ހުޅުމާލެ ފޭސް ދޭއްގައި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

މިއަދު މެންދުރު ފަހު މި އެކްސިޑެންޓް ހިނގާފައި ވަނީ ދެ ސައިކަލު ޖެހިގެންނެވެ.

މަންޒަރު ދުށް މީހަކު އާއްމުކޮށްފައިވާ ފޮޓޯތަކުން މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައި ވެއެވެ. އެހެން ނަމަވެސް އިތުުރު ތަފްސީލެއް އަދި ނުލިބެއެވެ.

ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސުޖާއު ވިދާޅުވީ،ހުޅުމާލޭ ފޭސް ދޭއްގައި އެމްބިއުލާންސް ނެތް ކަމަށެވެ. އަދި މީގެ އިރުކޮޅެއް ކުރިން އެ ސަރަހައްދުގައި ހިނގާދިޔަ އެކްސިޑެންޓްގައި އަނިޔާ ލިބުނު ފަރާތްތައް ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސްއަށް އިންތިޒާރު ކުރަން ވަރަށް ގިނަވަގުތު ހޭދަވި ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުއްލި ނުރައްކަލުގެ ހާލަތަށް ފޭސް ދޭއްގައި އެމްބިއުލާންސް ބާއްވަން ޖެހޭ" ސުޖާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ތަނެއް ކަނޑައިގެން ދިޔައަސް ފޭސް އެކަކަށް، އަނބުރައިގަތަސް 1 އަށް. އެތަނުން ޓަވަރެއްގެ ތިރިން އެޕާރޓްމެންޓެއްގަ ކުލިނިކެއްހަދާ ޑޮކްޓަރަކާ ނަރުހަކާ ބަހައްޓަން ނުނަގާނެ ސިކުންތެއްވެސް. ކުރިއްޔާތާވާނީ ދޯ. މި ހުންނަނީ ކުރެވޭނެ ކަންކަން، ޖާގަ އެބަހުރި ބޭނުންވަނީ ރަނގަޅު ހިންގޭ ވެރިންތަކެއް. މިމީހުން ލައިގެން މިކަމެއް ނުވާނެ.

  2. ބުރުގާ

    ސާބަހޯ ކަލޯމެނޭ، ހުޅުމާލެ ފޭސް ދޭއް ތިއޮތީ ކަލޯމެނައް ސެއްލައައް ލިބިފަ. ދެން ލިބިދާނެ އަނިޔާއަކައް، ވެދާނެ މަރަކައްނުބަލާ ސައިލުގެ މުއްގަނޑު ލުހިގެން އަތައް އަންނަވަރައް ފެލާލާ. ކޮން އެންބިއުލަންސަކައް ގުޅާކައް. އަމިއްލައައް ހޭއަރަންދެން ބިއްމަތީ ބާއްވާ.