ފ. ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ %88 މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

އެމްޓީސީސީން ބުނީ ދަރަނބޫދޫ ބަނދަރުގެ ބްރިޖު އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބޭރު ތޮށިލުމުގެ މަސައްކަތުގެ %83 މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 46،600 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުން ކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ހަމަޖެހިފައި ވެއެވެ.

މީގެ އިތުރުން 400 މީޓަރު ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 64 މީޓަރުގެ ސަރަހައްދެއްގައި ރެވެޓްމަންޓު ޖެހުމާއި، 2500 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރު ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.