އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުގައި ބާއްވަން ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕުން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވި ގޮތުގައި، އެ ޖަލްސާ އޮންނާނީ ހިޔާ ޕާކް ސަރަހައްދުގައެވެ.
އެ ސަރަހައްދަކީ ހިޔާ ފްލެޓްތަކުގެ ސަރަހައްދުގެ މެދަށް ހުންނަ ސަރަހައްދެކެވެ. އެއީ ހިޔާ ފްލެޓްތަކުގެ މަޝްރޫއު ބިންގާ ރައީސް ޔާމީން އަޅުއްވައިދެއްވި ސަރަހައްދު ވެސް މެއެވެ.
"ކޮތަރު ކޮށި ޖަލްސާ" ނަމުގައި ބާއްވާ އެ ޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރެއެވެ. މިއީ ސިޔާސީ ޕާޓީއަކުން ވެސް ހިޔާ ފްލެޓް ސަރަހައްދުގައި ބާއްވާ ފުރަތަމަ ޖަލްސާއެވެ.
މިދިޔަ ދެ އަހަރު ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށް ފަހު މިނިވަންވި ފަހުން "މަރުހަބާ ރައީސް ޔާމީން" ނަމުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޮޑު ޖަލްސާއެއް ވެސް ބޭއްވިއެވެ.
އެމަނިކުފާނުގެ އެތައް ސަތަކޭ ސަޕޯޓަރުން ޖަމާވި އެ ޖަލްސާގައި ރައީސް ޔާމީން ގާތްގަނޑަކަށް ދޮޅު ގަޑިއިރަކަށް ވާހަކަފުޅު ދެއްކެވިއެވެ.
ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި މައްސަލާގައެވެ.
ނަމަވެސް އެއީ ދައުލަތުގެ ފައިސާ ކަމާ މެދު ފާޅުކަން ބޮޑު ސުވާލެއް އުފެދުމުން، މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ޔާމީންގެ މައްޗަށް އިއްވި އެ ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންކޮށްފައެވެ.
ސުޕްރީމް ކޯޓުން އެ ގޮތަށް ކަނޑައެޅީ، ޔާމީނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ސްލިޕް ނަންބަރާއި ދައުލަތުން ހުށަހެޅި އެސްއޯއެފްގެ ސްލިޕް ނަންބަރާ ދިމާ ނުވެގެންނެވެ.
ޔާމީންގެ މައްޗަށް ޚިޔާނާތުގެ އިތުރު ދައުވާތަކެއް އުފުލައި ދަށު ކޯޓުގައި އޭގެ ޝަރީއަތް ހިނގަމުންދާއިރު، އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރަނީ އެއީ "ސިޔާސީ ދައުވާތަކެއް" ކަމުގައެވެ.
ހިޔާގެ ސަރަހައްދު ނަމުގައި މަޝްހޫރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެ ބިން ހިއްކީ ވެސް ޔާމީންގެ ވެރިކަމުގައެވެ. އަދި "ހިޔާ" ނަމުގައި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ފައްޓަވައި، 7،000 އެއްހާ ފްލެޓް އެ ސަރަހައްދުގައި ގާއިމް ކުރިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވިއިރު އެ މަސައްކަތުގެ ތެރެއިން ފްލެޓްތަކުގެ ފިނިޝިން މަސައްކަތް އޮތީ ނުނިމެއެވެ. އެ މަސައްކަތަށް ބޭނުންވާ ލޯނު ވެސް ހަމަނުޖެހި ފްލެޓް ލިބުނު މީހުން އެ ކަން ކުރާ ގޮތަށް ފްލެޓްތައް ވަނީ ދޫކޮށްލައިފައެވެ. ފްލެޓް ލިބުނު ބައެއް އާއިލާތައް މިހާރު ވަނީ އެ ސަރަހައްދަށް ބަދަލުވެފައެވެ.
ޕީޕީ ޑީފެކުސަނު ޑީގުރޭޑުންގެ ވެރިކަމުގަ އިދިކޮޅު މީހުން އުޅެންޖެހުނީ ޖަލްސާއެއް ބާއްވާނެ ތަނެއް ނެތިގެން. ގަނަ ތެޅި މަރުވެގެން ކާނިވާ ވެސް ލިބެނީ.. މިހާރު ހިތުހުރިތަނަކު ހިތުހުރިގޮތަކަށް ބޭއްވޭ މީޑިއާ ޖޫރިމަނާއެއްވެސް ނުކުރޭ މިލިޔަނަކުން.. ސަރުކާރުން ހިތުހުރި ގޮތަކަށް ހުކުމެއްވެސް ނުކުރެވޭ.. ޕީޕީ ޑީފެކުސަނޭ މެންނަށްވެސް މިނިވަންކަން އިހުސާސުވާނެ މިހާރު..
ވެރިކަން ބަދަލުވީތަ ނޫނީ މިވެރިކަމުގަ ވަގުން ހުދުކާފޫރަށް ބަދަލުވަނީތަ ދެން އަނެއްކާ ވޯޓުދޭނެމީހަކާމެދު ވިސްނަންޖެހޭނި
މި ސަރުކާރުން ފޭރިގަނެފައިވާ ސިވިލްސަރވަންޓުންގެ ފުލެޓް ރައީސް ޔާމީން އިއާދަކޮށްދެއްވުން އެދެން!
ސިވިލް ސަރވަންޓުންނަށް 1000ފުލެޓު ދީ ނިމިފަ.. އަދިވެސް މަދުވަނީތޯ؟؟ ކެންސަލު ކުރި ކެޓަގަރީތަކަށް ނުދީ އެއްވެސް ބަޔަކަށް ދޭނެކަމެއް ނެތް.. އެކަމަށް ވަޢުދު ވާ ބަޔަކަށް ވޯޓު ދޭނީވެސް.. ނޫނީ އިންތިހާބުވެސް ބޮއިކޮޓްކުރަންޖެހޭނީ..
ރައްޔިތަކަށް ހެޔޮއެދޭ އެއްވެސް ވެރިޔެއް ނެތް
ޕީޕީއެމް ގެ ވެރިކަމެއްގައި ހިޔާ ފުލެޓް ތަކުގެ އަގު ކުޑަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވޭ.
ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ޔާމީނު ނޫނީ އެއްފަހަރާ 7000ފުލެޓް އެއްވެސް ގައުމެއްގާ އަޅައިދިން ވެރިއަކު އެބަހުރިބާ؟ ޝުކުރިއްޔާ ރައީސް ޔާމީން.