ށ. ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުން ކުރަނީ އެމްޓީސީސީގެ ފްލީޓްގެ އެންމެ ބޮޑު ހައިމާކު ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ހާމަކުރިގޮތުގައި، އެ މަޝްރޫއުގެ ދަށުން ބަނދަރުގެ މަސައްކަތުގެ ދަބައިކުޅަ އެއްބައި ނިންމާފައިވާއިރު، ނެރު ފުންކުރުމުގެ މަސައްކަތުގެ 91 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ..

އެ ކުންފުނިން މިއަދު ބުނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރަނީ އެ ކުންފުނީގެ ފްލީޓްގެ އެންމެބޮޑު އެކްސްކަވޭޓަރ ބޭނުންކޮށްގެން ކަމަށެވެ. މި ހައިމާކުގެ ކެޕޭސިޓީގައި 70 ޓަންސް ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. އަދި މި ހައިމާކާއެކު މަސައްކަތުގެ ސްޕީޑް އަވަސްވާނެ ކަމަށް އެ ކުންފުނިން ހާމަ ކުރެއެވެ.

އެ ކުންފުނިން މައުލޫމާތު ދޭގޮތުގައި އެ މަޝްރޫއުގެ ދަށުން 39,995 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ބޭނުންކުރަމުންދާ ހާބަރ ބޭސިން ފުންކުރުމާއި، 4000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި،507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

އަދި އޭގެ އިތުރުން 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫއަކީ 52.7 މިލިއަން ރުފިޔާގެ މަޝްރޫއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެންދެރި

    ފޯކައިދޫގެ ބަނދަރަކީ ރައީސްޔާމީން ނިންމަވާފައިވާ މަޝްރޫއެއް މިސަރުކާރުން ރެބަންކަނޑަނީ ގުނބޯ ސަރުކާރު.