މިއަދު ރާއްޖެ އިން އިތުރު 157 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 38 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. މިއަދަކީ އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 117 މީހުން ކޮވިޑަށް ފައްސިވިއެވެ. ރިސޯޓްތަކުން ދެމީހުން އަދި ސަފާރީތަކުން ހަތަރު މީހުން މިއަދު ފައްސިވިއެވެ.

މިއަދު މާލެ އިން ފައްސިވި މީހުންގެ އަދަދު އިތުރުވެފައި ވާއިރު ފަސޭހައިން ފެތުރޭ ކަމަށް ބެލެވޭ ކޮވިޑް ވޭރިއަންޓް ކަމަށްވާ އޮމިކްރޮން ވޭރިއަންޓް ރާއްޖެ އިން ފެނިފައިވާކަން އެޗްޕީއޭ އިން ރޭ ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް އޮމިކްރޮން އަށް ފައްސިވީ ރާއްޖެ އައީ ފަތުރުވެރިއެކެވެ. އަދި މިހާތަނަށް މާލެ އިން އޮމިކްރޮން އަށް މީހަކު ފައްސިވިކަން އެނގިފައެއް ނުވެއެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 99 މީހުންނެވެ. މިހާރު އަނެއްކާވެސް ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިހާރު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު 1796 އަށް އަރައެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 16 މީހުންނަށެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 92368 އަށް އަރާފައެވެ. އޭގެތެރެއިން ކޮވިޑުން ރަނގަޅުވީ 90304 މީހުންނެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެ އިން 255 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    މި ނުރައްކާތެރި ދަނޑިވަޅުގައި ވެސް ސްކޫލްތަކުގެ ކުޑަކުދިންތައް ގޮވައިގެން ރަށްރަށް އެބަ ދަތުރުކުރެއެވެ. ފީލްޑް ޓްރިޕްގެ ނަމުގައެވެ. ޒިންމާދާރު އެޑިޔުކޭޝަން މިނިސްޓްރީއެއް މިގައުމުގައި ވީނަމަ ސްކޫލްތަކުން މިކަހަލަ ސަކަރާތެއް ނުޖެހޭނެއެވެ. ދަރިވަރުން ބަލިވީމާ އެޑިޔުކޭޝަން މިނިސްޓްރީން ޚަރަދުކުރާނެހެއްޔެވެ؟ ނޫނެކެވެ. އަހަރެމެންނަށް އޮތީ ސަލާންޖެހުމެވެ. ވަގުތު ނޫހުން ނިކަމެތިންނަށް ފޯރުކޮށްދޭ މާލީ އެހީތެރިކަން ފާހަގަކޮށް މިފުރުސަތުގައި ވަގުތު ނޫހަށް ޝުކުރުއަދާކުރަމެވެ.

  2. އޮމިކްރޯން ޕްރޯ

    މިއަށް ކިޔާތަ އިތުރުވުމޭ