މިދިޔަ ހުކުރު ދުވަހުގެ ރޭ ސަޕޯޓަރުންނާ ބައްދަލުކޮށް ބޭއްވި ބޮޑު ޖަލްސާގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެނިވަޑައިގަތީ "ވަރަށް ކިނބުރުވެރި، ބޮޑާ" މީހެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ފަލާހް ވިދާޅުވީ، ރައީސް ޔާމީންގެ ވާހަކަފުޅުތަކުން ފެނިގެން ދިޔައީ އެމަނިކުފާނުގެ ފަސް އަހަރުގެ ވެރިކަމުގައި ވެސް ފެނިގެން ދިޔަ ސިފަތައް ކަމަށެވެ. ފަލާހް ވިދާޅުވާ ގޮތުން ނަމަ، އެއީ "ކިނބުރުވެރިކަމާއި ބޮޑާކަމާއި އަނިޔާވެރިކަމުގެ" ސިފަތަކެވެ.

ނޫސްވެރިންނަށް ރައީސް ޔާމީން ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅުގެ ރައްދުގައި ފަލާހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އަނިޔާ ނުލިބޭ ނޫސްވެރިއަކު މަދު ވާނެ ކަމަށެވެ. ޔާމީނާ ތަފާތު ޚިޔާލުތައް ފާޅުކުރާ މީޑިއާތައް ޖޫރިމަނާކޮށް ދަތި ކުރުމުގެ އެތައް ކަމެއް ކުރުވި ކަން ފަލާހް ފާހަގަ ކުރެއްވިއެވެ.

ޔާމީންގެ ވެރިކަމުގައި ހިންގި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް އިޝާރާތް ކުރެއްވުމަށް ފަހު، ފަލާހް ވިދާޅުވީ އެ މަޝްރޫއުތައް ހިންގީ ހިންގޭ ވަރަށް ވުރެ ދެ ގުނަ އަގުގައި ޚިޔާނާތުގެ ކަންކަން ހިމެނޭ ކަމަށެވެ. އަދި ރައްޔިތުންގެ ތަނަވަސް ކަމަށް އެ ސަރުކާރުގައި ކުރެވުނު ކަމެއް ނެތް ކަމަށް ފަލާހް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ ޖަޒުބާތުގައި ޖެހިގެން އަނެއްކާ ޖަލަށް ދާން ޖެހިގެން ކަންބޮޑުވެގެން އުޅެނީއޭ" ފަލާހް ވިދާޅުވިއެވެ.

އެ ޖަލްސާގައި ޔާމިން ދޮޅު ގަޑިއިރު ދެއްކެވި ވާހަކަފުޅަށް ފަހު، ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ބައެއް ކަންކަން ހަނދުމަ އާ ކުރައްވައި، ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާއިން އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާ ކުރި ކަމުގެ ތުހުމަތުގައި އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ނޮވެމްބަރު 28، 2019 ގައެވެ.

ދަށު ކޯޓުން ކުރި އެ ހުކުމާއި ހައި ކޯޓުން އެ ހުކުމަށް ތާއީދު ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރީ ޔާމީނަށް ޖަމާވީ ދައުލަތުގެ ފައިސާކަން ދައުލަތަށް ކަށަވަރުކޮށް ނުދެވުމުންނެވެ. އެއީ ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވި ސްލިޕްއާއި އެސްއޯއެފްގެ ސްލިޕް ނަންބަރު ވެސް ދިމާނުވެގެންނެވެ.

އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތާ ގުޅިގެން، ރ. ފުއްގިރި ދޫކޮށް ލިބުނު ފައިސާ ލޯންޑަ ކުރި ކަމަށް ބުނާ މައްސަލަ އަދި ވ. އާރަށް ދޫކޮށް ލިބުނު ފައިސާ ލޯންޑަ ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ޔާމީންގެ މައްޗަށް ދައުވާތަކެއް އުފުލާފައިވެއެވެ. މި މައްސަލަތައް އޮތީ ކްރިމިނަލް ކޯޓުގައެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ފަލާހު އަށްވުރެ ކިބުރުވެރި ބޮޑާ މީހަކު މިދުނުޔޭގައިވެސް ނުހުންނާނެ މިކަން އެއްމެ ރަނގަޅަށް އެނގޭނީ މަވޯޓާ ސަރީފަށް

    82
    1
    • Anonymous

      އަޅުގަނޑަށް ފަލާހު ސިފަވަނީ ފީކުދާނެއްގެ ގޮތުގަ.

      40
    • ޙައްގުބަސް

      ޔާމީނަކީ ހަމަ ރަގަނޅަށްވެސް ވަރަށް ވަރުގަދަ ޝަޚްސިއްޔަތެއް!! މިފަހުގެ ތާރީޚެއްގައި މިގައުމުން ފެންނާނެ އެންމެ ވަރުގަދަ ޝަޚްސިއްޔަތު!! އެއީ ގައުމުގެ މިނިވަންކަމާ ގައުމުގެ އިސްތިގުލާލު ނަގަހައްޓާފައިވާ ރައީސެއް!! ގައުމު ތަރައްގީ ކުރާނެކަމަށްބުނެ ޢަމަލުން އެކަން ސާބިތުކޮށްދެއްވާފައިވާ ވެރިއެއް!! ގައުމަށާ ރައްޔިތުންގެ ލާބަޔަށް ގިނަ ކަންކަންކުރައްވާނެކަމަށް ބުނެ އެކަންވެސް ޢަމަލުން ދައްކަފައިވާ ޖެހިލުންކުޑަ ވެރިއެއް!! ފަލާހު ޖެހިލުންވާނެކަމެއްނެތް!! ތުރުތުރު އަޅާ ފަޔަށް ހިނިއަރައިގެން ކަލޭމެން ތެޅިބާލަނެކަމެއްނެތް!! ރައްޔިތުން ކަލޭމެން ދައްކާ ދޮގުވާހަކަތަކެއް ދެނެއް އަަޑެއްނާހާނެ!! ކިބުރުވެރި ފަލާހަށް ދަންނަވަން އޮތީ 2023 ގައި ކަލޭމެންގެ ނިމުން އަންނާނެ ވާހަކަ!! ކިތަންމެ ވަރަކަށް ރީނދޫ އުނގުޅައިގެން ތެޅިބޭލިޔަސް ހަމަކުރެވޭނެ އިތުރުކަމެއްނެތް!! ދެން ފެން ބޯލާ!!

  2. މ ޢަބްދު ﷲ

    އަޅުގަނޑަށް ރައީސް ޔާމީން ސިފަވީ ބޮޑާ މީހެއްގެ ގޮތުގައި: ފަލާހް

    6 މިނެޓް ކުރިން ( ޑިސެމްބަރު 7, 2021 )

    ތިކަމާ އަޅާނުލާ އަވަހަށް FBID އިން ކަލޭމެން ކާޅާކުރި ލާރިގަނޑު ރައްޔިތުންނާ އަހަވާ

    ލުކުރޭ . އޭރުންތާ ތިޔަ ތަވާލުއުވެރިކަން އަހަރެމެނަށް އެނގޭނީ . އަހަރެމެންގެ ލާރި ވަގަށް

    ބަނޑަށް އަޅައިގެން އިދެ ތިވާހަކަ ގޮވިޔަށް ބަލައެއް ނުގަނެވޭނެ.

    48
  3. ޟ ޢަބްދު ﷲ

    India out # India out # India out #
    އަޅުގަނޑަށް ރައީސް ޔާމީން ސިފަވީ ބޮޑާ މީހެއްގެ ގޮތުގައި: ފަލާހް
    India out # India out # India out #
    އަޅުގަނޑަށް ރައީސް ޔާމީން ސިފަވީ ބޮޑާ މީހެއްގެ ގޮތުގައި: ފަލާހް
    India out # India out # India out #
    އަޅުގަނޑަށް ރައީސް ޔާމީން ސިފަވީ ބޮޑާ މީހެއްގެ ގޮތުގައި: ފަލާހް
    India out # India out # India out #
    އަޅުގަނޑަށް ރައީސް ޔާމީން ސިފަވީ ބޮޑާ މީހެއްގެ ގޮތުގައި: ފަލާހް
    India out # India out # India out #
    އަޅުގަނޑަށް ރައީސް ޔާމީން ސިފަވީ ބޮޑާ މީހެއްގެ ގޮތުގައި: ފަލާހް
    India out # India out # India out #
    އަޅުގަނޑަށް ރައީސް ޔާމީން ސިފަވީ ބޮޑާ މީހެއްގެ ގޮތުގައި: ފަލާހް
    India out # India out # India out #
    އަޅުގަނޑަށް ރައީސް ޔާމީން ސިފަވީ ބޮޑާ މީހެއްގެ ގޮތުގައި: ފަލާހް
    India out # India out # India out #
    އަޅުގަނޑަށް ރައީސް ޔާމީން ސިފަވީ ބޮޑާ މީހެއްގެ ގޮތުގައި: ފަލާހް

    48
    2
  4. މުޖުތަމަޢު

    އަޅެ މި އެމްޑީޕީ މީހުނަށް ފެންނަ އެއްޗެއް ބުނެބަލަ..ޔާމިންއަށް ހަމަ އެއްކަމެއްވެސް ނެތް ރަނގަޅަށް ކުރެވިފަކާ މިމީހުން ދެކޭގޮތުގަ. ދެސް ޔާމީން ދިންއެއްޗެއްނަމަ މިހާރު ކަނޑާލާއިފީސް އެހާހިސާބުގަ މިތިބެނީ

    51
    1
  5. ރިލޭ

    މީދެން ކާކު’! ހަޖަމެއް ނުވާނެ // ބާކީ ދެއަހަރު ،،،،،

    63
    1
  6. ދިވެހިން ބަސްމަގު

    ޜައިސް ޔާމިން ވަރައް ބަރާބަރުމީހެއް. މަގޭވޯޓް ޔާމިނައް

    81
    1
  7. އަހުމަދުބޭ

    އެފް.ޑީ.އަައި ގެ މައްސަލަ އަދި އޮތީ.....

    53
  8. Anonymous

    އެފްޕީ އައިޑީގެ ޚިޔާނާތް ފައިސާފުނިން ފެންވަރަމުންދާ ކޮރަޕްޓް މާކުމްފަލާހު ރ.ޔާމީން މިނިވަންވުމަށްފަހު ދިން ސްޕީޗަށް ކަލޭވެސް ހަޖަމުނުވެގެން ފަޔަށްވެސް ހިނިއަރައިގެން ލޮލަށް ނިދިނައިސްގެން އެއްމެފަކަށް އުދާސްތަށް ބޭރުކޮށްލީ އުތެ، ބޮޑާވެސް ވެވޭނީ ބޮޑާވެވޭނެ ފެންވަރުހުރި ވެރިޔަކަށް، އެވަރުގެ އިލްމާއި ހިލްމާއި ގާބިލުކުކަންހުރި އެމަނިކުފާނު ފިޔަވައި އެހެން ވެރިއެއް މިގައުމަކުނެތް، މިހަގީގަތް ކަލޭ ގަބޫލު ނުކުރިޔަސް، ކަލޭމެން އޮޑިހަނު ގާނާ ސަރުކާރު ބޭނުންވާނީ އެމަނިކުފާނުގެ އަޑެއް އެއްވެސް ރައްޔިތަކަށް ނުއިވުމާއި އެމަނިކުފާނު އެއްވެސްރައްޔިތަކަށް ނުވެސް ފެނުމަށްކަން އިނގެއެވެ، ކިތައްމެވަރަކަށް ފިތުނަފަސާދަ ފެތުރިޔަސް ރައްޔިތުން އޮޅުވައެއް ނުލެވޭނެ، ޑިފެންސަށް ފައިބައިގެން ތިބެންޖެހޭނީ.

    36
  9. ހުސޭނުބޭ

    މި މީހުން ޔާމީނަށް ހާދަ ހަސަދައެއް ލައެއް

    62
    1
  10. އިސްޢާފް ސަލީމް

    ގޮނޑުހޮވަން އުޅެފައި އައިސް ސްޕޮންޖް ގޮނޑިކޮޅުގައި ވެޑުވިފަ ކަލެޔަށް ތިހުރީ! ދެން މަޑުން ހުރެވޭތޯ ބަލާ މުސާރަ ނަގައިގެން

    33
  11. ލުޓޭރުންގެ ސަރުކާރު

    ދެންފަހެ ސިފަ ކުރާމީހުން ސިފަ ކުރުމަށް ފޫގަޅައިގެންފޫއެވެ..ތަދުބީރު ކުރާމީހުން ތަދުބީރު ކުރެތެވެ..2023ގެއްލިއްޖެ ކަމެވެ.. މުރައިދޫ ގަނޑުވަރު ރަސްގެފާނު ބޯވަތަށް ޖެހިގޮތަށް ބޯހިއްލާނުލައިފޫއެވެ..ހޭރޭމީހުންގެ ކަރުނަ ފޮހެދިނުމަށް އަނބި ކަބަލުންނާ ބާންދީތައް ބާލިދީތަ ކާ ދިޔަހިއް ކާ ފައި ހިފައިގެން ދުވެނަގައެވެ..މިހުރިހާ ކަމެވެސް ހިލިގަތީ 30ވަނަދުވަހު ރާއްޖެއަށް ދިމާވި ކާރިސާއެއްފަދަ ކަމަ ކާއެވެ..ހު ކުރުދުވަހުރޭ ރާއްޖެއަށް ބާރުގަދަ ނަގޫރޯޅިއެއްފަދަ ވައިގަޑެ ޖެހި ސަރު ކާރަށް ގުޑުންއަރައިފޫއެވެ އެވެރިން ސަރު ކާރުގަ ވިއްދާފަހުރި ކައްތިރިތަ ކަށް އަމުރު ކޮއްފޫއެވެ ތިޔަ ކައްތިރިތައް ބެހެއްޓުމުގެ ބޭނުމެ ކޮބައިހޭ ތިޔަބައިމީހުންނަ ތިޔަބީ ކީއްވެފާހޭ ނި ކަން އަހަރުންގެ ހިތަށް ހަމަޖެމުގެންނަން ނާނާއެއް ކިޔާދީބަލާށޭ ލައްޑޫއާ ބިރިޔާނީ ކާންދީގެން އަހަރުމެން ގެންގުޅޭ މީޑިޔާތަ ކަށް އަންގާށޭ އެތެރެ ކޮއިލަށް ފެންމަތުރަދޭ ފަށާށޭ މިހާހިސާބުން ތަނެދޮރެ ނުބަލާ އެމީހަ ކަށް ވެވުނު ކަމެ ކުރަން ދުއްވައިގަތޫއެވެ..ނުނިމޭ

    37
    1
  12. ސަމާސާ

    India out # India out # India out

    27
  13. ކޮއްޔާ

    އަބަދުވެސް ކަލޭމެންނަށް ސިފަވީތިހެން ‘ ރައީސް ޔާމީން އަކީ ރައްޔިތުންގެ ގިނަބައެއްގެ ލޯބިއޮތް ހިތްތިރި މީހެއް ،،، މަރުހަބާ ރައީސްޔާމީން ،،،

    41
    2
  14. ސުންކޫ

    ނަމަވެސް އެފް.ޕީ.އައި.ޑީ ގެ ޚިޔާނާތުގެ ފައިސާގެ ޢަދަދާއި މެދު ކީކޭތޯ ބުނަނީ އެފައިސާ އަނބުރާ ދައުލަތަށް ލިބެންޖެހޭ ތޯ؟

    35
    1
  15. ޙަސަން

    ޢަހަންނަށް ފަލާހު ފެންނަނި ދިވެހި ގައުމަށް ހުރި ބޮޑު ބިރެއްގެ ގޮތުގައި. ދިނާއި ގައުމަށް ހުރި ނުރައްކަލެއްގެ ގޮތުގައި. ރައީސް ޔާމީން ފެންނަނީ ގައުމު އާރާސްތު ކުރައްވާނެ ދެވަނައެއް ނެތް ލީޑަރެއްގެ ގޮތުގައި. ތިޔައީ މިހާރު ބެކާރު ބޮޓުން.

    26
  16. މަސްއޫދު

    މަށަށް ފަލާހު ސިފަވަނީ ބުއްދި ނެތް މީހެއްގެ ގޮތުގައި! ކަލޭގެ ނަކަމަކީ ތިޔަފަދަ މީހުންނަށް ކިޔަން ރަގަޅު ނަމެއްނޫން!

    23
  17. މިތާފް ކާގް

    އަރެންނަށް ކަލޭސިފަވަނީ ބީތާއެއްގެ ގޮތުގަ.

    24
  18. ޕެޑް މޭން

    ސަރުކާރު ހޫނު ފެނަށް ރައީސް ޔާމީން ކުރިއަށް

    29
  19. ކެޔޮޅު

    ފަލާހުއައް ރައީސްޔާމީނަކީ ކޫލްމީހަކައްވާކައް ކޮންމެހެން ނުޖެހޭ ޖަލޭތީ ކާކު؟

    22
  20. ކެޔޮޅު

    ފަލާހުއައް ރައީސްޔާމީނަކީ ކޫލްމީހަކައްވާކައް ކޮންމެހެން ނުޖެހޭ ކަލޭތީ ކާކު؟

    22
  21. ޢަދުރޭ

    އަހަރުންނަށް ރައީސް ނަޝޯދު ސިފަވަނީ ފުރޭތައެއްގެ ސިފައިގަ

  22. ބަކުރު

    ނަމުން ފަލާހު ކަމުން ހަސަދަ ހަސަދަވެރިކަމަކީ ކިހާވަރެއްގެ ކަމެއްކަން މި ފަލާހުކިޔާމީހާއަށް ނުވިސްނޭތީ ހިތާމަ ކުރަމެވެ ހަސަދަޔަށް ކިޔަވާފަ މިކަލޭގެ ބޮލަށް ފެން އަޅަން އެބަޖެގެއެވެ ރައީސްޔާމީނަކީ ވަރަށް ބަރާބަރު ރަށްޔަތުންދެކެ ލޯބިވާ ތަރަށްގީއަށް ޓަކާ ބުރަމަސަށްކަތެއް ކުރެއްވި އަގުހުރި ޝަހުޝިއްޔަތެއްގެ ވެރިއެއް ސާފުވެއްޖެތޯ.

  23. މުރާލިދޮންބެ1

    ކުޑައިރު މާކުން ފަލާ އޭ ބުނީމާ ވަރަށް ބިރުގަނޭ،
    އަޑު އަހާފަ އޮންނަނީ އޭނަޔަކީ ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެ މީހެކޭ.
    މާރާމާރީއެއްވިިޔަސް ބޮޑު ކޮންމެ ކަމެއްގެ ކުރީގަ ހުންނަމީހެއް މާކުން ފަލާ
    މިއަދު މެމްބަރު ވީމާ އެ ލަގަބު އެހެން މީހުންނަށް ދީ އެކަން ބަދަލު ކުރެވޭތޯ އުޅޭކަހަލަ

  24. ނަރެލް

    ބޮޑާކަމާ ކިބުރުވެރިކަމަކީ ހާދަ ހުތުރުސިފައެކެ

  25. އައްޑޫ މީހާ

    އަޅުގަނޑަށް ކަލޭ ސިފަވަނީ ބިންމަތީގައި ފިތުނަޔާއި ފަސާދަ އުފައްދައި ނަސްލީ ތަފާތުކުރުމާއި މީހުންގެ އަބުރާއި އިއްޒަތް ކަތިލާ ޖާހިލެއްގެ ގޮތައް ދެން ކަލޭ ބުނާނީ ކީކޭތަ؟

  26. Anonymous

    ފަލާހު އަހައްނަށް ކަލޭސިފަވަނީ ފިރުއަނުގެ ގޮތުގައި.

  27. އަފީ

    ތީ އެފް.ޕީ.އައިޑީ ގެ ވައްކަމުގެ މޭސްތިރިން. މަރުމޯލުން ދައްކާ ވާހަކަ ރައްޔިތުން ބަލައެއް ނުގަންނާނެ.

  28. ސަހަރޯ

    އޭބަލަމިހިރަ ގމރމީހާ ކަލެއައް ޔާމީންސިފަވާނީ ކަލޭ ތިބުނިގޮތައް އެއީ ކީއްވެގެންކަންވެސް ކަލެއްއެގޭނެ ޔާމީން ވިދާޅުވި އެފްބީއައިޑީގެ މައްސަލަބަލާނެކަމައް އެހިސާބުން ތިގމރ މީހާއް ސިފަވާނީ ތިބުނިގޮތައް!!!

  29. ވަކަރުގޭދަރި

    ތިމާ މީހަކަށް ޖޭ ވެގެން ނަމަވެސް ބޮޑައޭ ބުނާއިރު ތިމާ އަކީ ވަރަށް އަޚްލާގު ނުބައި ވަކަރުގޭ ދަރިއެކޭ އެހެން މީހުނަށް ބުނެވޭނެ.

  30. ޒަކީ

    އަޅުގަނޑަށް ފަލާހް ސިފަވަނީ ވަކަރުގޭ މީހެއްގެ ގޮތުގައެވެ. ފަލާހަށް ރައީސް ޔާމީން ސިފަވާ ގޮތް އަޅުގަނޑުމެނަށް މުހިއްމެއް ނޫނެވެ.

  31. ހެހެ

    އަދި ކިރިޔާ؟؟

  32. ޙަމީދު

    މާކުން ފަލާޙު ހައްޔަރުކުރޭ، އެންޓި ޓެރަރިޒަމް ގާނޫނަށް އެބަފެތޭ..ގާނޫންތައް ތަންފީޒުކުރަން އެބަޖެހޭ...މާކުން ފަލާހޫ،ކަލޭ ތީ ކާކޫ....ޗޯ....