އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހުނީ އެމްޑީޕީން ތައާރަފް ކުރި ސިޔާސަތުތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އެމްޑީޕީގެ މެންބަރު ޔައުގޫބް ވިދާޅުވީ، ބޯހިޔާވަހިކަމަކީ ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އަސާސީ ހައްގެއްކަން ދިވެހިންނަށް ވިސްނައިދިނީ ވެސް އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށެވެ.

"އޭގެ ކުރިން ވެސް މި ގައުމުގައި އެތައް ޒަމާނެއް ވަންދެން ވެރިކަންތައް އޮތް، އެމްޑީޕީ ވެރިކަމަށް އަންނަން ދެކަށް ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއް ކަމަށް ވިސްނައިދެވިފައެއް ނެތް، އެ ހައްގު ދިނުމަށް މަސައްކަތް ކުރެވިފައެއް ވެސް ނެތް،" ޔައުގޫބް ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ޖެހުނީ ނަޝީދުގެ ވެރިކަމުގައި އެ މަސައްކަތް ކުރެވިފައި އޮތުމުން އެއަށް ވުރެ ފުރިހަމަކޮށް ހިންގައިގެން ނޫނީ ވެރިކަމުގައި ދެމިނުހުރެވޭނެ ކަން އެނގޭތީ އެ ކަން ކުރަން މަޖުބޫރުވެގެން ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ސަރުކާރުން ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ، އެއީ ރައީސް ނަޝީދުގެ ސަރުކާރުން އެ މަސައްކަތް ފަށާފައި އޮތުމުން ދިވެހި ރައްޔިތުންގެ ފަރާތުން އެ ޑިމާންޑް އައިމަ، ދެން މަޖުބޫރު އެބަ ވޭ އެކަން ކުރަން،" ޔައުގޫބް ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި، އެ ބިމުގެ ސަރަހައްދުގައި 7،000 އެއްހާ ފްލެޓް ޔާމީންގެ ސަރުކާރުގައި ބިނާ ކުރިއެވެ. ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނުނިމި އޮވެ މި ސަރުކާރު އައިއިރު ލޯނު ހަމަނުޖެހި ދިއުމުން އެމަސައްކަތް ކުރަން ޖެހުނީ ފްލެޓްތައް ލިބުނު ފަރާތްތަކަށެވެ.

މި ކަމަށް އިޝާރާތް ކުރެއްވުމަށް ފަހު، ޔައުގޫބް ވިދާޅުވީ އެ މަޝްރޫއު ހިންގި ނަމަވެސް ހިންގާފައި އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެ ވަރުގެ ޖާގައިގެ ފްލެޓްތަކަކީ ދިވެހިންނަށް އެންމެ ހައްގު މިންވަރު ނޫން ކަމަށާއި ޔާމީނަށް ވެސް ދިވެހިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދެވިފައި ނުވާ ކަމުގައެވެ.

ކްރިމިނަލް ކޯޓުން ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތާ ދެ އަހަރު ވެފައިވަނިކޮށް، ސުޕްރީމް ކޯޓުން ވަނީ އެ ހުކުމާއި ހައި ކޯޓުން އެ ހުކުމަށް ތާއީދުކޮށް ނެރުނު ހުކުމް ބާތިލްކޮށް ޔާމީން މިނިވަންކޮށްފައެވެ.

އޭގެ ފަހުން މިދިޔަ ހުކުރު ދުވަހު ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން ދޮޅު ގަޑިއިރަށް ދެއްކެވި ވާހަކަފުޅަށް މި ސަރުކާރުގެ އިސް ބޭފުޅުން އަދިވެސް ގެންދަވަނީ ރައްދު ދެއްވަމުންނެވެ. އަދި ރައީސް ޔާމީން އެކި ގޮތަށް ސިފަކުރައްވަމުން ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

45 ކޮމެންޓް

  1. އަބްދޫ

    ޔައުގޫބް ތިޔަ ހައްދަވަނީ ދޮގު. އެމްޑީޕީން ސިޔާސަތު ކަނޑައެޅީ މައުމޫނުގެ ފްލެޓް މަސްރޫއު ތަކަށް ގޮންޖެހުމުގެ މަގްސަދުގަ އެކަމެއް ނަސީދަކަށް ނުކުރެވުނު. މައުމޫނު ވަނީ ސިނަމާލެ 1އަދި ،2 އަދި މާލޭ ހިޔާ 1އަދި،2 އަދި ހުޅުމާލެ ހިއްކުމަށް ފަހު އެތަނުގަ އެތަފްލެޓެއް އަޅުއްވާ އެތައްގޯއްޗެއް ވިއްކަވާފަ. ނަސީދު ކުރެއްވިކަމަކީ ބަޔަކު ހިއްކާފަ އޮތް ހުޅުމާލެ އެކުގަ ބަހާލާ ވިއްކާލައިގެން އޭނާއަށް ސަޕޯޓް ހޯދުން އެކަނި .ރާއްޖޭގެތަރައްގީއަށް އެއްވެސްކަމެއް ނަސީދު ކުރައވާފަ ނެތް. ނަސީދު ކުރެިކަމެއް ހުރީ އޭޢނާގެ އަމިއްލަ ސަޕޯޓް ހޯދަން ކުރިކަމެއް.

    82
    2
    • ދޮންބެ

      ހަމަ ހައިރާންވެއްޖެ! މަޖްލިސްތެރެއިން ވާހަކަ ދައްކަ “މޮޕެއް” ފެނުނީމަ!! މީ ކޮންތާކުން ހޯދައިގެން ވައްދާފައިވާ މޮޕެއްތަ؟ މުޅިން އާބްރޭންޑެއްދޯ؟ ގއ.އަތޮޅު އަތޮޅު ސްޓޯރުން މީގެކުރިން މިކަހަލަ ދެއުޅިއެއްނުވާ ސޭކު ވާހަކަ ދައްކާ މޮޕް ވިއްކި ކަމެއް އެނގިފައިނުވޭ!! މިކަހަލަ ސޭކް މޮޕެއް އެބަ ބޭނުންވޭ!! އުފަންދުވަސް ފާހަގަކުރަން ބާއްވާ ކުދިކުދި ޕާޓީތަކުގއި މަޖާކުރަން ވަރަށް ފައްކަވާނެ!!

      9
      1
  2. ހަސްނަ

    މައުމޫނުވެސް ފްލެޓް އެޅީ އެމްޑީޕީގެ ސަބަބުން. މަޖިލީހުގަ އެމްޑީޕީގެ ހަމަ މީހަކު ހަމަނެތީތަ؟

    57
    3
  3. މެން

    ތީރަގަޅު ވާހަކައެއް އޭގެސަބަބުން ދިވެހި ރައްޔިތުން ރައްވެހިކަންގެއްލި ބިކަވެއްޖެ ދަރަނިވެއްޖެ ލޯބިވާ ދަރިން ބިކަވެއްޖެ އެދަރިންގެ މުސްތަގުބަލް ބަނަވެ އަދިރިވެއްޖެ ދިރިއުން ބަރުބާދުވެ އުމުރައް ރޯންޖެހިއްޖެ

    36
    1
  4. ބިންގޯ

    އެމް.ޑީ.ޕީ ވަރަށް މޮޅު.

    4
    49
    • ނާރު

      ދޮގު ހެދުމަށް ފްލއޓް ގޯތި އެއީ ރަން ތިރީސް އަހަރުގެ ކަމެއް ހޯހޯ

  5. ަައަބޯ

    މިހިރަގޮލައެއްދޯ! ކީއްވެތަ މެމްޑީީޕީއަށް ފްލެޓްނޭޅުނީ؟

    55
    1
  6. މޫސާ

    މިބުރާންތި މެން ދެންދޭންވީނުން ތިބުނާ ހައްގުމިންވަރު އެމްޑީޕީ ވެރިކަމުގަ އަދި ދިވެހި ނިކަމެތި މީހަކަށް ގޯޗެ ނުދޭ ނުދޭ ނުވެސް ދޭނެ ދޭނެ ނަމަ މިހާރު އޮންނާނީ ދީފަ އެމްޑީޕީޔަ ރައިޔަތު މީހާ ޖޫރީމާނާ ކުރުންފިޔަވާ އިތުރު ކަމެއް ކުރުމުގެ ވިސްނުމަ ނެ

    44
    1
  7. ޏަން

    އެމްޑީޕީގެ މާކުރިންވެސް މިރާއްޖޭގަ ޒައީމް ހުރީ ފްލެޓް އަޅާފަ. އޭރުޔައުގޫބު ހުރީ ރަށުގަ ވަނދު ބަނބުކެޔޮ ހޮވަން ކަމަށްވެދާނެ. ރާއްޖޭގެހާޖަ ފާޖަ ތިހާ ނުދަންނަ ނީ އެހެމްވީމަކަމަށް މިބަލަލީ. އޭރުބަނޑުވެސް ހުރީ ސިނގުވެފަ

    40
    1
  8. ބޯލް

    ކަލލޭމެންގެ ސަބަބުން އެހެން މީހުން އަޅަނީ،ކަލޭމެން ނާޅަންޏާ ވާނީ ދޯ

    31
    2
  9. އަނިލް

    ކަލޯ އަންނި ސަރުކާރަކުންނޫން ފުރަތަމަ ފްލެޓް އަޅަންފެށީ މައުމޫން ދައުރުގައި ފްލެޓް އަލަންފެށުނީ ކޮސްނުގޮވާ މަޑުންހުރެވެތޯ ބަލާ

    44
    1
  10. ކޮވިޑް

    ރޔ އަނިޔާ އާއި ނުހައްޤު އަދަބު ދެނީ ވެސް އެމްޑީޕީން،

    43
    2
  11. މީވާ ސަރުކާރެއް

    ހުރިހާ އެއްމެންގެ ތަސްބީހަޔަކަށް ކިޔަނީ ޔާމީނު ޔާމީނު ޔާމީނު ޔާމީނު ޔާމީނު ޔާމީނު ޔާމީނު ޔާމީނު ޔާމީނު ޔާމީނު މީވާ ސަރުކާރެއް !!!! ޔާމީނު ހެޔޮނުވާނެއްނު ސަރުކާރުގެ ކަންކަށި މަތީގަ ގެރިގުއި ގަޑަކުން ޖަހާކަށް އަދިވެސް ތަދު ނުފިލާގެން މިއުޅެނީ އަދި ބާރަށްޖެހީމަ ތަދުވާކަން އިހުސާސް ކުރެވޭދޯ!!!!!!! ދެން ބިންދާލާނީ ބޮޑުރާޅެއް އިރާދަކުރެއް ވިއްޔާ !!!

    44
    1
  12. ޕޮޓް

    ޔާމީނު ފުލެޓް އެޅީ ޔައުގޫބު ކިޔާމީހަކު ދުނިޔެއަށް އުފަންވުމާ ގުޅިގެން!

    34
  13. އަހުމަދު

    ރ.ޔާމީން ފުލެޓް އަޅަން ޖެހުނީ އެމް.ޑީ.ޕީ އަށް ތާއީދު ނުލިބި ވެރިކަމަށް ނުހޮވުނީމަ. ދޮގެއްތަ މީ

    28
    1
  14. އަހްމަދު

    ޔައުގޫބު ދުނިޔެއައްއައީ މަންމަޔާބައްޕަގެސަބަބުބުންތަ؟

    22
    1
    • ލަންޑޭލާޑޭ

      ޔައުގޫބު ދުނިޔެއަށްއައީވެސް އެމްޑީޕީގެ ސަބަބުން. އެމްޑީޕީ ނުވިނަމަ ޔައުގޫބެއް ނުވީސް.

  15. ޫތ

    ޙަމަތަ

    25
  16. ބަދަވި

    ދެން މިސަރުކާރަށް ފުލެޓް ނޭޅިގެން އުޅެނީވެސް ރައީސް ޔާމީން ފުލެޓް އެޅިލެއް ގިނަކަމުންތާ

    35
  17. Anonymous

    ހާދަހާ ފޯރިގަދައޭ. ޓީވީ ޕްރޮގްރާމްތަކުގަ ޖާގަ މަދުވެފަ. ސިޔާސީ ކޮންމެ މީހަކު ބޭނުންވޭ ރައީސް ޔާމީންއާ ގުޅުވައިގެން އަބުރު ކަތިލަން.

    29
  18. ހުސޭނުބޭ

    އެމްޑީޕީން ތަޢާރަފްކުރި ސިޔާސަތެއްނަމަ ރައީސް ޔާމީނު ވެރިކަމުން ފައިބާގެންދާނީ ގެނައި ހުރިހައި ރަތައްޤީއެއްގައި އަލިފާންޖަހާފައި. ބުއްޅަބޭ އެކަން އެކުރީ އެމްޑީޕީ ސިޔާސަތާ އެއްގޮތަށް

    28
  19. ސޯލިބޭ

    އެމްޑީޕީ ކިޔާ ޝައިތޯނުންގެ ބައިގަނޑެއް އުފެދުމުގެ ކުރިން މައުމޫނު ދައުރުގައި ސިނަމާލެ-1، ސިނަމާލެ-2 ކިޔާ ފުލެޓްތަކެއް ޗައިނާއިން އަޅާފާ އެހުރީވެސް އެމްޑީޕީގެ ސަބަބުންތޯ މަރުމޯލު ޔައުގޫބު ކުރެން އަހާބަލާ.

    28
  20. ނަމަ

    ޔައުގޫބް އަށް އިގޭބާ ރައީސް ޔާމީން އަށް ވެރިކަން ލިބުނީވެސް އެމްޑީޕީގެ ސަބަބުން ކަން

  21. ހަވާސާ އިބޫ

    އެމްޑީޕީގެ ސަބަބުން މިގައުމުގައި އެހެންދީންތަކަށް ފުރުސަތު ހޯދަން ބަޔަކުމޮޔަވަނީވެސް، ވަގުންނާއި ރޭޕިސްޓުން ގިނަވީވެސް އެމްޑިޕީގެ ސަބަބުން، ދީނަށް ފުރައްސާރަކުރާމީހުންނާއި ރޯބޯމީހުން މިގައުމުގައި ގިނަވީވެސް އެމްޑިޕީގެ ސަބަބުން،

  22. ކޮޅުވެއޓި

    ޔައުގޫބު ކަލޭ ދޮގުވެސް ހަދަންފެށީ އަންނި ދޮގުހަދަން ފެށީމަ ކަލޭބޯދިގު ކުރަންފެށީ ޕާޓޭމެން ބޯދިގުކުރަންފެށީމަ އެއްބަސް ވެވޭތޯ ވަޒީފާޔަށް ޓަކާ ނޫނީ ޕާޓީއަށްޓަކާ ދޫ ގުރުބާން ނުކުރަށްވާ ހަގީގަތަށް ވާސިލްވޭ.

  23. ހަސަނާ

    މިދިވެހިރާއްޖޭގަ އެންމެފުރަތަމަ ފަޅެއްހިއްކައިގެން ބިމެއްއުފައްދާ އަދި އޭގެކުރިންމާލޭގަވެސް ފުލެޓު އަޅާފަ ހެޔޮއަގުގަ ރައްޔިތުންނައް ފުލެޓު ފޯރުކޮއްދެވި ޒައީމަކީ ޔާމިނުގެ ބޭބެ އަލްއުސްތާޒް މައުމޫނު އަބުދުލްގައްޔޫމް އެވެ.ކާކައްކޯއްޗެއްއޮޅުވާލަންތޯ އެވެ. ކުއްލިއަކައް ލޮލައްނިދިނައިސްގެން ނުތެޅި އެޖަލްސާއައްވުރެ ބޮޑުޖަލްސާ އެއް ރައްޔިތުންގެ ބަޖެޓުންހަރަދުކޮއްގެން ބާއްވާލާފަ ޖަވާބުދާރީ ވެލައްވާށެވެ.20000 ފުލެޓުގެ އުއްމީދު އާކޮއްދެއްވާށެވެ.

  24. ހިތާމަ

    ކަލެއަށް ތިބުނެވުނީ ކޯއްޗެއްކަން އެބަ އެނގޭތަ؟ ފްލެޓު އެޅީކީވެސް ރަށެއް އެއްފަސްކުރީވެސް ރަރަކަށް މީހުން ބަދަލުކުރީވެސް އެމްޑީޕީގެ ސިޔާސަތެއްގެ ތެރެއަކުންނޫން. ތިއަށްވުރެ ތާހިރުވާނެ ޚުދުމުޚުތާރު 30 އަހަރުގެ ވެރިކަމުގައޭ. އޭރު ތިޔަބުނާ ޔާމީނުވެސް އުޅުނޭ. ކަލޯތީ ކޮންތާކުން އައި ސުންޕާ ނުލަފާ މީހެއް. މިކަހަލަ ގަމާރުން މިތިބެނީ ރައްޔިތުންގެ މަންދޫބުންނަށް. މީހުނަކަށް ނޯޅޭ ކަންހިނގާ ގޮތެއް. ކަލޭތިހިރީ އެއަރޕޯޓުގަ ހެދި ސީޕްލޭން ޓާމިނަލުން ވައްކަން ކުރަން އުޅެފަ. ނޭނގެ ބައިއެޅިވަރެއްވެސް

  25. މުހައްމަދު އަހްމަދު

    މައުމޫނު ފުލެޓް އެޅީ އެމްޑީޕީ އުފަން ނުވަނީސް. އެއިރު ތިޔަ އޮޑިޓަރު އުފަންވި ކަމެއް ވެސް ނޭނގޭ..

  26. ބިންގޯ

    ޔައުގޫގޫގޫބޫބޫ. ތިޔަކިޔޭ އެއްޗެއް އެބައެގޭތަ.

    15
  27. ބޯދިގުޒައީމް

    ޢެމްޑީޕީއުފަންވުމުގެ ކުރިންވެސް މާލެ ވިލިއިިގިލި އަދިހުޅުމާލޭގަވެސް ފުލެޓްއަޅާ ރައްޔިތުންނައް ދެމުންއައީ ހުޅުމާލެ ފުލެޓްތަކުގައައްނިހުވާކުރި އިރުވެސް ދިރިއުޅޭ މީހުން އައްނިހަވާލުކުރީ އޭރުގެ ރައީސް މައުމޫނު އަޅާނިމި އެޗްޑީސީއިން އިންޕެކްޓްކޮއް ހާވާލުކުރަންތައްޔާރުކޮއްފަހުރި ފުލެޓްތަކެއް ޖައުޒާއިން 500 ފުލެޓް އެމްޑީޕީގެވެރިން ސަރުކާރުން ކޮމްޕުލިޓް ކުރިއާއްމު ފެލެޓެއެއް ދިވެހިބުގަ ހުރިހެނެއްހީނުވޭ ޔައުގޫބް އައްޕާމީބޫމަލެއާ ހުޅުމާލެ ފޭސްއެކެއްގެ ޕުލޭން ފެނުނު މީހުނައް އެގޭނެ ކޮންތާރީހެއްގަކަން ކޮއްފަހުރީ 2 ވަނަފޭސް ޔާމިން ނަޝީދު އުޅުނީ އެގޮތައްވަކިން އެބޭފުޅާގެ ނަންހިމެނޭގޮތައް ގުޅީފަޅު ތަރައްގީކުރައް އެކަމެއްނުވެ އެތައްބައެއްގެ ބޯހިވަހިކަން ގެއްލުނީ އެހަރަދުގެސަބަބުން ސަރުކާރުތަކައްވެސް ފުލެޓްތައް ހުޅުމާލޭގައަޅަންދަތިވީ އެޕުރޮޖެކްޓުގެސަމަބުން ބިންހިއްކާއެތައްރުފިޔާއެއް އޭގެބަދަލްގަ ހުޅުމާލޭގަ ފުލެޓްއެޅިނަމަ މިއަދުމިވަރެއްނުވާނެ ބޯހިޔާވަހިކަމުގެދަތިތަކައް މާލެރައްޔިތުނައް އޭގެއިންލިބުނީ ބޭރުލޭބަތުންގެ ބޯހިޔާވަހިކަމެއް ގުޅީފަޅުންލިބުނީ އިބޫއައްވެސް ނޭޅިމިނިމެނީ ފައިބަމުން ސޮއެއްކޮއްލީމަ ފުލެޓްއެޅޭތަ ލާރިނެތީސް ހަވާލުކުރިފަރާތަޖައްދޭނެ.

  28. މާއްކޫ

    މާއްކޫ މީ އޮޑިޓަރަކައްވީމާ ބޯހިޔާވަހިކަމުގެ ވާހަކަދައްކާކައް ނޭންގޭނެ

  29. މުޖުތަބާ

    ޔާމީނުގެ ތަގުރީރާއި އެމްޑީޕީގެ 70000 (ހަތްދިހަހާސް) މެމްބަރުންނާއި ހަމަ ވަރު.. ރެއާއި ދުވާލު ކެއުމެއް ބުއިމެއްނެތި، ނިދި ގެއްލިފަ.. ސާބަސް ރައީސް ޔާމީނު.

  30. މާއްކޫ ބީތޢެއް

    ބްރިޖް އެޅީިވެސް އެމްޑީޕީގެ ސަބަުބުން

  31. އިސްމާޢީލް

    ޔައުޤޫބު ނަޝީދު ދެކެވާލޯބިން ތިގޮތައް ދޮގު ވާހަކަ ހަދަހަދައިގެން ދެއްކުން އެއީ ޔައުޤޫބުގެ ކަމެއް. މަ ބުނެލާނީ ޕީޕީއެމް ސަރުކާރުގަ ދަރުމަވަންތަ ހޮސްޕިޓަލް. ސިނަމާލެ ބްރިޖް. ޢެއާރޕޯޓް މަޝްރޫޢް. ފޭސް 2 ހިއްކައި 16 ޓަވަރު (7000) ފްލެޓް. މިފާހަގަ ކޮއްލީ މެގާ ޕްރޮޖެކްޓް ޢަދިވެސް އެތައް ޕްރޮޖެކްޓެއް އަތޮޅުތެރެ އާއި މާލޭގަ ހިންގި، ބުނެލަން އޮތީ މިކަހަލަ މެގާ ކިތައް ޕްރޮޖެކްތޯ މިހިނގާ އެމްޑީޕީ ސަރުކާރުން ހިންގާފައޮތީ. ރަޢީސް ޔާމިން އާއި ބާދަކުރުމުގެ ފެންވަރު ނަޝީދު ގެ އަދިނެތް.

  32. އަފީ

    ތިހެން ބުނީމަ ރައްޔިތުން ގާތަށް އަންނަނީ ހިނި!

  33. ޢިޔާބު

    މި ............... ކަލޭގެ އަނގަ ދިޔާވެގެން އުޅެނީ ކޯއްޗެއް ބޮވިގެންތަ

  34. ތެންކްސް

    އެއީ އެމްޑީޕީން އެޅި ފްލެޓްތަކެއް ކަމަށް ބަލައިގެންފިން. ޝުކުރިއްޔާ އިބޫ. ފްލެޓް ތަޅާލަން ބުނި ޕީޕީއެމްގެ މިނިސްޓަރ އަސްލަމަށް ސަލާމް

  35. ބަކުރު

    އެމްޑީޕީ އުޅެނީ ކަންނުވެ ނަންވާން. ހަގީގީ ފުލެޓު ދޮންބެޔަކީ ރައީސްޔާމީންކަން މިހާރު ދިވެހި ރައްޔިތުން ރަނގަޅައް ދަނޭ. މާލޭގެ ބޮޑު ކުލި ތިރިކޮއްލަދިނީ އެމްޑީޕީއަކުންނެއް ނޫން.. އެއީ ރައީސްޔާމީންގެ ހިޔާ މަޝްރޫގެ ސަބަބުން. ޓޫރިޒަމް ފުޅާކޮއް އެޔާޕޯޓު މިނިވަންކޮއް އަދި އެކުސްޕޭންޝަން ހިންގީ ރައީސްޔާމީން. ހަމަ ލޮލައް ފެންނަހުރި ބޮޑު ބުރިޖު އެޅީ ޔާމީން ސަރުކާރުން. ދެން ހިޔާ ޕުރޮޖެކްޓުގެ ލިފްޓު އިފްތިތާހު ކުރުމައް އެމްޑީޕީގެ ނައިބުރައީސް ގޮސް ރިބަން ކަނޑަނީ.. ކަލޯމެންނައް ކަމެއް ވިސްނޭތަ.

  36. އަބްދޫ

    މައުމޫނު ފްލެތްއަޅަންފެށިއިރަކު އެމްޑިޕީ މިދުނިޔެއަށް އުފަންނުވޭ.ތާރީހުތަްބަލާފަ ކޮމެންޓްކޮށްބަލަ ދެބަފައިން ވައްކަންކުރި ދެމީހުންގެ ތާރީހީ ލިސްޓްގަ ކެރަފާ ސައްތާރާ އޭނާގެ ދަރި ނަސީދު ލިޔެވިފަ އޮންނާނެ. ސައްތާރު މައިޓްކުންފުނި ކާލީ ހުކުމަށް ފައިސާ ނުދައްކައިގެން އިފްލާސްކޮށް ސައްތާރުގެ ގެވިއްކާލާ 5 އޭ ކުންފުނި ވެސް ވިއްކާލި. ނަސީދަށް ކާންދީ ބޮޑުކުރީ މައިޓް ކުންފުނީގެ ފައިސާ. ސނަސީދު ވަގަށް ނެގީ ވެލާނާގެ އިން އާސާރީ 3 ތަޅާ 2 ތަޅުދަންޑި އަމިއްލަ އިއުތިރާފުން ވައްކަންސާބިތުވެ އަރުވާލާ ހުކުމް ތަންފީޒު ކުރެވިފަވޭ.

  37. ފަރާ

    އެމް.ޑީ.ޕީ ވުޖޫދުގަ ނެތް އިރު ވެސް ހުޅުމާލޭގަ ފްލެޓްހުރޭ. ތަންކޮޅެއް ބޮޑުވަރުމީ. އެމް.ޑީ.ޕީ ގެ ބައެއް މަޖްލިސް މެމްބަރުން ކޮންމެ ދުވަހަކު ވެސް ބޭނުންވޭ ނޫހުގަ ކޮންމެވެސް ޚަބަރެއް ޖެހޭތޯ. ދޮގެުހަދައިގެން ނަމަވެސް ކޮންމެވެސް އެއްޗެކޭކިޔާތި. ތިޔަމެމްބަރުންގެ އިއްޒަތާ ކަރާމާތް އަދި ތާއީދު އޮތްވަރު ނޫސްތަކުން އާއްމު މީހުންގެ ކޮމެންޓް ތައް ކިޔާލީމަ އެގިހާމަވޭ.

  38. މުފައްކިރު.

    އެމް ޑީ ޕީ ގެ ވެރިކަމާ އަދި އެމް ޑީ ޕީ ގެ ބައިވެރިވުން އޮތް ވެރިކަމުގައި ރައްޔަތުންނަށް ލާބަ ހުރި އެއްވެސް ކަމެއް ނުކުރެވޭ ކަމާއި ހިގަމުން މިދަނ އަދި ކުރިޔަށް ރޭވިފައި ވަނީ ވެސް ރައީސް ޔާމީންގެ އުފެއްދުން ތެރި ސިކުނޑީން ފަރުމާ ކޮށްފައިވާ މަޝްރޫޢު ތަކެއްކަން ރައްޔަތުންނަށް އެގޭ. ރައީސް ޔާމީންގެ އެންމެ ތަގްރީރަކުން ވެރިކަން ޕްރެޝަރަށް ވެއްޓި މައިތިރި ކުރަން އުޅުނަސް ރައްޔިތުން ތިބީ ސާބިތުކަމާއެކު އެމަނިކުފާނުގެ ފަހަތުގަ. އެމް ޑީ ޕީ ގެ އޮއްސުން ދަނީ އިތުރުވަމުން.

  39. ބިސް

    މިދެން ކާކުތަ؟

  40. ސަލީމް

    ރައީސް ޔާމީނު ފުލެޓު އެޅިތަ. ފުލެޓެއް ނާޅާ ވާހަކަވެސް ދައްކަނީ މިމީހުން. ކޮބާ ކެރަފާ ނަސީދު، ފުލެޓް ދޮންބެ

  41. އައިންތު

    މިކަހަލަ ދެއުޅިއެއްނުވާ މީހުން މަޖިލީހުގަ / ފޮލެޓަ އަޅަންފެށީ ރައީސް މައުމޫން ކަންވެސް ނެނގޭޔާ ބުރާންތިން ،،،. ބޯހަލާކު

  42. ކިނބޫ

    އާނއެކޭ މި ގައުމުވެސް މިއޮތީ އެމްޑީޕީގެ ސަބަބުންނޭ. މިހެން ހިތަށް އަރުވައިގެން ނަމަވެސް ކަލޭ އެއްރޭވެސް ހަމަޖެހިގެން ލޮލުފިޔަ ޖެހޭތޯ ބަލާބަލަ މާއްކޫ އޮޑިޓަރު. ހަމްދަރުދީވަން.