އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައި އޮތުމުން ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމަވައިފިއެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނިމެންދެން ޔާމީންގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާ ކުރުމުގެ އަމުރެއް ނެރެދޭން ދައުލަތުން މިއަދު އެދިވަޑައިގަތެވެ.
މިހާރު ދަށު ކޯޓުގައި ހިނގަމުންދާ މައްސަލައަކީ އެމްއެމްޕިއާރުސީގެ ބޮޑު ޚިޔާނާތުގެ ތެރެއިން، ރ. ފުއްގިރި ދޫކޮށް ދައުލަތަށް ލިބެން ޖެހޭ 1.1 މިލިއަން ޑޮލަރު އެމަނިކުފާނު ލޯންޑަ ކުރި ކަމަށް ބުނާ މައްސަލައެކެވެ.
ދައުލަތުން މައިގަނޑު ގޮތެއް ފާހަގަ ކުރެއްވި ކަމަކީ ޔާމީނަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ވާތީ ކޮންމެ ވަގުތަކު ވެސް ފުރާވަޑައިގަތުމުގެ ތަނަވަސްކަމާއި އެފަދަ ބޭރުގެ ގުޅުންތައް އޮންނާނެ ކަމުގައެވެ. އަދި ޝަރީއަތް ހިންގަން ޔާމީން ކޮންމެހެން މާލޭގައި ހުންނަވަން ޖެހޭ ކަމުގައި ދައުލަތުން ވިދާޅުވިއެވެ.
ޔާމީންގެ ދިފާއީ ވަކީލުން ފާހަގަ ކުރެއްވި ކަމަކީ އެމަނިކުފާނުގެ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައި އޮތުމުން މިހާރު ވެސް އެމަނިކުފާނަށް ރާއްޖޭން ބޭރަށް ވަޑައިނުގެންނެވޭނެ ކަމުގައެވެ. އަދި މިހާތަނަށް ވެސް ޔާމީން ގެންދެވީ ޝަރީއަތަށް އެއްބާރުލުން ގެންދަވަމުން ކަމުގައި ދިފާއީ ވަކީލުން ވިދާޅުވެއެވެ.
މައްސަލަ ބައްލަވާ ގާޒީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ދެން ވަނީ ދައުލަތަށް ގިނަ ސުވާލުތަކެއް އަމާޒު ކުރައްވައިފައެވެ. ޕާސްޕޯޓްގެ މުއްދަތު ހަމަވިކަން ދައުލަތަށް އެނގޭތޯއާއި، އާ ކުރާއިރު ދޫކުރަނީ އާ ނަންބަރެއްތޯއާއި، ދައުލަތަށް ނޭނގި އާ ކުރެވޭނެ ޖާގަ އޮތްތޯ ގާޒީ ސުވާލު ކުރެއްވިއެވެ.
މި ސުވާލުތަކުގެ ޖަވާބުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ، ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާ ކަން ދައުލަތަށް އެނގޭ ކަމަށެވެ. އަދި ޕާސްޕޯޓް އާކުރާއިރު ދޫކުރަނީ އާ ނަންބަރެއް ކަމުގައެވެ. އިމިގްރޭޝަންގައި އެ ކަމަށް އެދިއްޖެ ހާލަތެއްގައި، އާ ޕާސްޕޯޓް ދޫކުރުމުގެ ކުރިން ދައުލަތަށް ހުއްޓުމުގެ ފުރުސަތު ވެސް ލިބިވަޑައިގަންނަވާ ކަމުގައެވެ.
ދެ ފަރާތުން ދެއްކި ވާހަކައަށް ރިއާޔަތް ކުރުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ކަމުން އެއީ ވުޖޫދުގައި ނެތް ޕާސްޕޯޓެއް ކަމުގައި ބެލެވެއެވެ. އެހެންވެއާއެކު ރައީސް ޔާމީން ފުރުމުގެ ޖާގައާއި ސަބަބެއް ވެސް ނެތް ކަމުގައެވެ. ބުރަދަނެއް ހުރި އިތުރު ސަބަބެއް ވެސް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ވެސް ގާޒީ ވިދާޅުވެއެވެ.
ރައީސް ޔާމީނަކީ މިހާތަނަށް އައި އިރު ވެސް ޝަރީއަތަށް އެއްބާރުލުންދީ، ކޯޓުން އަންގާ ވަގުތަކަށް ހާޒިރުވަމުން ވެސް އަންނަ ބޭފުޅަކަށް ވާތީވެ އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމުގައި ގާޒީ ކަނޑައެޅުއްވިއެވެ.
މިއަދު ހެނދުނު ފެށި އަޑުއެހުމުގައި ޔާމީންގެ ފަރާތްޕުޅުން ފުރަތަމަ ވަނީ ޕާސްޕޯޓް ހިފެހެއްޓުމުގެ މައްސަލައަށް ޖަވާބުދާރީވާން ތައްޔާރުވުމުގެ ގޮތުން ދެ ހަފުތާގެ މުހަލަތަކަށް އެދިވަޑައިގެންފައެވެ. އެކަމަކު ހަވީރު ހަތަރެއް ޖަހާއިރަށް ތައްޔާރުވާން އަންގަވައި، ހަތަރެއް ޖަހާއިރަށް އަޑުއެހުމަށް ހާޒިރުވާން އެންގެވީއެވެ.
ދައުލަތުން އޭރުން މި ގޮތަށް ހުށަހެޅުއްވިއިރު އިތުރު ސަބަބަކަށް ދެއްކެވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވި ކަމަށް އެއްބަސްވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެއް ފަހަރު ފިލައިގެން ރާއްޖެ ދޫކުރައްވައި ވަޑައިގަތުމުން އެ ފުރުސަތު ޔާމީނަށް ވެސް އޮންނާނެ ކަމުގައެވެ. އިންޑިއާއިން ހައްޔަރުކޮށްގެން އަދީބު ފަހުން ރާއްޖެ ގެނައީއެވެ.
ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން އެދިފައި މި ވަނީ، މީގެ ކުރިން ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާގައި ދަށު ކޯޓުން އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންވެފައިވަނިކޮށެވެ.
ދައުލަތުން ވިދާޅުވަނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދިވަޑައިގަތީ މަނީ ލޯންޑަރިންގެ އެހެން މައްސަލަތަކުގައި ވެސް އަމަލުކޮށްފައިވާ އުސޫލުން ކަމަށެވެ. ކުރިން އެ ގޮތަށް އެދިވަޑައިނުގަތީ ރައީސް ޔާމީން ޖަލު ހުކުމެއްގައި ހުންނެވުމުން އެދިވަޑައިގަތުމުގެ ސަބަބެއް ނެތުމުން ކަމަށް ވެސް ދައުލަތުން ވިދާޅުވެއެވެ.
ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ.
އެކަމަކު ރައީސް ޔާމީނަށް ފައިސާ ޖަމާވި ސްލިޕްއާއި، އެސްއޯއެފްގެ ސްލިޕް ނަންބަރާ ދިމާނުވެ، އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަން ކަށަވަރު ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީއެވެ.
ރ. ފުއްގިރި ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައިގެ އިތުރުން ވ. އާރަށް ދޫކޮށް ދައުލަތަށް ޚިޔާނާތްތެރިވި މައްސަލާގައި ވެސް ޔާމީންގެ މައްޗަށްދައުވާ އުފުލާފައިވެއެވެ. މި ތުހުމަތުތަކަށް ޔާމީން އިންކާރު ކުރައްވައެވެ.
އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމް ޕީއެންސީގެ އެތައް ހާސް ސަޕޯޓަރުން ވެސް ގަބޫލު ކުރަނީ އެމަނިކުފާނުގެ މައްޗަށް އުފުލަމުން ދަނީ "ސިޔާސީ ދައުވާތަކެއް" ކަމުގައެވެ.
ދައުލަތް ލަދުނުގަނޭތޯ؟ އެޖެހީ ބައިކޮޅަށޭ!
ބުދުދީނުގެ ސިފައިން ބޭލުމުގެ ފިކުރެއް ދެން މިރާއްޖެއަކު ނުހުއްޓުވޭނެ.
ގަޓު ރައީސް އެއޮތީ ފާޅުގަ ބުނެފަ އެންމެ ބޫޓު ޖޯޑެއްވެސް ބަހަޓައިގެން ނުވާނެޔޭ!
ބޮޓުންނާ ބޯގޯސް މީހުންނާ މޮޔައިންނާ ހަމައިގަ ނެތި ބޮލަށް ބޭސް ކުރަންޖެހޭ މީހުންނާ ނަފްސާނީ ބަލި ހުރި މީހުންނާ ގަމާރުން ނަކީ ކޮން ބައެއްބާ
ހަހަހާ ކްރިމިނަލް ކޯޓު އޮބިނޯވޭ ހަމަ. މުއްދަތު ހަމަވެފައި އޮތީމަ ދޯ ތިގޮތަށް ތިހެދީ. ސަޅި
ޕީޖީ އާއި ދައުލަތުގެ ވަކީލުން މިއީ ސާކަސް ކުލައުން ތަކެއްހެން ހީވަނީ.
ދެއުޅިއެއްނުވާ ބަޔަކު މުއްދަތުހަމަވެފައިވާ ޕާސްޕޯޓެއް ހިފަހައްޓަން މިހުރިހާ ވަގުތަކާއި ފައިސާއެއް ޚަރަދުކޮށްލީ ؟
ހަމަހޭގައި ތިބި ބަޔަކު މިގައުމުގައި ހަމަ ނެތީތަ ؟
ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ ޕީޖީ ޝަމީމް އިސްތިއުފާ
މީގެކޮންމެވެސް ތަނެއްގަ އުންސުރުހަމަނުވާ ކުފޫވެސްހަމަނުވާ މީހަކުހުރިކަންފާހަނގަވޭ ދައުލަތުގެ ޕީޖީ އުންސުރު ޓިއުންކުރަން ތަނަކައްގެންދައްންވީ ބޮޑެތި ގޯސްތަކުރާރުވަމުން ދާތީ ބޭކާރުގޮތުގަ ދަލަތުގެ ވަގުތުތައްދުއްވާލަނީ ބޮޑެތިހަރަދުތަކެއްމީ މިވެސް ބަލަންޖެހޭ ކަމެއް މަގާމުދިންބަޔަކު ރާއްޖޭގެ ރައީސުކަންކުރި މީހަކުފަހަތުން ދުވަނީ އައްޓަމަހެއް ދުވާހެން ބަޔަކު
ސަރުކާރު މިވަނީ އެއްކޮށް ފެއިލްވެފައޭ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު މިވަނީ އެއްކޮށް ފެއިލްވެފައޭ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ
މިސަރުކާރުގެ ކެބިނެޓް މިއޮތީ އެއްކޮޮށް ފެއިލްވެފައޭ މިސަރުކާރު ވަނީ އިދިކޮޅު ލީޑަރުން މިނިވަން ކޮށް ބައިތިއްބައިގެން ވެރިކަން ކުރަން ނުކުޅެދިފައޭ މިސަރުކާރަކީ ކުފޫ ހަމަނުވާ ސަރުކާރެކޭ ކުފޫ ހަމަނުވާ ސަރުކާރެކޭ ކުފޫ ހަމަނުވާ ސަރުކާރެކޭ ކުފޫ ހަމަނުވާ ސަރުކާރެކޭ ކުފޫ ހަމަނުވާ ސަރުކާރެކޭ ކުފޫ ހަމަނުވާ ސަރުކާރެކޭ ކުފޫ ހަމަނުވާ ސަރުކާރެކޭ ކުފޫ ހަމަނުވާ ސަރުކާރެކޭ ކުފޫ ހަމަނުވާ ސަރުކާރެކޭ ކުފޫ ހަމަނުވާ ސަރުކާރެކޭ ކުފޫ ހަމަނުވާ ސަރުކާރެކޭ
ޙީޙީ ހަލާކުވާ ވަރުވޭ!
މުޅި ދައުލަތް ނޭވާހޮޅިއަށް އެޅިގެން އުޅޭހެން ހީވަނީ ޔާމީން ދޫވީމަ!! އެހެންވީމަތާ ޕީޖީ ޝަމީމް ޔަމީނާ ދެކޮޅަށް ރިހާކުރުގުޅަ ހަދައިގެން ކޯޓްތަކަށް އެދުވަނީ!! އަޅެ ޝަމީމްކައިރީ ބުނަންވީނު ރިހާކުރުގުޅަ ހަދަން ދެން ނޫޅެ ސޯޓްލައިގެން މަގުމައްޗަށް ނިކުމެ ހޭބަލިވަންދެން ދުވާށޭ!! އޭރުން އަމިއްލައަށް ހުންނާނީ ފެންވެރިފައޭ!!
ޥަގުމީހުންމިތިބަވެރިކަންކުރަނީ
ހެހެހެހެ ބޯގަޅި ސަރުކާރު ރ ޔާމީން ބޭނުމެއްނުވޭ ގައުމުދޫކޮށްދާކަށް ތިކަމުންވެސް ދޭހަވަނީ ރައީސްޔާމީނު ދިވެހިރަށްޔަތުންދެކެ ލޯބިވާކަން.
ދުނިޔެ އޭގެ ޒާތުގައި އެނބުރި އެނބުރި ރޭދުވާތަށް ދައުރުވަމުން ދަނީއެވެ. ހުނޅަނގު މޫސުމާއި އިރުވައި މޫސުން އަންނަމުން ބަދަލުވަމުން އެދަނީއެވެ. މަރުވެފައި ހެން ހުރި ގަސްތަށް ފޯދެމުން މީރު ވަސްތަށް ދުއްވާ މާތަކުން ފޮޅެނީއެވެ. މާތަކުގެ މީރު ވަހަށް މާބުރާ ކޮކާތަށް ގިނަވެ އެނބުރެނީއެވެ.
ނޫން ތިހެންނަހަށްދަވާ ޕީޖީ ސަމީމު ރައީސްޔާމީންގެ ޕާސްޕޯޓު ހިފައިގެން ގެޔަށްގޮސް ކުދިކުދިކޮށްވީދާލާފަ ޕާޓީ ކުދިންގެ ބޮލަށް އަޅުއްވާ 😂
ހެހެހެހެ! ސަރުކާރު ހާދަމޮޔައޭ މޮޔަގެރީގެ ވަބާ ސަރުކަަރަށްވެސް ލަށްވާލީތަ ތިޔަށްވުރެ މާތާހިރު ވީހެއްނު މުއިވެޔޮ ވެވަށް ވެއްޓުނު ބަކަރި ނެގިގޮތް ދިރާސާކުރަން ޕީޖީ ޓީމެއް ތަށްޔާރުކުރިއްޔާ.
ދައުލަތުގެ މާލިއްޔާ އަށް ޚިޔާނާތްތެރިވާ މީހުން ބަލަން ކަމަށް ރައީސް އިބޫ އުފެއްދެވި ކަމިޝަން ބޮޑު ނިގުއްޔަށް ގޮސް އެންމެ ފަހުން އެކަމިޝަނަށް އެބަ ޚަރަދުކުރޭ ކްރިމިނަލް ކޯޓަށް ކުރާ ވަރަށް ވުރެން ބޮޑު ޚަރަދު ގާނޫނީ ބާރުދީފައި އޮތްއިރު ވެސް އެމެންނަށް އެކަން ނުވިއޭ މިއިން އެގިގެންދަނީ އެމްއެމްޕީއާރުސީން ކުރި ވައްކަމުގައި މިސަރުކާރުގެ ބޮޑުންތައް އޭގައި ޝާމިލްވާކަން ކަޅު ދަބަހުގައި ފައިސާ އުފުލި މީހުންގެ ވާހަކަ ތިޔާ ކަމިޝަނުން ނުބަލަނީ އެއީ ކިއެއްވެތޭ ކަޅުބަސް 50 މިލިއަން ރުފިޔާ ބަނޑުއަޅާލީ އެއީ ހާކިމާއޭ ކަޅުދަބަހޭ އެއް ނަމްބަރު އޮފީހުން ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ