ތާޖުއްދީން ސްކޫލްގެ ސްޓާފްރޫމަށް ބަޔަކު ވަދެ ޓެބްލެޓްތަކެއް ވަގަށް ނަގައިިފިއެވެ.

ފުލުހުން ވިދާޅުވީ ތާޖުއްދީން ސްކޫލުގެ ސްޓާފްރޫމަށް ބަޔަކު ވަދެ ވައްކަން ކޮށްފައިވާ ކަމުގެ މައްސަލައެއް މިއަދު 10:28 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ 7 ޓެބްލެޓާއި، ހޭންޑް ބޭގެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ތަކެތި މިހާރު ވަނީ ހޯދައިފައެވެ.

ފުލުހުން ވިދާޅުވީ ސީސީޓީވީ ކެމެރާއެއްގެ އެހީގައި އެ ތަކެތި ހޯދާފައިވަނީ މާލޭ ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ތާޖުއްދީން ސްކޫލުން ވައްކަންކުރި ކަމަށް ބުނާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.