ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ – ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ – ފޮޓޯ: މަޖިލިސް

ރައްޔިތުން މަޖިލީހުގެ ހުސްވެފައިވާ އަމީންއާންމުގެ މަގާމަށް ފާތިމަތު ނިއުޝާ އައްޔަނުކުުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

އެ މަގާމަށް ނިއުޝާ އައްޔަން ކުރަން ފެންނަކަމަށް މިއަދު މަޖިލީހުގެ ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުން ވަނީ ވޯޓު ދެއްވައިފައެވެ. ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައި ވަނީ 33 މެމްބަރުންނެވެ.

މަޖިލީހުގެ އަމީންއާންމުގެ ނައިބްގެ މަގާމް ފުރުއްވަމުންގެންދަވާ ނިއުޝާއަކީ މަޖިލީހުގެ ހުސްވެފައިވާ އަމީންއާންމުކަމަށް ފަހުން ކުރިމަތިލެއްވި ހަމައެކަނި ފަރާތެވެ. އެމަގާމަށް ކުރިމަތި ލުމަށް ހުޅުވާލި މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

މަޖިލީހުގެ އަމީންއާންމުގެ މަގާމުން ފެބްރުއަރީ މަހުގެ ތެރޭގައި އަހުމަދު މުހައްމަދު އިސްތިއުފާ ދެއްވުމުން އެ މަގާމް ވަގުތީ ގޮތުން އަދާ ކުރަމުން އައީ ނިއުޝާ އެވެ.

މަޖިލީހުގެ ލީގަލް ކައުންސިލްގެ މަގާމު ހަތަރު އަހަރު ދުވަސް ވަންދެން އަދާކޮށްފައިވާ ނިއުޝާއަކީ 2012 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ އަމީން އާންމު ކަމުގެ ނައިބުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ފަރާތެވެ.

ކިޔުންތެރިންގެ ހިޔާލު