ޑރ. ޝަހީމް އަލީ ސައީދު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ ގެ މަގާމުން އިސްތިއުފާ ނުދެއްވުމަށް ރައީސް އަންގަވައިފި އެވެ.

ރައީސް ޔާމީން މިގޮތަށް އަންގަވާފައިވަނީ ޑރ.ޝަހީމް މިއަދު އިސްތިއުފާ ދެއްވަން ހަމަޖެހިފައި ވަނިކޮށެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ޝަހީމް ވިދާޅުވީ ރައީސް އެގޮތަށް އެންގެވުމުން އިސްތިއުފާ ނުދެއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ރައީސް އެންގެވީ ރަނިންމޭޓް ކަމަށް ވާދަކުރެއްވި ނަމަވެސް އިސްތިއުފާ ދެއްވަންޖެހޭ ގާނޫނީ ސަބަބެއް ނެތުމުން ކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

އިތުރު ތަފްސީލް އަންނަނީ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސީސީސީސީ

    އެއްގޮތަކަށްވެސް ދޭނެކަމެއްނެތް ؟ ތިއީ ތަރިކައެއް؟

  2. އަލީ

    ވަރަށް އުފާވެއްޖެ

  3. ޏަމްޏަމް

    ވަރައް އުފާވެއްޖެ ޝުކުރިއްޔާ ޝައިހު ޝަހީމް