އއ. އުކުޅަހުގެ ގެސްޓް ހައުސްއެއްގައި ބެހެއްޓި ކްރިސްމަސް ގަހެއް އެ ތަނުން ނަގައިފިއެވެ.

އެނގިފައިވާ ގޮތުގައި ކްރިސްމަސް ގަހެއް ބެހެއްޓީ "ރަންތަރި" ނަމަކަށް ކިޔާ ގެސްޓްހައުސްއެއްގެ ތެރޭގައެވެ. އެތަނުގައި ކްރިސްމަސް ގަހެއް ބަހައްޓައިގެން ކްރިސްމަސް ފާހަގަކޮށްފައިވާ އެ ރަށުގެ ބައެއް ރައްޔިތުން ވަނީ ތުހުމަތުކޮށްފައެވެ.

އުކުޅަސް ރައްޔިތަކު "ވަގުތަށް" ބުނީ އެރަށުގެ ގެސްޓްހައުސްއެއްގައި ކްރިސްމަސް ފާހަގަކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ކްރިސްމަސް ފާހަގަކުރަމުންދާކަން އެރަށު އާންމު ރައްޔިތުންނަށް އެނގުމާއެކު އެކަން ހުއްޓުވުމަށް ކްރިސްމަސް ފާހަގަ ކުރަމުންދިޔަ ގެސްޓްހައުސް ކައިރިޔަށް ގޮސް އިހުތިޖާޖު ކުރިކަމަށް އޭނާ ބުންޏެވެ.

އަދި ފުލުހުންވެސް ގެސްޓްހައުސް ސަރަހައްދަށް ގޮސް އެކަން ހުއްޓުވި ކަމަށް އޭނާ ބުންޏެވެ.

އެމީހާ ބުނީ ގެސްޓް ހައުސް ކައިރި އަށް އެއްވި މީހުން އެދުނީ އެ ގަސް އެ ތަނުން ނެގުމަށެވެ.

ފުލުހުން ބުނީ އުކުޅަހުގެ ގެސްޓްހައުސްއެއްގައި ކްރިސްމަސް ފާހަގަކުރަމުންދާކަމުގެ މައުލޫމާތެއް ލިބިފައިވާތީ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. މަޢުލޫމާތު ލިބޭގޮތުގައި އެ ގެސްޓްހައުސްގައި ހުރި ކްރިސްމަސް ގަސް ފުލުހުން މިހާރު ވަނީ އެ ގެސްޓްހައުސްގެ ގުދަނަށް ވައްދައިފައެވެ.

އުކުޅަސް ކައުންސިލް މެމްބަރަކު ވިދާޅުވީ ކްރިސްމަސް އެ ގަހަކީ ކްރިސްމަސް ފާހަގަ ކުރަން ބެހެއްޓި ގަހެއް ނޫންކަމަށެވެ. އެ ގަސް ބެހެއްޓީ ހަމައެކަނި ޑިސްޕްލެއި އަކަށް ކަމަށް ގެސްޓްހައުސް އާ ހަވާލަދީ ކައުންސިލުން ބުންޏެވެ. އަދި ކްރިސްމަސް ގަސް ބެހެއްޓުން މަނާކަން ކުރިން ގެސްޓްހައުސްގެ އިސްވެރިންނަށް ނޭނގޭކަމަށް ވެރިންނާ ހަވާލަދީ މެމްބަރު ވިދާޅުވިއެވެ.

އުކުޅަހުގެ ގެސްޓްހައުސްއެއްގައި ރޭ ކްރިސްމަސް ފާހަގަކުރި މައްސަލައެއް ފެންމަތިވެފައިވާ އިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކ. މާފުށީ ކާނި ބީޗް ނަމަކަށް ކިޔާ ގެސްޓްހައުސް އެއްގެ ބޭރުގައި ކްރިސްމަސް ގަހެއް ބެހެއްޓި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެ ކްރިސްމަސް ގަސް ނަގައިފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކްރިސްމަސް ފަދަ އިސްލާމް ދީނާއި ހިލާފު ކަންކަން ކުރިއަށް ގެންދިއުމަކީ ގާނޫނުގައި މަނާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އުގުރި

    މިމީހުން ބުދު ބަހައްޓާފާވެސް ބުނާނެ އެއީ ޑިސްޕްލޭއެއްކޭ ކީކޭ ދެންބުނާނީ ު

    17
    2
  2. ވަހުތާން

    އެތަނުންއެގަސް ނަގާފާ އެހެންތަނެއްގާ ބަހއްޓާގެން ކްރިސްމަސް ފާހަގަކުރީމާ އެނިމުނީ. ކޮބާ މައްސަލައަކީ. ރާއްޖެ އެތެރެކުރުން މަނާ އެއްޗެއްތޯ؟ އެހެންކަމަށްވާނަމަ ފުލުހުން އެނަގާ ގެސްޓްހައުސްގެ ގުދަނުގައި ބަހައްޓަން އެންގީ ކީއްވެތޯ؟

    12
    5
  3. Anonymous

    ތިޔައީ ކެނެރީ ނަޝީދު މިގައުމުގަ، ފެތުރި ކަމެއް.