އެންމެ އަވަހަށް ރާއްޖެ އިން ފިލާ ރައީސަކަށް ވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވި ކަމަށް އެއްބަސްވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިއްލަވަން މަސައްކަތް ކުރެއްވި ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ފިލުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ބުނެފައެވެ.
RYameen hunnavaanee Dhivehi Raajjeyga! Mikan maa lahennuve nimeyne IA. Emme avahah filaa kureege Raees akah vaanee Raees Solih! @HuShameem https://t.co/QSXLTgByjx via @DhiyaresNews
— Mohamed Saeed (@em_saeed) December 6, 2021
ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓައިދިނުމުގެ އަމުރަކަށް ދައުލަތުން މިއަދު ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ. މީގެކުރިން ޕާސްޕޯޓު ހިފަހައްޓަން ކޯޓުން ދިން މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެއެވެ.
ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި މުހައްމަދު ސައީދު ކުރެއްވި ޓޫވީޓެއްގައި ވިދާޅުވީ ޔާމީން ބޭރު ގައުމަކަށް ވަޑައިނުގެން ހުންނަވާނީ ރާއްޖޭގައި ކަމަށެވެ.
Raees Solih ge sikundi fulhu ge exam eh hadhanjehey! Coalition foohifiluvaa YO-YO akah RJ mivanee vefa @HuShameem! India Sifainge vaahaka dhekkeema maulooin divert nukuravvaa! https://t.co/qNXa4Pqj86
— Mohamed Saeed (@em_saeed) December 6, 2021
"މިކަން މާ ލަހެއް ނުވެ ނިމޭނެ. އެންމެ އަވަހަށް ފިލާ ކުރީގެ ރައީސަކަށް ވާނީ ރައީސް ސޯލިހް،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރައީސް ސޯލިހްގެ ސިކުނޑިފުޅުގެ އެގްޒާމެއް ހަދަން ޖެހޭ ކަމަށެވެ. އަދި ކޯލިޝަން ފޫހިފިލުވާ "ޔޯ ޔޯ" އަކަށް ރައީސް ވެވަޑައިގެންފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
"އިންޑިއާ ސިފައިންގެ ވާހަކަ ދެއްކީމަ މައުޟޫއު އިން ޑައިވާޓް ނުކުރައްވާ،" ސައީދު ވިދާޅުވިއެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފާއިވާ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ހުށަހެޅުއްވި ކަމަކީ، މިހާރު ކުރިއަށްދާ މައްސަލައިގެ ޝަރީއަތް ނިމެންދެން ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމަށެވެ. އަދި މިއަދު އެ ކަމާއި މެދު ގޮތެއް ނިންމައިދޭން ދައުލަތުން އެދިވަޑައިގަންނަވައެވެ.
ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން އެދިފައި މި ވަނީ، މީގެ ކުރިން ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާގައި ދަށު ކޯޓުން އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންވެފައިވަނިކޮށެވެ.
ޝަރީއަތުގެ މަޖިލިހުގައި ޔާމީން ވިދާޅުވެފައި ވަނީ ފިއްލެވުމުގެ ޚިޔާލު އެއްވެސް އިރެއްގައި ގެންގުޅުއްވާފައި ނުވާނެ ކަމަށެވެ.
ހައްގު ތެދު ތިބުނީ
100% ކަމެއް ތީ.
ތިޔައީ ރަގަޅުވާހަކައެއް ސައީދު ކިނބޫ އެއްމެ އަވަހަށް ފިލާނީ