ކުރީގެ ފިލްމީތަރި އާމިނަތު އަމީލާގެ ފިރިމީހާ އަދި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ބޮޑީގާޑު އަހުމަދު ޝާނީޒް ހައްޔަރުކޮށްފިއެވެ.

ޝާނީޒްގެ އާއިލާ އިން ބުނީ އޭނާގެ ޚަބަރެއްނުވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

ޝާނީޒްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑަކަށް މަސައްކަތް ކުރެއްވި ސިމާދު އަހުމަދު ވެސް ވަނީ ހައްޔަރުކޮށްފައެވެ. ސިމާދާއި ޝާނީޒް އަކީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި މަސައްކަތް ކުރައްވާ ދެ މީހުންނެވެ.

އެ ދެ ބޮޑީގާޑުން ހައްޔަރު ކުރީ ފުލުހުން ކަމެއް ސިފައިން ކަމެއް އަދި ނޭނގެއެވެ.

ދެ ފުލުހަކު ރޭ ހައްޔަރު ކުރި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ރޭ ވަނީ ބުނެފައެވެ. ނަމަވެސް ހައްޔަރުކޮށްފައިވަނީ ކޮން ދެފުލުހެއްކަމެއް އެއިދާރާއަކުން ހާމައެއް ނުކުރެއެވެ.

ނަމަވެސް ރޭ ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަން (އެސްއޯ) ގެ ތެރޭގައި އޮންނަ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވަޓް)ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް ހައްޔަރުކޮށްގެން ގެންދިޔަތަން ވަނީ ބައެއް ނޫސްވެރިންނަށް ފެނިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާމިގިލީ ކަމަނަ

    އެއީ މާމިގިލީ މީހެއް

  2. Anonymous

    ސިފައިންގެ ތެރެ ފަނި ކުރަން ރާވަނީތަ

  3. ހަތިހާ އަންމަޑޭ، އަލިފުށި

    ހެއްހޭ ތިވީ ހަމަ ރަގަޅަށް... ވ ސިޔާސީ ގޮލައެއް ތީ... ޕޮޓޭ ތީ

    • މިސަރުކާރު

      މި ސަރުކާރަށް އިނގޭނީ މީހުން ހައްޔަރުކޮށްގެން ކަންތައްތައް ކުރަން އެހެންނޫނީ ވެއްޓިދާނެ ދެން އަތްޖަހާ ލަދު

  4. ޖޮއްބެ

    ފުލުހުންގެ ތެރޭގައި ތިބި ސަރުކާރާ އިދިކޮޅު މީހުން ވިސްނާލަން ޖެހޭނެ. 2013 ގައި ރީނދޫ ޕާޓީއަށް ކާމިޔާބު ވިނަމަ ރާވާފައިއޮތީ ފުލުހުންގެ ޢަދަދު ވަރަށްބޮޑަށް މަދުކޮށްލުމަށްފަހު އެ މުވައްސަސާ މާލޭސިޓީކައުންސިލް ގެ ދަށަށް ގެންދާށެވެ. އެއީ ފެބް ހަތެއްގެ ބަދަލުހިފުމުގެ ގޮތުންނެވެ. ދުނިޔޭގައިވާ ހުރިހާގައުމެއްގައިވެސް ފުލުހުންގެބާރު ތިބެނީ ދާޚިލީ ވުޒާރާ ގެ ދަށުގައެވެ. އެހެންކަމުން ފުލުހުން ގެތެރޭގައި ތިބި ބަޔަކު، އިދިކޮޅު ރީނދޫ މީހުންނަށް މަސައްކަތް ކޮށް ދިނުމަކީ އަމިއްލަފައިގައި ފުރޮއިން ޖެހުން ފަދަކަމެއްނޫންތޯއެވެ....؟؟

  5. އެޅިޔަނު

    ކަލޯގެ އަންހެނުން ހުރީ އައްޑޫގައި ޕޕމ ޖަލްސާގައި ދޯ؟

    • ފަގިޑި

      މި މީހުންގެ މަކަރުވެރި ރޭވުންތައް ރާވައިގެން ކުރިގެންދާއިރު ﷲ ވޮޑިގެންވާކަން ނުދަންނަނީއެވެ. އެހެންވީމާތާ އަންހެނުން ތިޔަޖައްސާއަށް ފޮނުވާފައި ޙަސަދައިގެ އަލިފާން ހިތުގައި ފޮރުވައިގެން އުޅެމުން އެދަނީ ކަލޯ މަތިން ވަޙީއެއް ދެނެއް ނާންނާނެ އެކަމަކު މަތީގައި ވޮޑިގެންވާ ފަރާތަކީ ނިމުމެއްނެތި ފަސްވެ ވޮޑިގެންވާ ފަރާތް ނޭންގެންޏާ މި ބަސްކޮޅުންވެސް ދަސްކުރޭ!! އުންމީދުކުރަން އެގި................!