލާއިރައް އަންހެނުންނާކުދިދަރިން ކޮއްޕާލާފަ ވެސް މިބައިގަޑު ބަސްތެރެއައް ދެމިގަނޭ ވީމަ ތިޔަ އާޒިމުއަކައް ދިވެއްސަކައް ރަގަޅުކަމެއްނުކޮއްދެވޭނެ އިންޝާﷲ 2023 ގައި ތިޔައާޒިމުވެސް ހޫރަލެވިގެންދާނެ ..މިހާރު ހުރޭ ދިވެހިންނައްޖެއްސުންކުރަން..