ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމުން ސަލާމަތްވުމަކީ އެމްޑީޕީ އަށާއި އަދި އެހެން ފަރާތްތަކަށް ވެސް ޕްރެޝަރެއް ކަމަށް އިންޑިއާގެ މަޝްހޫރު ތިންކްޓޭންކެއް ކަމަށްވާ އޮބްޒާވާ ރިސާޗް ފައުންޑޭޝަން (އޯއެފްއާރް) އިން އިން ބުނެފިއެވެ.

ރައީސް ޔާމީން ޖަލު ހުކުމުން ސަލާމަތްވުމާއި ގުޅިގެން އޯއެފްއާރްގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ ރައީސް ޔާމީން މިނިވަންވުމަކީ އެމްޑީޕީ އަށާއި އަދި ސަރުކާރާއި ގުޅިފައިވާ އެހެން ސްޓޭކްހޯލްޑަރުންނަށް ވެސް ޕްރެޝަރަކަށް ވާނެ ކަމަށެވެ.

ރައީސް ޔާމީން މިނިވަން ވުމުން އިންޑިއާ އަށް ކުރާނެ އަސަރެއް ލިޔުމުގައި ބަޔާންކޮށްފައެއް ނެތެވެ. ނަމަވެސް ޖަލުން މިނިވަންވިގޮތައް އިންޑިއާ އައުޓް ކެމްޕޭންގެ ހިންގުމުގެ ޒިންމާ ރައީސް ޔާމީން އުފުލާފައިވާކަން އެލިޔުމުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި އިންޑިއާ ސިފައިންގެ އެންމެ މީހަކު ވެސް ރާއްޖޭގައި ހުރުމަށް ނޭދޭ ކަމަށް ރައީސް ޔާމީން އިއުލާން ކުރައްވާފައިވާ ކަން ވެސް އޯއެފްއާރް އިން ފާހަގަ ކޮށްފައިވެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގެ މައުލޫމާތު ދެމުން ލިޔުމުގައި ބުނެފައި ވަނީ އޭޕްރީލް މަހު ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމް އިން ބޮޑު ކާމިޔާބެއް ހޯދާފައިވާ ކަމަށެވެ. ސެޕްޓެމްބަރ މަހު އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓް ލާން ނިކުތް މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމާއި މިއީ ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުގެ އަދަދު 2018 ވަނަ އަހަރާއި އަޅައި ބަލާއިރު މަދުވަމުން އަންނަ ކަމުގެ ހެއްކަކަށް ވެދާނެ ކަމަށް ލިޔުމުގައި ބުނެފައި ވެއެވެ.

ރައީސް ޔާމީންގެ މައްޗަށް އަދިވެސް އިތުރު ދެދައުވާއެއް އެބައޮތް ކަމާއި ނަމަވެސް އެދެދައުވާ ގައި ވެސް އެމަނިކުފާނާއި ދެކޮޅަށް އެއްވެސް ހެއްކެއް ނެތް ކަމަށް ވަކީލް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެފައިވާކަން އޯއެފްއާރް އިން ފާހަގަ ކޮށްފައި ވެއެވެ.

ރައީސް ޔާމީން ޖަލުން މިނިވަންވުމާއި އެކު އެމަނިކުފާނު އެންމެ ބޮޑު ސަމާލުކަމެއް ދެއްވާފައި ވަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ކުރަމުން އަންނަ މަސައްކަތަށެވެ. ރޭ ޕީޕީއެމް އިން އިއުލާން ކޮށްފައިވާ ގޮތުގައި އިންޑިއާ އައުޓް ޕެޓިޝަންގައި ސޮއި ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން ދާދި އަވަހަށް އަތޮޅުތެރެއަށް ވެސް ވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކޮވިޑް

    އަޅެ ފަހެ އިންޑިއާ އަށް ކޮން ބލާއއް. މީ އިންޑިއާގެ ސްޓޭޓެއްތަ؟މި މީހުން މިރާއްޖެ އާއި ހެދި މިވަރުން މި އުޅެނީ ނުބައެއް ހިންގާފަ އޮތީމަ ތާ؟ # އިންޑިއާ އައުޓް #

    72
  2. ސަލީމް

    މަނިކުފާނު ވެރިކަމުގައި އެފުރުސަތު ލިބިފަ އޮތް އިރު އިންޑިއާ ސިފައިން ބޭރު ނުކުރެއްވީ ކީއްވެގެންތޯ؟؟ މިކަހަލަ ކިތަންމެ ކަމެއް އެބަހުރި. މަރަށް މަރުހިފުންވެސް ހަމަ އެފަދަ. މަސްތުވާ ތަކެތި ހުއްޓުވުމާ ގޭންގުތައް ނައްތާލުމަށްވެސް ވެރިކަމުގަ މަސައްކަތެއް ނުކުރެއްވި. ބާރުތައް ގެއްލުނީމަތޯ ތި ހުރިހާކަމެއް ހަނދުމަފުޅު ވަނީ!!!

    5
    66
  3. ޖ

    ބިރުގަތީއޭ ރައީސްޔާމީނު ޖަލައްލީ އިންޑިޔާއަޑީގަ އޮވެގެން ކަންމިއޮތީ ރަގަޅައްވެސް ފަޅައު އަރާފަ

    69
  4. ވިސްނާލުމަށް އެދެމޭ

    ހެ ކިނެތީމަ އަނެއް ކާވެސް ސްޓީލިންޕެރައިޑައިސް ތައްޔާރު ކޮއްލަނީ ރައްޔިތުނަނާށާ ދުނިޔެއަށް އޮޅުވާލަން...ރޔާމީންގެ ދައުވާއަ ކީ އިންޑިޔާ ބޭނުންވެގެން ހިންގާ ދައުވާތަ ކެ ކަން އަހަރެމެން މިދަނީ ސާފު ކޮށް ބުނަމުން... ކޯޓަށް ނުފޫޒު ފޯރުވުމުގަ އިންޑިޔާ އިސްދައުރެ އަދާ ކުރަމުން އެބަދެޔޭ..މިއީ އިންޑިޔާ ދިވެހިންގެ ދާޙިލީ ކަން ކަމަ އަތްބާނާ ވާހަ ކަޔަށްލިބޭ ސާފުހެ ކި...އިންޑިޔާ އައުޓް ކުރަން މަޖުބޫރު ދުވެހިންގެ އެއްބައިވަންތަ އަމާން ގައުމެއްގޮތުގައޮތުމަށް..

    44
  5. އައުޓް

    އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކަޅުދަބަހޭ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކަޅުދަބަހޭ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކަޅުދަބަހޭ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކަޅުދަބަހޭ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކަޅުދަބަހޭ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކަޅުދަބަހޭ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކަޅުދަބަހޭ އައުޓް ރަތްރޮނގޭ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކަޅުދަބަހޭ އައުޓް ރަތްރޮނގޭ އައުޓް

    45
  6. ބަދަލުވަމުންދާ ސަޤާފަތް

    ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތައް ވަނުމަކީ ޤަބޫލު ކުރެވޭނެ ކަމެއްނޫނެވެ. އަވަށްޓެރި ޤައުމުތަކާއި ދުރު އަވަށްޓެރި ޤައުމުތަކާއި ވެސް ގުޅުން ރަގަޅުކުރަންވާނެ، ނަމަވެސް ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ ގޮތަށް އެއްވެސް ގައުމަކުން ޢަމަލު ކުރުމަކީ ދިވެހިރައްޔިތުން ގަބޫލު ކުރާނެ ކަމެއް.

    51
  7. ދަރަނި ދަންތުރަ

    ސާބަސް ރައީސް ޔާމީނު އިންޑިޔާ ސިފައިން މިގައުމުން ބޭރުކުރަންޖެހޭ ކޮންމެހެން ވެސް

    59
  8. ހަސަން

    ވަރަށް އުފާވޭ އިންޑިޔާ ސިފައިން ބާލަން ކުރާ މަސައްކަތު ގައި ރައީސް ޔާމީން ބައިވެރިވާތީ...

    62
  9. ދިދަ ދަނޑި

    އިންޑިޔާ މީހުންނާ ބެހޭ ކަމެއްނޫން އެއީ.. މިދެން މިހާރު ބޮޑުވެއްޖެ ކަމެއް.. އަޅެފަހެ ރާއްޖެ މީ އިންޑިޔާގެ އަވަށެއްތަ؟؟؟

    32
  10. ޕަކިސްތަން

    މިހާރު އެގިއްޖެ ރައިސް ޔާމިންގެ މަސްސަލޭއް ނެއްކަން. މީސީދާ އެމްޑީޕީ ކުރިކަމެއް. އިންޑިޔާ އައުޓް ބާލާ މި ރާއްޖޭން

    32
  11. ގަޓް ގައުމު

    މިއި ދިވެހިރާއްޖެ.ބޮޑުތަކުރުފާނު، ދޮންބަންޑަޜައން ،ހުސެއިންއާދަމް އުފަން ދިވެހިފަސްގަޑު. ޕޯޗްގިޒުން ދިވެހިންގެ ކަރަށް ރާ އަޅާ މަންޒަރުބަލަން ،ބޭޜުގެ އަދުއްވުން މި ގައުމުގެ މިނިވަންކަން ނަގާލާ ،ލާދީނީ ކަންތއްކުރަން ދުރާލާ ރޭވިގެން ކުރާ އެއްވެސް ކަމަކަށް ދީލައިގެން ނުވާނެ. ލެއިން ގުރުބާންވެގެންވެސް ގައުމުގެ އަމަންކަން ދިވެހިން ހިމާޔަތްކުރާނެކަން ތާރީޚު ހެކިވޭ. އެކިފަހަރު އެކި ބަންޑާރައިން ބަތަލުން މާތްﷲ މި ގައުމަށް މިންވަރުކުރެއްވި. ޔާމީން އަކީ ބޭރުގެ އަދުއްވުން ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނެ ބޭފުޅެއްކަން އަމަލުން އެދައްކަނީ.ސާބަހޭ މި ގައުމުގެ ތަރައްޣީގެ ބާނީ. ޒާތީ ހސަދައިގައި މަނިކުފާނުގެ އަބުރުކަތިލާ ޒާތީ ސުލޯލިހު ޒިންމާދާރުކުރުވަންޖެހޭ ދުވަސްދުރެއްނޫން،އިންޝާﷲ

    30
  12. ވަރަށް އުފާވޭ

    އިންޑިޔާ ސިފައިން ބާލާނަން އިންޝާ ﷲ

    33
  13. Anonymous

    ދިވެހިރާއްޖޭގެ ކަންކަމާނުބެހުމައް އާދޭހާެކުދަންނަވަން އިންޑިއާ އައުޓް

    16