ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު ހުކުމް ތަންފީޒް ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މިއަދު އެމްޑީޕީ ހަރުގެ ކައިރީގައި ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުން ހައްޔަރު ކުރި ދެ މެމްބަރުން ދޫކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ދޫކޮށްލައިފައި ވަނީ މީރޭގެ ވަގުތެއްގައިއެވެ.

މީގެ އިތުރުން، މިއަދުގެ އެއްވުމުގެ ތެރެއިން ހައްޔަރު ކުރި އެންމެންވެސް ދޫކޮށްލައިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އިދިކޮޅުފަރާތްތަކުން ބާއްވާ އެއްވުންތަކުގެ ތެރެއިން އެކިފަހަރު މަތިން މަޖިލިސް މެމްބަރުން ހައްޔަރު ކުރަމުން ދާއިރު މިވަގުތު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަޚްލޫފުވެސް ވަނީ ރޭގެ އެއްވުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިއެވެ. މެމްބަރު މަޚްލޫފް އަދިވެސް ވަނީ ފުލުހުންގެ ބެލުމުގެދަށުގައި ދޫނިދޫ ގައިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަވޭ

    އިދިކޮޅު އެމްޑީޕީން ކްރޭޒީ ވެގެން އެމްޑީޕީގެ ހަރުގެ ކުރިމައްޗަށް އެއްވި ނަމަވެސް އެމެންނަށް ފުލުހުން މެދުވެރިކޮށް މިރާއްޖޭގެ ރައްޔިތުންގެ %85 ތާއީދު ކޮށް ގެން ވޯޓް ލާފައިވާ ސަރުކާރެއް ފުލުހުން މެދުވެރިކޮށް ބަދަލު ނުކުރެވޭނެއެވެ. އެއީ ގައުމެއްގެ ވެރިކަން ބަދަލު ކުރެވޭނެ ގޮތެއް ނޫނެވެ. ފުލުހުންގެ އިދާރާ އަކީ އެއީ ޕޮލިސް ކަމިޝަނަރު ގެ އަމިއްލަ ތަރިކަ މުދަލެއް ނޫން އަދި ޕޮލިހުންގެ އިސް އޮފިސަރުންގެ ވެސް އަމިއްލަ ތަރިކަ މުދަލެއް ނޫން އެއީ ސަރުކާރުގެ ތަނެއް. އެތަނުގެ އެންމެ ބޮޑު މީހަކީ އެއީ ރައީސުލް ޖުމްހޫރިއްޔާ. ގައުމަށް ގައްދާރުވާ ފުލުހުން ހައްޔަރު ކޮށް އެމެންނަށް އަދަބު ދެވޭނެއޭ. ފުލުހުންގެ ތެރޭގައި ވެސް ތިބި ކޮރަޕްޓް ބަޔަކު އަޑި އަޑިން ރިޝްވަތުގެ ފައިސާ ނަގައިގެން ފުލުހުންގެ ތެރޭން ހަމަ ނުޖެހުމެއް ހިންގައިގެން ވެރިކަން ވައްޓާލަން އުޅުނަސް އެކަމެއް ކުޅަދާނަ އެއް ނޫން ކާމިޔާބު ކުރަން އެމްޑީޕީއަށް. އެހެންވެއްޖެނަމަ މިރާއްޖެ ބަދަލުވާނީ މިހާރު ލީބިޔާ އޮތް ހާލަތަށެވެ. އެގޮތަށް ނުވާނެއޭ.

    • ވަހީދު

      ތިބޭފުޅާ ގަބޫލު ކުރަނީތޯ ވެރިކަމިކީ ރައީސުލް ޖުމުހޫރިއްޔާ އަކަށްހުންނަ މީހެއްގެ ތަރިކަ މުދާކަމަށް؟

  2. ޖައްސަބަލަ

    މުޒާހަރާއިން ހައްޔަރުކުރި އަމީތާއި އަބުޅޯ ދޫކޮށްލާއިރު އެމެންނަށް އެއްވެސް އިންޒާރެއް ނުދީ ދޫކޮށްލާ އާންމު މީހާ އަށް މުޒާހަރާ އަށް ނުދެވޭނެ ގޮތް ހެދުން އެއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫނޭ. އެމެން ޖެހޭނެއޭ ހައްޔަރުކޮށްފިނަމަ ހައްޔަރު ކުރަން ޖެހުނު ސަބަބާއި އަދި އެމެންނާއި މެދު ފިޔަވަޅު އެޅެން. މިރާއްޖޭގައި މިއޮންނަނީ ބޮޑު ކެކުރި ކުޑަ ކެކުރި އުސޫލު އޭ އެއީ އެއްގޮތަކަށް ވެސް އެކަން ވާން ޖެހޭނެ ގޮތެއް ނޫނޭ ކުއްލި ނުރައްކަލުގެ ހާލަތަކީ އެއީ ކުއްލި ނުރައްކަލުގެ ހާލަތޭ އެހެން ކަމަށްވާނަމަ މީންސް ހުރި ގޮތެއްގައި އެކަން ކުރެވެން ޖެހޭނެއޭ. އެމްޑީޕީ ހަރުގޭ ދޮށަށް އެއްވާން އެސްއެމްއެސް ފޮނުވާ މެޝިން މިހާރުން މިހާރަށް ދިރާގުން ކަނޑާލެވެން ޖެހޭނެއޭ ސަބަބަކީ އެއީ ކުއްލި ނުރައްކަލުގެ ހާލަތާއި ސީދާ އިދިކޮޅަށް އައިރު ގާނޫނީ އެއްވުމަކަށް އެމެން ގޮވާތީއޭ ހޯމް މިނިސްޓަރު ކުރަނީ ކޮން ކަމެއްތޭ މިފަދަ ކަންކަން ރަނގަޅު ކުރަން.

  3. ކުރާށޭ

    ސަރުކާރުގެ ހުރިހާ އެނަރޖީ އެއް ސިޔާސީ ކަންކަމަށް ވަގުތުގެ ގޮތުން ދުއްވާނުލާ ސަރުކާރުން އެބަޖެހޭ ސަރުކާރުގެ އެނަރޖީގެ %80 އިގްތިސާދީ ކަންކަމަށް ސީދާ ރައްޔިތުންގެ ހިތް ތަކާއި ފަރުދީ ގޮތުން ގުޅިފައިވާ ކަންކަން ހައްލު ކޮށްދޭން. އެގޮތުން މާލެ ސަރަަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ މީހުންނަށް ފްލެޓްސް ތައް ލިބޭނެ ކަން ވަޒީރުންގެ މަޖްލީހުން ނިންމާ މިހާރު ހައުސިންގް މިނިސްޓްރީ އަށް ފްލެޓްސް ތަަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ލިބޭނެ ކަން އިއުލާން ކޮށް ހަދާ އަދި އެ އެންމެންނަށް ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރަން ފެށުމުން މިހާރު ސަރުކާރު ވަދެފައިވާ ސިޔާސީ ޕެނިކް ރޫމް އިން ސަރުކާރު ނެރެވޭނެެެއޭ. ހެޔޮނުވާނެއޭ އަބަދު ސަރުކާރުން ސިޔާސީ ކަންކަމަށް ނުވިސްނާށޭ ރުމާލު ދޭއް ޖަގަހައިގައިވެސް ދައްްކަނީ މުޅިން ސިޔާސީ ވާހަކަ އޭ އިގްތިސާދީ ވާހަކަ ދައްކާ ތަން ނުފެނެއޭ އެއްގޮތަަަކަށް ވެސް މިކަން ކަން ބަދަލުކުރާށޭ. އެނޫންނަމަ ގޯސް ވާނެއޭ ވަގުތު އޮތްވާ މިކަން ކުރާށޭ ކުރާށޭ ކުރާށޭ.

  4. ކުރާށޭ

    މުޒާހަރާ ގާނޫނީ ވަކީލުން ފަތުރާ ޕްރޮޕެގެންޑާ އިން މުޅި ނޫހުގެ ފަލަ ސުރުޚީ ތައް ފުރާލާ އިރު ސަރުކާރު ކޮބާތޭ ސަރުކާރުގެ ކިތައް މިނިސްޓްރީ އެބަހުރިތޭ. ސަރުކާރުގެ މިނިސްޓްރީ ތަަކަށް ރާއްޖޭގެ އެންމެ މަޝްހޫރު އޮންލައިން ތިން މީޑިއާ ގެނެސް ގެން އެމެންނާއި އެކު ސަރުކާރުގެ މިނިސްޓްރީ ތަކުން ކުރާ މަސައްކަތް ރައްޔިތުންނަށް ގާތުން އޮޅުން ފިލުވާ ދިނުމަށް ޓަކައި ކުރަނީ ކޮން މަސައްކަތެއް ތޭ. އެތަން އެއްގޮތަކަށް ވެސް ނުފެނެއޭ. މިދަނީ ފެބްރުއަރީ މަސް ނިމިގެންނޭ ސަރުކާރުން ކުރާ އިގްތިސާދީ މަސައްކަތް ތަކަކީ ކޮބައިތޭ އެއިން އެއްވެސް ކަމެއް ފެނިގެން ނުދާކަން އެއި ހިތާމަ ކުރަން ޖެހޭނެ ކަމެކޭ. ޕީޕީއެމް ކަމަކީ ސިޔާސީ ގޮތުން ކަންކަން ފުރިހަމަ ކުރުން އެކަމަކު ކެބިނެޓް ގެ ކަމެކޭ ސީދާ ރައްޔިތުންގެ ބޮޑު އާބާދީ އަކާއި ގުޅިފައިވާ މާލެ ސަރަހައްދުން ފްލެޓްސް ތަަކަށް އެދި ފޯރމް ލާފައިވާ އެންމެންނަށް ފްލެޓްސް ލިބޭނެ ކަން އިއުލާން ކޮށް ލިޔުން ކޮންމެ މީހަކާއި ހަވާލު ކުރުން. އެއީ ކަން ކަން ކޮށް ދިނުމަކީ ރައްޔިތުންނަށް.

  5. ޑެއިލް

    ސަރުކާރަށް ކަންކަން ނުކުރެވޭތީ ރައްޔިތުންގެ ފޯކަސް ބަދަލުކޮށްލަންޖަހާ ސްޓަންޓް. ހުރިހާ ބާރެއް ސަރުކާރަށް ދެންނުކުރެވެންވީ ކީއްވެ. މީއެމްޑީޕީ ސަރުކާރެއްނުން. ނުވަންޏާ އިސްތިއުފާދީ.