ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާގެ ބައެއް ފްލެޓުތަކުން ހަރުކޮށްފައި ހުރި އިސްކުރުތަކުން ދަބަރު ފެން އަންނާތީ އެ ތަނުގައި ދިރިއުޅޭ މީހުން ކަންބޮޑުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެޗް14 ގެ ބައެއް ފްލެޓްތަކުގެ އިސްކުރުތަކުން އަންނަނީ ވަރަށް ބޮޑަށް ދަބަރު ކުލައިގައި ހުންނަ ފެނެވެ. ހިޔާ ޔޫނިއަންގެ ނަމުގައި މީސްމީޑިއާގައި ހިންގަމުން އަންނަ އެކައުންޓަކުން ވަނީ ފްލެޓެއްގެ ސިންކުން ދަބަރު ފެންނަ އަންނަ ވީޑިއޯއެއް ހިއްސާކޮށްފައެވެ.

ހިޔާ ފްލެޓްތަކުގެ ފެން ރަނގަޅަށް ބަލައި ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޔޫނިއަނުން ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ފެން ކުންފުނި، އެމްޑަބްލިއުއެސްސީއަށް ގޮވާލާފައެވެ. އެހެން ފްލެޓްތަކުގައި މި ފަދަ މައްސަލައެއް ދިމާވެފައިވާކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.

ބައެއް މީހުން ބުނި ގޮތުގައި އިއްޔެގެ އެކި ވަގުތުތަކުގައި ސިންކުގެ އިތުރުން ފާހަނައިގައި ހުރި އިސްކުރު ތަކުން ވެސް ކޮންމެވެސް ވަރަކަށް ދަބަރު ފެން އައި ކަމަށެވެ.

"ބައެއް މީހުން ކެއްކުމުގައި މި ބޭނުން ކުރަނީ އިސް ކުރު ފެން. އެހެންވެ ރައްކާތެރިކަން ކަށަވަރުކޮށްދޭން އެބަ ޖެހޭ،" ހިޔާ ފްލެޓުގައި ދިރިއުޅޭ މީހަކު ކިޔައި ދިނެވެ.

"އަޅުގަނޑު ގޮވާލަން ވީހާވެސް އަވަހަކަށް މި ފެން ތަހުލީލްކޮށް އަވަސް ފިޔަވަޅެއް އަޅައި ދިނުމަށް"

އެމްޑަބްލިއުއެސްސީ އިން ބުނީ ފެނުގައި މައްސަލައެއް އުޅޭ ނަމަ، އެ ކުންފުންޏަށް އެކަމުގެ ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. އެފަދަ ޝަކުވާއެއް ރޭ ހުށަހަޅާފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރުގެ ތިރީގައި އެމްޑަބްލިއުއެސްސީން "ހެލްޕް" ޑެސްކެއް ވަނީ ބަހައްޓައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަައީމް

    ތިޔަފެން އަޔަސް ބިލްދައްހަންޖެހޭނީ ތިޔަ އުޅެނީ މަކަރު ހަދައިގެން ބިލް މާފުކުރޭތޯ މިވަރުގެ ހެޔޮސަރުކާރެއް މިނޫނީ ނުދެކޭނޭ ބަރާބަރައްބިލްދައްކަންހަމަޖެހޭނީ ނުދައްކާނަމަ އައުޓް

    1
    3
  2. Anonymous

    ފެން ބޭނުންނުކޮށް ދުވަސްވިފަހުން ފުރަތަމަކޮޅު ބޭނުންކުރާއިރު ހޮޅިތަކުން ނުސާފު ފެން އައުމަކީ އާދައިގެ ކަމެކެވެ. ފެން ބޭނުންކުރާވަރަކަށް ފެން ސާފުވަމުންގޮސް ސާފުވާނެ، ތިވަރަށް ކަންބޮޑުވަންޏާ ވޯޓަރސަޕްލައާއި ގުޅިގެން ކުރިއަށް ގެންދަވާ!!!

  3. ފަސްސި

    ފެންނާނެ. 3 އަހަރުވަންދެން ގޮތް ނިންމަން ނޭނގި، ބެހެއްޓީމާ، ވީރާނާވާނެ. 20 އަހަރު ފަހުން ދޭން ބެހެއްޓިނަމަ، ތިތަން ޖެހޭނީ ތަޅާލަން.

    3
    3
  4. ކޮރަލް

    ކަމެއް ގޯސް ވިއަސް މުވައްސަސާ އަކަށް ނޭނގެ އެވެ.

    3
    1
  5. ނަރެލް

    ދެންމާޒާތްކޮޅުބޮޑުވަނީ މިރޭ ތިކަމަށް ހައްލުހޯދަން މުލުވަގު ތިޔަހިސާބަށް އެބަ ވަޑައިގަންނަވައެއްނު ދަންނަވާލަ

  6. ޙަފޯ

    ތިތާގައި ޗައިނާއިން އެތައް މިލިއަން ރުފިޔާގެ ފެން މީޓަރު ބެހެއްޓީމަ ފެންބިލް ބޮޑުވެ ފެން ދަބަރުވެގެން ތި އުޅޭ ސަބަބަކަށް ގިނަ ބަޔަކު ތުހުމަތު ކުރަނީ އެމްޑަބްލިއު އެސް އީގެ މީޓަރު ބަހައްޓައިގެން ލިބެން ޖެހޭ އެތަން މިލިއަނެއް ނުލިބުމުން