ދިވެހިންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓްރީ ކޮށްގެން ބިދޭސީން ކުރަމުން އަންނަ ވިޔަފާރި ހުއްޓުވާ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން އެބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަނީ އަބްދުލް ހަކީމް އެވެ. ސަރުކާރުން އެ ބިލު ހުށަހެޅި އެއް މަގުސަދު ކަމަށް ބިލުގައި ބުނެފައި އޮތީ ދިވެއްސަކު ނިވާފަތްގަނޑަކަށް ވެ ތިބެ ކުރާ ވިޔަފާރިތައް ހުއްޓުވަން ފިޔަވަޅު އެޅޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.

މި ބިލްގައި ވާ ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ ދިވެއްސެއްކަން ކަށަވަރު ކުރަން، އަމިއްލަަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ (15) ވަނަ މާއްދާގެ (ނ)ގެ ފަހަތަށް އިތުރު ކުރަން ނިންމި (ރ)ގެ (1) ވަނަ ނަންބަރުގައި ބުނެފައިވަނީ ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ އުމުރުން 18 އަހަރު ވެފައިވާ ދިވެއްސަކަށް ވާން ޖެހޭނެ ކަމަށެވެ.

އަދި ބިދޭސީން ޝާމިލުވާ ކަމަށް ބެލެވޭ ހާލަތުގެ ވިޔަފާރީގެ ރަޖިސްޓްރީ ބާތިލު ކުރުމުގެ ބާރު ރަޖިސްޓްރާއަށް ދޭން ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަމްބަރުގެ ފަހަތަށްް އިތުކުރާ ފުރަތަމަ އަކުރުގައިވާ ގޮތުން، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވެސް ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބޭ ކަމަށް އެކަށީގެންވާ ހެއްކާ އެކު ރެޖިސްޓްރާއަށް ގަބޫލުކުރެވިއްޖެ ނަަމަ ވިޔަފާރި ހުއްދަ ބާތިލުކުރެވޭނެ އެވެ.

މީގެ އިތުރުން މި ގާނޫނުގެ 8ވަނަ މާއްދާގެ (ށ)ގައި، މި ގާނޫނުގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރެޖިސްޓްރީކުރެވޭނެ މުއްދަތުކަމަށް ބަޔާންކޮށްފައިވާ ފަސް އަހަރު ދުވަހުގެ މުއްދަތު މި އިސްހާލް 10 އަހަރަށް ބަދަލުކޮށްފައިވެއެވެ. އަދި އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓްރީ އައު ކުރުމަށް ޤާނޫނުގައި ދީފައިވާ މުއްދަތު 90 ދުވަހުން، އެއް އަހަރު ދުވަހަށް އިތުރުކޮށްފައިވެއެވެ.

ދިވެހިންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓްރީ ކޮށްގެން ބިދޭސީން ހިންގަމުން އަންނަ ވިޔަފާރި ހުއްޓުވާ ބިލު ފާސް ކޮށްފައިވާއިރު، އެފަދަ ގޮތަކަށް ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ކުމާރު

  މޮނަލާލްސް އާއި އިންޑިއަން އެމްޕޮރިއަމް ބަންދުކުރަނީ ކޮންދުވަހަުންހޭ؟ ބޮޑުވެއްޖެ ކަމެކޭމީ!!!

  12
  1
 2. ރުބެލް

  ތިވަތަރު ގާނޫން ހަދަނީމާވެސް މައްސަލަ ނެތީ. މޯލިޑިސް އަންހެނެމީހާ ސެޓުކޮށްލަނީމަ ނިމުނީ. ދެން ކޮންމެވެސް ޕޮލިސް ވަތަރު މިހާ ކައިރީ ލާރި ދީފަ ގެޔައް މަސް ލާފަ ތަރުކާރި ލަނީމަ އޯކޭ ބަނީ.!އަހަރެން ހާސް ނުބަނީ!

  10
  1
 3. ސސ

  ނަމުންރީތި ޤާނޫނު ކަމުން އެކަން އެގިތަށް ހިގާފަ ކަޓުނެގުން އޮންނާނީ !

 4. އެލެވޭޓަރު

  ރައީސް ތަސްދީގު ކުޅަޔަސް ކަން ދަނީ އިހުވެސް އޮތް ބަޅަށެވެ ތަޞްދީގުބކުރުމުން އަންނަ ބަދަލެއް އަންނާނެ ބަދަލެއް ނެތެވެ ދެން ތަސްދީގު ކުރުމާ ނުކުރުން ގާނޫނު އޮތުމާ ނެތުން ހަމަހަމަ އެވެ ތަސްދީގު ކުޅަ ގާނޫނުތައް ހަރުގަނޑުގައި ހިރަފުސް އަރުވާލަ އަރުވާލ އެވެ ތަންފީޒީ އިދާރާތައް ވަނީ ވަރުބަލިވެ ފޫހި ވެފަ އެވެ ބޭރު މީހުން ކަނަކމުގައި އެންމެ ނުބައި މަގުންނކަން ގެންދަން ފޫ ގަޅާފައި ހުރީ ފައްޔަ ބޮލެވެ

 5. އައްޓަމަސް

  ތިޔަ ބިލުން ކުރާނެ ފައިދާއެއް ނުފެނޭ! މިހާރުވެސް ގަވާއިދުގައި އޮވޭ ބައިސްކަލުގެ ބޮކި ދިއްލަން، ބައްތި ބައިސްކަލުގައި ހަރުކޮއްފައި ހުންނަން، ކޮން ބަންގާޅިއެއް އެކަންކުރަނީ؟ ކޮންގާނޫނެއްގައި އޮތީ ބައިސްކަލަށްވުރެން ބޮޑެތި ވަށިގަނޑު ހަރުކޮއްގެން ބަތްޕާރސަލު އަރު- ވައިގެން ދުއްވަން؟ ކޮން ބަޔަކު ބަލަނީ މާރުކޭޓު ސަރަހައްދު، މަސްމާރުކޭޓު، މަސްދޯނިފަހަރު؟

 6. މާމީ

  މުޑުވާލި އެކޭ ކިއާފަ އޯކިޑުމަގުގަ ޒޯނުތައް ހިފާގެން އުޅޭ އިންޑިއާ މީހުން އެއީ ހަމަ ހުއްދަ އޮންނަ މީހުންތޯ؟

 7. މުހަންމަދު

  ވާނެކަމެއް 7 ޙަރާމުން ޙަަރާމުން ޙަރާމު.

 8. Anonymous

  ތި ރުބެއިލް މެން އޯކޭ ވާނެ ދިވެހިންނާއި އިނީމަ..ވިޔަފާރި ކުރުމުގެ ބޭނުމުގަ މީހުންނާ އިނދެގެން އެމީހުން ނީވާފތްގަނޑަށް ހަދައިގެން އުޅެނީ ކިތަށް ބަންގާޅީން ކަން މި ސަރުކާރަށް ނޭނގުމަކީ ވަރަށް ދެރަކަމެއް..ޓެކްސީ ކުރުމަކީ މިގައުމުގައި އޮތް ވަރަށް ހަނި ދާއިރާއަކަށް ވީއިރު ވެސް މި ރުބެއިލުމެން މި ގައުމުގެ މީހުންނާއި އިނދެގެން އެކަމުން ވެސް ފައިދާ ނަގަނީ..