ޝަހީމް އިމްރާން އިލްޔާސް

އެންމެ ލޯބިވަނީ ޝައިހް އިލްޔާސް ހުސެއިން އާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ދެކެ ކަމަށާއި، އެ ދެ ބޭފުޅުން ވެސް އޭނާއާއެކު ވަޑައިގެންނެވުމަށް، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވީ އެ ދެ ބޭފުޅުންނަކީ އެކީގައި 30 އަހަރު ވަންދެން އުޅުއްވި ދެ ބޭފުޅުން ކަމަށާއި އޭނާ ނުރަނގަޅު ނަސޭހަތެއް ނުދޭނެކަން އެ ދެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އަދި އުއްމީދު ކުރަނީ ކުރިއަށް އޮތް ދެތިން ދުވަސްތެރޭ އެ ދެ ބޭފުޅުން ވެސް ގޮތެއް ނިންމެވުން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

"ޝައިހް އިމްރާން އަށް އަޅުގަނޑަށް ވުރެ ހެޔޮ އެދިވަޑައިގަންނަވާ ރައްޓެއްސެއް މި އުޑު ދަށުގައި ނުހުންނާނެ. ޝައިހް އިމްރާން މިނިވަންވެ ވަޑައިގަތުމާއެކު އައްސަވާ. ޝައިހް އިމްރާން އަށް އެންމެ ހެޔޮއެދި ވަޑައިގަންނަވަނީ ކާކުތޯ. އަޅުގަނޑު 100 ޕަސެންޓް ޔަގީންކަން މި ދެނީ ވިދާޅުވާނީ ޝަހީމްއޭ" އޭނާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ޝަހީމް ވަނީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އަށްޓަކައި ކަމަށް ވިދާޅުވެފައެވެ.

ޑރ ޝަހީމް ވިދާޅުވީ އިސްތިއުފާ ދެއްވި ނަމަވެސް އޭރު ޝައިހް އިމްރާންއާއެކު ސިޔާސީ މަސައްކަތް ކުރުން އެއީ ގަބޫލުކުރެވޭ ކަމަކަށް ނުވާތީ ދުރަށް ޖެހިވަޑައިގެންފައިވާ ކަމަށެވެ.

ޑރ ޝަހީމް އޭރު އިސްލާމިކް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާފައި ވަނީ މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އަދާލަތު ޕާޓީގެ މެމްބަރުން އެ މަގާމުތަކުން އިސްތިއުފާދިނުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރިތާ އެއް ދުވަސް ފަހުން ނެވެ.

މަގާމުން އިސްތިއުފާދެއްވި ނަމަވެސް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވާ ކޮންމެ ފަހަރަކު ހެން މީގެކުރިން ޝަހީމް ވަނީ މި ސަރުކާރުގެ ދިފާއުގައި ވާހަކަފުޅުދައްކަވާފައި އެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ލޯބިވާތީދޯ އިމްރާނަށް އަނިޔާދިން މީހާގެ ރަނިންމޭޓަކަށް ވެގެން ތިހުރީ.. ތިކަހަލަ ލޯބި ނުވިއްޔާ ރަގަޅުވާނީ..

  2. ޝަހީމު ލޯބި ނުވާތީކަން ރައީސް ޔާމީނުގެ ރަނިންމޭޓަކަށް ވަޑައިތީ "އިމްރާން" ގެ ނަމުގައި ކޮމެންޓް ކުރިފަރާތަށް ކިހިނެތްތޯ އެނގިލައްވަނީ؟ އިންސާނުންގެ ލޯމަތިން ފެންނަ ކަންކަން އެނގުނަސް ހިތްތަކުގައި ވާ އެއްޗެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ކޮންމެ ކަމެއްވެސް ވީމާ އެނގޭނީ އެކަމެއް ވާން މެދުވެރިވި ގޮތުގެ ހިކުމަތް މޮޅުކަން ނުވަތަ ދެރަކަން.

  3. އަނިޔާ ދިނީ އެއްނޫން. އަންނިގެ ބަހަށް ހެއްލިގެން ޢިމްރާންގެއްލިގަތީ މުސްކުޅި ހަރުބހަެއްގައި އޮވޭ. ހެއްލުމަކީ ގެއްލުމެކޭ.

  4. އެދެބޭފުޅުން ދައްކަވާވާހަކަ އަޑުނާސަވާ ތިޔަ ބޭފުޅާގެ ވާހަކަ އަޑުއަހަން އެދެބޭފުޅުންކައިރީ ތިޔަ ބުނަނީ އަމިއްލަ އެދުމުން ފޯވެގެން. އެދެބޭފުޅުންގެ ވާހަކަ ތިޔަ ބޭފުޅާ އަޑުއެއްސެވުން މާރަންގަޅު

  5. ރާއްޖެ އަލްގައިދާ ކުރަން މަވެސް ތާއީދު. އަވަސްކުރޭ

  6. ޔާމީނުވެސް ބުނީ އަދީބުއައް 200 ޕަސެންޓު އީތުބާރު ކުރާކަމައް..

  7. އިމްރާނަަށް އަނިޔާއެއް ނުދޭ ޖިނާއީ ކުށެއް ސާބިތުވެ ހުކުމެއް ކުރީ..

    • ފާއިޒް ޖިނާއީ ކުށެއް ސާބިތު ކުރަން މިގައުމަކު މާބޮޑުކަމެއް ކުރާކަށް ނުޖެހޭނެ . މިއީ މާޒީގައި ވެނިމުނު ކަމަކަށް ޓާގެޓްކޮށް އަދަބު ދިނުމުގެ ބޭނުމުގާ މިއަދު ގާނޫނު މާޒީގެ ހާދިސާއަށް ރިއާޔަތްކޮށް ހަދާފަ އެބަޔަކަށް އަދަބު ދިން ބަޔަކު ތިބި ތަނެއް. ޢެހެންކަމުން ގާނޫން އެނގުމަކާ ނުލާ ރައްޔިތުމީހާ ވަނީ ގާނޫނުގައި ބަނދެވިފަ

  8. ދެން ކޮން ވާހަކަ އެއް ދައްކާކަށް މިހާރު؟ އިމްރާން ޖަލަށް ލީމަ އޭ ކިޔާފަ ސަރުކާރުގެ ވަޒީރު ކަމުން ކެނޑިފަ، މިހާރު ހަމަ އެ ސަރުކާރާ ގުޅިގެން އުޅުނީމަ، ކާކު ޤަބޫލު ކުރާނީ!

  9. ާަހަނދާންވަނީ

    މިހިނގާ ކަންކަމުން ހަނދާންވަނީ، ސްކޫލްގައި އުޅުނުއިރު އިސްލާމް މާއްދާގެ ޙަދީޘްފުޅެއްގެ މާނަ އެވެ. އެއީ "ްިޔާމަތް ދުވަހުން އެންމެ ނިކަމެތި މީހަކީ، ދުނިޔަވީ ޙަޔާތުގައި ނަމާދު ޤާއިމްކޮށް އުޅެފައި ވެސް، ކުރެވުނު ކަންކަމުގެ ސަބަބުން ޤިޔާމަތުގެ ދަރުބާރުގައި، ސަވާބު އުނިވަމުން އުނިވަމުން ގޮސް ހުސްވެ، އެންމެފަހުން ނަރަކައަށް ވަންނަންޖެހޭ މީހާ އެވެ."

  10. ޢެންމެ ލޯބިވާންޖެހޭނީ ﷲ ދެކެ. ކޮންފިރިހެނުން ތަކެއް ދެކެ ތިއުޅެނީ ލޯބިވެގެން؟

  11. ޝޭހް މިއަދު ޖަލުގަ އެހުންނެވީ ޝޭހް ގެ ބޮލަށް އެމްޑީޕީ ޖެހި ޗިޕެއްގެ ސަބަބުން މޭޑޭ މުޒާހަރާ ގައި ހިނގާ ހުރިހާ ކަމެއްގެ ފުރިހަމަ ޒިންމާ ނަގާނެ ފަރާތަކީ ޝޭހް ކަމަށް ބުނެ ސޮއިކުރި ސޮއި ކުރުމަށް.

  12. ދެރަ އަރާނެ ވަގުތަކީ މުޅި ރަށްފުށު ސަލާންޖަހައިގެން ވޯޓު ހޯދައިގެން ބޮޑު ގޮހޮޑާ ހޮވިއްޖިއްޔާ، ދީނީ ބައެއް ކަހަލަ ކަންތައްތަކުގަ އެއްގަލަކަށް ނޭރިގެން ހަމަ ވަގުތުން ޖަލުގޮޅިއަކަށް ކަނޑާލެވޭނެ ވަގުތެވެ. ވީއިރު މަނިކުފާނު މާމޭފުއްޕާ ގަދަބަސް ނުބުނާށެވެ. ޙަމަ ޔަގީނުން މިދެންނެވި ވަގުތު ޖަމީލުމެން ކާނަލް ނާޒިމް މެނާ ބައްދަލުކުރި ފަދަެިން ބައްދަލުކުރާނެ އެވެ.

  13. ލޯބިވަނީ ފިރިހެނުން އަންހެނުން ދެކެ، ނުވަތަ އަންހެނުން ފިރިހެނުން ދެކެ

  14. އޭރުގެ އިދިކޮޅު އެމްޑީޕީން ރާވައިގެން ޝެއިހް ގެ އަޑު ކަނޑުވާލަން ކުރިކަމެއް ކަމަށް ލަފާ ކުރެވެނީ. ޝަހީމް އަކީ މާ ހަރުދަނާ މީހެއް.

  15. އިމްރާނައް ލަނޑު ދިނީ އެމްޑީޕީ އިމްރާނައް ހެޔޮވިސްނުން ދެއްވާށިއެވެ.

  16. އެހެންމާ އެކަން ކުރިއަށް އޮތް މަދު ދުވަސް ކޮޅު ތެރޭގައި ސާބިތު ކޮށްދެއްވާ.. . ޔާމީނު ރަނިންމޭޓަކަށް ހަދާފަ މަނިކުފާނު އަސްލު ރައިސް އަކަށް ވާންވީ....

  17. ދަންޖެހިފަވެސް ބުނަންވީ އަނިޔާދިނީއޭ.... ހައް
    އޭނަ އުޅުނުގޮތާއި ދެއްކި ބޮޑާވާހަކަ އެންމެތަކުންނަށް ފެންނާނެ

  18. އިލިޔާސް އަކީ ވަރަށް ކިބުރުވެރި ބޮޑާ މީހެއް، ތިމާގެ މޮޅުކަމުގެ ވާހަކަ އާއި މޮޅުކަން ދެއްކުމުގެ ލާމަސީލު ބައެއް

  19. ތިމާގެ މީހާ

    އިމްރާނަށް އަނިޔާދިނީ މުހައްމަދު ނަޝީދު،