އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ބެހޭ މައުލޫމާތުތަކެއް ފެންޑޯރާ ޕޭޕާސްއިން ފަޅައި އަރުވާލައިފި އެވެ.
ޕެންޑޯރާ ޕޭޕާސް އިން ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ މައުލޫމާތުތައް މީގެ ކުރިން ވެސް ލީކް ކޮށްލާފައެވެ.
ފުއްގިރި ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ނަންގަވައި ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ސަން ކުންފުންޏާއި ކްރިކް ރިޒާގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.
ލީކް ކޮށްލި މައުލޫމާތުތަކުގެ ތެރޭގައި ބުނެފައި ވަނީ ފުއްގިރި ކުއްޔަށް ދިނުމުގައި ރައީސް ޔާމީން 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނެގިކަމަށް ތުހުމަތުކޮށް ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލް ދައުވާ އުފުލާފައިވާ ކަމަށެވެ.
ފުއްގިރި ހޯދުމުގެ މުއާމަލާތުގައި އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ އަވިނަޝް ބޮސާލް ވެސް ހިމެނޭ ކަމަށް އާއްމު ކޮށްފައިވާ ޕެންޑޯރާ ޕޭޕާސްގައި ބުނެފައި ވެއެވެ. އިންޑިއާގެ ވިޔަފާރިވެރިޔާ ބޮސާލް އަކީ އިންޑިއާގެ އެންމެ ބޮޑު އެއް ޕްރޮޕަޓީ ޑިވެލޮޕަރެވެ. އަދި ރައީސް ޔާމީނަށް ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ދިނީ ވެސް އިންޑިއާގެ ވިޔަފާރިވެރިޔާ ކަމަށް ބުނެފައި ވެއެވެ.
އެކަމަށް ބާރުލިބޭ އިތުރު ހެއްކެއް ރިޕޯޓްގައި ނެތެވެ.
ޕެންޑޯރާ ޕޭޕާސް އިން މިރޭ ބުނެފައި ވަނީ ރަޝިއާގެ ބާރުގަދަ މީހެއް ކަމަށްވާ ކެރިލް އެންޑްރޮސޯވް ކ.އަތޮޅުން ފަޅެއް ވެސް ގަނެފައިވާ ކަމަށެވެ. އޭނާ އަކީ ކުރިން ރަޝިއާ ރައީސް ވްލަޑިމިއާ ޕޫޓިންގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް އެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެފަޅު ގަތުމުގެ މުއާމަލާތް ކުރުމަށް ރަޝިއާ ރައީސްގެ ކުރީގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ކެރިލް އެންޑްރޮސޯވް ފަންޑް ހޯދާފައި ވަނީ ރަޝިއާގައި ޖިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕެއް ކަމަށްވާ ސޮންޓްސްވޯ ގްރޫޕްގެ ވެސް ބައިވެރިވުމާއި އެކުގައެވެ. އެކަން ކޮށްފައި ވަނީ 2015 ވަނަ އަހަރު ކަމަށް ވެސް ޕެންޑޯރާ ޕޭޕާސްގައި ބުނެފައި ވެއެވެ.
ލީކް ކޮށްފައިވާ މައުލޫމާތުތައް ބުނާ ގޮތުގައި ފަޅު ދޫކޮށްފައި ވަނީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ ޑެޕެޒާ ސާވިސަސް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. އެއީ %40 ތުރުކީގެ ދެ ވިޔަފާރިވެރިއެއްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ އަނެއް %50 އޮތީ ކޮން ބައެއްގެ އަތުގައި ކަމެއް ކުރިން އާއްމުކޮށް ހާމަކޮށްފައެއް ނުވެއެވެ.
ޕެންޑޯރާ ޕޭޕާސްއިން ބުނި ގޮތުގައި އެ ކުންފުނީގެ %50 ހިއްސާ އޮންނަނީ ސިންގަޕޫރުގައި ރަޖިސްޓްރީ އޮންނަ ޕްރައިވެޓް އެކުއިޓީ ފަންޑެއް ކަމަށްވާ ލޭންގް ކެޕިޓަލް ފަންޑްގަ އެވެ. އެ ފަންޑު ފައިނޭންސް ކުރީ ނޮވިޓްސްކީ ކަމަށާއި ހިންގީ އެންޑްރޮސޯވް ކަމަށް ޕެންޑޯރާޕޭޕާސް އިން ބުނެއެވެ.
ޕެންޑޯރާ ޕޭޕާސް އިން ކުރި ތުހުމަތުތައް ރަޝިއާގެ އެންޑްރޮސޯވް ވަނީ ދޮގު ކޮށްފައެވެ. ރިޕޯޓްގައި ހިމެނޭ އެހެން މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގޮތުން އެމީހުންގެ ބަހެއް ލިބިފައި ނުވާ ކަމަށް ވެސް ޕެންޑޯރާ ޕޭޕާސްގައި ބުނެފައި ވެއެވެ.
600 އަށް ވުރެ ގިނަ ނޫސްވެރިން ބައިވެރިވެގެން ކޮރަޕްޝަނާއި މާލީ ސިއްރު މުއާމަލާތްތަކުގެ މައުލޫމާތުތައް ހާމަކުރާ ޕެންޑޯރާ ޕޭޕާސްގައި ފުއްގިރި އާއި ބެހޭ ރިޕޯޓް ތައްޔާރު ކުރުމުގައި ރާއްޖޭގެ ނޫސްވެރިޔާ ޒަހީނާ ރަޝީދު ބައިވެރިވެފައިވެއެވެ. އޭނާ އަކީ ކުރިން މިނިވަން ނޫހުގެ އެޑިޓަރެވެ. އަދި އޭގެ ފަހުން އަލްޖަޒީރާގައި މަސައްކަތް ކޮށްފައި ވެއެވެ.
ޕެންޑޯރާ ޕޭޕާސްގައި މީގެ ކުރިން އާއްމު ކުރި އެތައް ހާސް މައުލޫމާތެއް ވެސް ތުހުމަތުތައް ކުރެވުނު ގިނަ މީހުން ވަނީ ދޮގުކޮށްފައެވެ.
ނޭވާ ހޮޅިޔަށްއެޅި ސަރުކާރު މަރަށް ތެޅެނީ.. ސަލާމަތް ކުރަން އިންޑިޔާ ތެޅި ބަލަނީ...
ފެންޑޯރާ ޕޭޕާސްއިން ޒަހީނާ ރަޝީދު ބައިވެރިވެފައިވެއެވެ. އޭނާ އަކީ ކުރިން މިނިވަން ނޫހުގެ އެޑިޓަރެވެ. ދޮގު ހަބަރު ފަތުރާނެ ހެން ހީވޭތަ؟
÷ޕެންޑޮރާ ޕޭޕަރސް ގަ އެބައޮޔް 3އޭ މީހުންވެސް ޢޯފްޝޯ ކަރުދާސް ކުންފުނި ހަދައިގެން ޓެކްސައް މަކަރުހަދަން އެތަންތަނައް ފައިސާ ޖަމާކުރާ ވާހަކަވެސް. ހަމްޒާ ކައިރީ އަހާލީމަ ބުނަނީ އެއީ ދޮގެކޯ. އޭނަ ދޮގެއް ނުހަދާނެ. އޭނަ އެޢީ ވަރައް މާތް މީހެއް. އެހެންވީމަ ޕެންޑޯރާ ޕޭޕާރސްގަ އެހެން މީހުންނޭ ކިޔައިގެންވެސް ދޮގުހުންނާނެ.
ރޔާމީންގެ އަގުވަ އްޓާލަން ސަރުކާރުން އަނެ އްކާވެސް ސްޓީލިން ޕެރަ އިޑަ އިސް ކުޅުވީ...ތި އީ އިންޑިޔާ ކުރުވިކަމަކަށް ނުވެނުދާނެ..ކިތަ އްމެ ވަރެ އެރުވިޔަސް އިންޑިޔާ ސިފަ އިންނަ ލާހިކެނޫން ރާ އްޖޭގަ ވަކިހި އްޕާކަށް 2023ރޔާމީން ބާރުހިގާ ވެރިކަމެ މިރާ އްޖޭގަކުރާނީ އިންޝާﷲ މި އީ މަ އްދިވެހިންގެ ދުޢާ.
ހުސް ދޮގު... އިންޑިޔާގެ ރޭވްމެއް ތީ
ފެންޑޯރާއަށް އަތްބާނައިގެން އުޅުނު ދިވެއްސަކު ލިޔެފައިވާ ޚިޔާލީ ވާހަކައެއްކަން އެބަ އެނގޭ
ޒަހީނާ ލިޔުނަސް ފުއްގިރިއާބެހޭގޮތުން ހެދިފަ ތިއޮތީ ދޮގެއް. އެސޮރުމެން ނެގީ ފަޅެއް. އޭގަވެސް އެންޑްސޯވްގެ ބައިވެރިވުމެއް ނެތް
ޕެންޑޯރާ ޕޭޕަރ އަކީ ލާދީނީ މީހުން ހުޅަނގައް ސަޕޯޓުކޮއް ނެރޭ ވާހަކަތަކެއް. އެކަމަކު އަހަރަމެންނައް އެނގޭދޯ ސިޔާސީ މީހުން އަތުގައެހެރި ވާނުވާ ނޭގޭ ގިނަފައިސާ ތަކަކީ މަތިން ވެއްޓުނު ފައިސާ ނޫންކަން. އެކަންތައް ބަލާނެ ބަޔަކު އެއްވެސް ގައުމެއްގަ ނެތްކަން.
ހެކި؟ އަންގަ އޮތިއްޔާ ކޮންމެ ވާހަކައެއްވެސް ދެއްކިދާނެ ދޯ؟ ފީކަޅާ. ޖާނަލިޒަމް ކިޔެވީ ކޮންތާކުންބާ މި ޒަރީނާ ބޭގަމް؟ އިންޑިޔާ، މޭބީ؟؟
ތީގައި މީހުން ކުރިން ނުދައްކާ އާ ވާހަކައެއް ނެތެއްނު؟ ތި ކަހަލަ ވާހަކަ ދައްކާ ހޮޅުއަށި ތަކުގައިވެސް. ތީ ތާކުންތާކު ޖެހޭ ބައެއްނޫން.
ޕެންޑޯރާ ޓައިމްބޮމް ދޯ. ސަޅި
ތި ލިޔެފަ އޮތީ ސްޓީލިންގ ޕެރެޑައިސް ލިޔުނު ޒަހީނާ... ޕޭޕަރ ގަ އިންނާނެ އޭނާގެ ނަން ހޯދާ...
ތީ އިންޑިޔާ އަޑީގަ އޮވެގެން އެމްޑީޕީ މީހުން ލައްވައި ހިންގާ ޖަރީމާއެއް ޔާމީން އެމީހުންނާ ދެކޮޅަށް ނުކުތީމަ
ދެން ޕެންޑޯރާ ޕޭޕާސްއޭ، މިނިވަންނޫހޭ، އަލްޖަޒީރާއޭކިޔާ ތިހެން 2023 އައްނަންދެން ޔާމީންގެ ފަހަތުންދުވާނެ...!؟؟ އަދި އާވާހަކަތައް އުފައްދާނެ..!ސުޕްރީމްކޯޓްގެހުކުމާއެ ސަރުކާރުއަތައްގޮވީމަ ދެންމިކަހަލަ ކުރުވާހަކަ އަދިކުރިއައްއޮތީ އިންތިޒާރްކޮއްލައްވާ...ހެހެހެހެ.
ލާދީނީންހަމަ ރަނގަޅައް މޮޔަވެއްޖެ.؟؟!!
އެމްޑީޕީ ގުރޫޕް މަޑުމަޑުން އެތިބީ މި ޖަރީމާތައް އަޑިއަޑިން ހިންގާތީވެ އެހެން ނޫނީ ހީވާނެ ދެފަޔަށް ހިނި އަރައިގެން އުޅޭހެން އެމްމެ ކުޑަމިނުން އައްނިވެސް ނުބުނޭ އެއްޗެކޭ އިންޑިޔާއާ ދިމާލައް ޔާމީން އެއްޗެހި ކީއިރުވެސް
ތީ،ތިތާގަ ތިބޭ ޔަހޫދީންނަށް އެމް.ޑީ.ޕީ މީހުން ފައިސާ ދީގެން ކުރުވިކަމެއް ކަމަށް ލަފާކުރެވޭ...
ތީ ރާއްޖެ ޓީވީ ކަހަލަ ބައެއް ދޯ. ކަމުގެ ހަގީގަތޭ ކިޔައިގެން ހާމާކުރާ ރިޕޯޓެއްގައި ހެކި ހިމާނަފަ ނެތުމުން ކިހިނެއް ބަލައި ގަންނާނީ.
ތިވަރުން ދަންޏާ ޕެންޑޯރާ ޕޭޕާރސް އިން ބޮޑުތަކުރުފާނު ވާހަކަ ނުގެނެސްދީފިއްޔާ ރަނގަޅު
ތިޔަ ޒަހީނާއަކީ ކާކުކަން އެންމެނަށްމެ އެނގޭ. ތިޔަކަހަލަ ހިޔާލި ވާހަކއެއް މވެސް ލިޔެފާނަން. ހެކިނެތި. ނޫސްވެރިކަމަށްވެސް ހުރި ހުތުރެއް ތިޔަ ރީނދޫ އެކްޓިވިސްޓަކީ
ޒަހީނާ އަކީ ސްޓީލިންގ ޕެރަޑައިސް ނަމުގައި ވެސް ތި ދޮގުވާހަކަ ދެއްކި މީހާ. ފުެްގިރި މައްސަލައަށް ސަރުކާރުން އަތްބާނަން ޖަހާ ސަކަރާތް.
ދުނިޔެ ބަދަލުވެ އްޖެ ނުބަ އި ފަސާދަ އުފަ އުއްދާ ހާ އްޔަކަށް ބަދަލު ވެފައ މިވަނީ.
އަންނަނީ ހިނި އަންނަނީ ހިނި ހީިހީހީ މަހަލާކު ޒަހީނާ މިނިވަންނޫސް ސައުނާ މިނިވަންނޫސް...ސްޓީލިންޕެރަޑައިސް..އަލްޖަޒީރާ މީ ކޮންވާހަކަތަކެއް އެހެންނޫނަސް މީގެކުރިންވެސް ތިވާހަކަ ލީކުކުރަންވީނު ދައުލަތުންމުސާރަޢާއި އިނާޔަތްދީފަ ހާހުންގުނާލެވޭހާމީހުން ޓުވީޓުކޮއް ސަރުކާރު އިސްތިހާރުކުރަން ރައްޔިތުންހަނާވެ ރުޅިގަދަވަމުންގޮސް ފަޅައިގެންދާއިރުވެސް މިހާރުވެއްޖެދޯ އެމްޑީޕީންވެސް ޖަލްސާއެއްބާއްވާފަ ޔާމިނުގެ ވާހަކަދައްކާލަން އުއްމީދުކުރަންމިކަންކުރާނެކަމައް..
ޒަހީނާ ނުދަންނަ މީހަކު ރާއްޖޭގައި މަދުވާނެ ، އޭނާ ދިން ދޮގުމައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނޫސްވެރިއަކު ރިޕޯޓެއް ލިއުމަކީ ސިއްރުޑީލްއެއް ފަޅުވާއެރުން ކަމެއް ނުދެނަހުރިން ، ތާކުންތާކު ނުޖެހޭ ސުރުޚީއެއް !!!!
ކިތަންމެ ވަރަށް މީހަކަށް ތާއީދުކުރިޔަސް ހާމަޔަށް ފެންނަންހުރި ކަންކަން ދޮގުކުރުމަކީ އިސްލާމުންގެ ގޮތެއްނޫން. ކިތަންމެ ރަގަޅުމީހަކު ގޯހެއް ހެދިޔަސް އެވާނީ ގޯހަކަށް ކިތަންމެ ނުބައިމީހަކު ރަގަޅުކަމެއް ކުރިޔަސް އެވާނީ ހެވަކަށް.
އަސްލެއް ނެތް ދޮގު ވާހަކަތަކެއް
ތިކަހަލަ ތާކުންތާކުނުޖިހޭ ކަންކަމުގަ ޔޯލަވާހަކަތައް މިހުންނަނީ
ހަމަ ތެޅިފޮޅެނީ ރައީސްޔާމީންގެ ޕާސްޕޯޓަކީ މުއްދަތުވެސް ހަމަވެފައިވާ އެއްޗަކައްވާއިރުވެސް އެވެސް ހިފަހައްޓައިގެން ވާ ނުވާ ނޭގި ދެން ކުރާނެކަމެއްނޭގި ފަސްބަލަން ފަށައިފި
އާޓިކަލް ކިޔާލުމުންވެސް އުފައްދާފައިވާ ޙަގީގަތެއް ނެތް ލިއުން ތަކެއްކަން ހާމައެބަވޭ.
ބަލަ ޔާމީނު އެކައުނޓަށް ފައިސާ ތައް ވަންނަނޫ އޭނަރީތިވީމަތަ. މިދުނިޔޭގަ ކާކު ވައްކަންކޮށްފަ އަމިއްލައަށް އެއްބަސްވާނީ. ރަޢީސަކަށްހުއްޓާ އޭނަޢެކައުންޓަށް ވަންފއިސާގެ ހަގީގަތް ބުނެނުދެވެންޏާ އެއީ.... ސްޕްރީމް ކޯޓިގަ އެތިބަ ދެއަންހެނުންނަށް އިސްލާމީޝަރީއަތް ނޭގޭނެ. އަޅެބުނެލަބަލަ ވައްލުހާ އިންތިރީސޫރަތެއް ހިތުން ކިޔަން. ނެގޭނެ. އިބޫއަކީވެސް އަރަބިއަކުރު ކިޔަންނޭގޭމީހެއް. ޢޭނައަރަބި އަކުރު ކިޔަނީ ތާނައިން.