15:20

ތައިލެންޑްއިން ކޮވިޑް-19ގެ އާ ވައްތަރު ކަމަށްވާ "އޮމިކްރޮން"ފެނިފައިވާކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ހާމަކޮށްފި

10:57

އާ ވޭރިންޓްއާއެކު އެޗްއީއޯސީއަށް އިތުރު ވޮލިއުންޓިއަރުން ހޯދަނީ.

އިނގިރޭސިވިލާތުގެ ގިނަ ސަރަހައްދުތަކެއްގައި އޮމިކްރޮން ފެތުރެން ފަށައިފި ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ ސާޖިދު ޖާވިދު މިރޭ ވިދާޅުވީ މިއަދު އިނގިރޭސިވިލާތުން އިތުރު 71 މީހަކު އޮމިކްރޮން އަށް ފައްސިވި ކަމަށެވެ. މިހާތަނަށް އިނގިރޭސިވިލާތުން އޮމިކްރޮން އަށް ފައްސިވި މީހުންގެ އަދަދު ވަނީ 336 އަށް އަރާފައެވެ.

ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ހެލްތު ސެކްރެޓަރީ ޖާވިދު ވިދާޅުވީ މިހާރު އޮމިކްރޮން އަށް ފައްސިވަމުންދާ ގިނަ މީހުންނަކީ އިނގިރޭސިވިލާތުން ބޭރަށް މީން ދުވަހަކު ދަތުރުކޮށްފައިވާ ބައެއް ނޫން ކަމަށެވެ. އެހެންކަމުން މިހާރު މިވޭރިއަންޓް ގައުމުގެ އެތެރޭގައި ފެތުރެމުންދާކަން ކަށަވަރު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. "އިނގިރޭސިވިލާތުގެ ހުރިހާ ރީޖަންތަކެއްގައި މިހާރު އޮމިކްރޮން އަންނަނީ ފެތުރެމުން." ޖާވިދު ވިދާޅުވިއެވެ.

އޮމިކްރޮން އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް މިއީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތައް ކުރިމަތިވި ހުރަހެއްގެ ގޮތުގައި އަދި ބަލައިގަންނަން ނޭނގޭ ކަމަށް ޖާވިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮވިޑުން ސަލާމަތްވުމަށް ވެކްސިން ދިނުން އިތުރު ކުރެވޭ މިންވަރަށް ބަލާއިރު އަދި މިބަލިމަޑުކަމުން އަރައިގަތުމުގެ މަސައްކަތައް އިތުރު ދަތިކަމެއް ދިމާވެދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް އޮމިކްރޮންގެ އިތުރު މައުލޫމާތު އެނގޭ މިންވަރަކުން ހާލަތު ބަދަލުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ ވިދާޅުވީ އަދި މިހާތަނަށް އޮމިކްރޮން ޖެހިގެން އެއްވެސް މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކުރިކަމުގެ މައުލޫމާތު ލިބިފައި ނެތް ކަމަށެވެ.

އޮމިކްރޮން އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އިނގިރޭސިވިލާތުން މިހާރު ވަނީ ކޮވިޑަށް ޓެސްޓް ކުރުމުގެ ކެޕޭސިޓީ އިތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު