ގއ. ކޮނޑޭ ސްކޫލުގައި ކިޔަވައިދެމުން އަންނަ އިންޑިއާ ޓީޗަރަކު މުސްހަފު ބިންމައްޗަށް އެއްލާލައި ދަރިވަރުން ލައްވާ ކްރިސްމަސް ގަސް ނަހައްދާ ކަމަށާއި އެހެން ނަމަވެސް އެ ޓީޗަރު އަތުން އިސްލާމް ފޮތާއި ހިސާބު ފޮތެއް ބިންމައްޗަށް ވެއްޓުނު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "ވަގުތަށް" ވިދާޅުވީ، ޤުރުއާނަކީ ނަރަކަވަންތައް ފޮތެއް ކަމަށާއި ދަރިވަރުން ލައްވައި ކްރިސްމަސް ގަހެއް އިންޑިއާ ޓީޗަރު ހައްދާފައި ނުވާ ކަމަށެވެ.

"އޭގަ ވާ ގޮތަކީ އެގަޑީ ކިޔަވައި ދެމުން ދިޔައިރު މޭޒު މަތީ ހުރި ފޮތްތަކެއް ވެއްޓުނު ބިންމައްޗަށް. އޭގެ ތެރޭގައި ހިސާބު ފޮތާއި އިސްލާމް ފޮތް ހިމެނެނީ. ވެއްޓުނީމަ ވަގުތުން ނަގާފައި މޭޒު މަތީ ބޭއްވީ" އަހުމަދު އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މީޑިއާތަކުގައި އެގޮތަށް ރިޕޯޓް ކޮށްފައިވީ ނަމަވެސް ދަރިވަރުން ގެއަށް ގޮސް އެގޮތަށް ބެލެނިވެރިން ކައިރީ ބުނެފައި ވެސް ނުވާ ކަމަށެވެ. އަދި ދަރިވަރުން ލައްވައި ހައްދާފައިވަނީ ކްރިސްމަސް ގަހެއް ނޫން ކަމަށާއި އެއީ ބަންޔަން ގަހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކްރިސްމަސް ޓްރޭއެއްގެ މޮޑެލެއް ނޫން އެއީ. ކުދިންނަށް ގަސްތަކުގެ ޝޭޕް ދަސްކޮށްދޭން ވެގެން ބަންޔަން ޓްރޭ ހެއްދީ. އެކި ކުދިން އެކި މޮޑެލް ހެދީ. އެކުއްޖާ ހެދި ބަންޔަން ޓްރީ ހިފައިގެން ގެއަށްދިޔައީ. ކުއްޖާއަކަށް ވެސް ނޭނގޭ އެއީ ކޯއްޗެއް ކަމެއް. ގެއަށް ގެންދިޔައީމަ ބެލެނިވެރިޔާގެ ފަރާތުން ދިޔަ ވާހަކަ އަކުން ރަށުގެ ބައެއް މީހުން އެގޮތަށް ވާހަކަ ދެއްކީ" އޭނާ ވިދާޅުވިއެވެ.

އިންޑިއާ ޓީޗަރު ދަރިވަރަކު ލައްވާ ހެއްދި ކަމަށް ބުނާ ކްރިސްމަސް ގަސް

އޭނާ އިތުރަށް ވިދާޅުވީ، މީޑިއާތަކާއި ހަމައަށް އެވާހަކަ ގޮސްފައިވަނީ ކަން ހިނގާފައިވާ ގޮތާއި ހިލާފަށް ވާހަކަ ބޮޑު ކޮށްގެން ކަމަށާއި އެކަމާއި ގުޅިގެން ޝަކުވާ ސްކޫލާއި ހަމައަށް ގެނައި ބެލެނިވެރިންނާއި ވެސް ވާހަކަ ދައްކާފައިވާނެ ކަމަށެވެ.

އެރަށުގެ ބައެއް ފަރާތްތަކުން މީޑިއާ އަށް މައުލޫމާތު ދީފައިވާ ގޮތުގައި މި އަމަލު ހިންގާފައިވާކަމަށް ތުހުމަތުވަނީ އެ ރަށު ސުކޫލުގެ ގުރޭޑު 4، އަދި 5 ގެ ދަރިވަރުންނަށް ކްރިއޭޓިވް އާޓް ކިޔަވައިދޭ ޓީޗަރެވެ. އޭނާ ޤުރުއާން އެއްލައިލުމުގެ ކުރިން އެއީ ނަރަކަވަންތަ ފޮތެއް ކަމަށް ބުނެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ސަމީރު

    އޮޅުވާލަނީ!! މިހާ އަވަހަށް މިމީހުން ތެޅި ފޮޅިގަންނާނީ ކަމެއް ނުބައި ކޮށް ހިނގާފަ އޮތީމަ!!

    88
    2
    • ޢަހޫ

      މީ ވަގުންގެ އަޑުކަނޑުވާލަން ވަގުންނަށް ތާއީދުކުރާމީހުން ފަތުރާދޮގުވާހަކަ. ކޮއްމެގޮތެއްވިއަސް ވަގުކަލޭގެ ވައްކަންނުކުރާކަމަކަށް ނު ވާނެ.

      1
      25
      • ރައްޔިތުމީހާ

        ވަގުކަލޭގެއަކީ ކޮބާތޯބެލުމަށް ކަޅުދަބަހުގައި ފައިސާ އުފުލީމައްސަލަ ތަޙްޤީޤް ކުރަންވީނު އަދި ދަބަހުގައި ދިޔައިކޮށް ފައިސާ އުފުލި މީހާގެވެސް ތަޙްޤީޤެއް ހިންގަންފެނޭ އޭރުން އަސްލުވަގު އެނގޭނެ

        20
      • އަހުމަދު

        ކިތަންމެ ދޮގެއްހެދިޔަސް އެއްލާލި

  2. ހަބަރު

    ސިޔާސީ ކުޅިގަދަވަމުންދަނީ އަހުމެންގެ ދަރިންކޮޅު ސްކޫލްތަކައް ފޮނުވަންވެސް ބިރުއެބަގަނޭ. ކީކޭބާ ބުނާނީ

    69
    2
  3. އުގުރި

    ނުކުރާނެ.. ނުކުރާނެ... ތިޔައީ ޔާމީނު އަޑީގައި ހުރެގެން ރާވާގެން ކުރާކަމެއް. އަދި އަމުދުން މި ސަރުކާރު ނުކުރާނެ އެއީ ސަނާ ކިޔާ މީހުން އަދި ބަހެއް ނުބުނޭ އެހެން ވީމަ އޯކޭ.

    48
    3
  4. ސދަސދ

    މިނިސްޓްެރީގެ ވާހަކަ ގަބޫލެއްނުކުރެވޭ

    69
    3
  5. ހަސަން

    އެޑިއުކޭޝަން މިނިސްޓަރ އިސްތިއުފާ ދޭންވީ. މީނާ އަދި އިންޑިޔާ މީހުންގެ ދިފާއުގަ، އެބަ ނިކުމެޔޭ.

    76
    2
  6. ސިފާން

    މީނަގެ މަސަތްކަތަކީ ރައްޔިތުންނައް އޮޅުވާލުން

    63
    3
  7. ދޮންމަނިކް

    އޭނަ އައް ފިޔަވަޅުނާޅާތާނގަ ކުއްވެރިވީވެސް ދަރިވަރުދޯ ؟؟ ހަމަ އިންޑިއާ މީހަކައް ވީމަ ؟

    52
    2
  8. ފަރީ

    އޭނަ އައް ފިޔަވަޅުނާޅާތާނގަ ކުއްވެރިވީވެސް ދަރިވަރުދޯ ؟؟ ހަމަ އިންޑިއާ މީހަކައް ވީމަ ؟

    42
    3
  9. ހަސަން

    އިންޑިއާ މީހުން އައިސް ބޭނުން އެއްޗެއް ހަދަންވީ، މީ ދެން ބލއެއްނު ؟

    50
    1
  10. ހުސެން

    ސަޅި ހާދަ ދޫފަސޭހަ ކޮށް އޮޅުވާލީ !!!! މިނިސްޓަރ އަށް ސަލާމް

    13
  11. ޙަަަހަ

    ފޮތް ވެއްޓިވަޑައިގެންނެވީތޯ ،

    10
  12. ޓޭމް

    ދިވެހި ޓީޗަރެއްގެ ފަރާތުން ކިރިޔާ ކަމެއްފެންނައިރަށް ފިޔަވަޅު އެބައަޅާ. ދީނަށް ނަޞްރުދީފަ ޓީޗަރަކު އެއްޗެއް ބުނެއްޖެއްޔާ ބަޔާންނަގާފަ، ސަސްޕެންޑް އެބަކުރޭ. ދީނާޚިލާފު ކަމެއްކުރީމަ އެ ބައިގަނޑު ދިފާޢުކުރާއިރު ހީވަނީ ބަލަދު އަރާފަ ތިބި ބަޔަކު ދިފާޢު ކުރާހެން. ލާދީނީ ސަރުކާރުގެ ލާދީނީ މިނިސްޓަރު އިސްތިއުފާ ދީފަ ގެއަށްދޭ.

    13
  13. ކިނބޫ

    ފުރަތަމަވެސް މަބުނިން މިއަންހެންމީހާ ބުނާނޭ ދޮގެކޭ. ލަހެއްވިތަ!

    18
  14. ޙަސަނާ

    ފުރަތަަ ކަމަކި މިދުވަސްވަރު ކޮންބޭނުމަކުބާ ގަސްތަކުގެ މޮދެލްހަދުވަންވީ ތިޔަހުރިހާކަމަކި ވެސްރޭވިގެން އިގިގެން ކުރާކަންކަން އެހެންނޫނަސް އިންޑިއާމީހުންނައްމިހާރު އިގޭ މިގައުމުގަ ދިވެހިންނައްވުރެ އިންޑިއާމީހިްގެ ބާރު ގަދަކަން.

    14
  15. Anonymous

    ކޮން ދޮގެއް ހަދާކަށް. ބަންޔަން ޓްރީ ހުންނަނީ ތިހިނެއް ނޫން. ނުލަފާ ވެރިންތަކާ އިސްތިއުފާ ދޭށޭ. ލޭ ކައްކުވަން ނޫޅޭ. މޮޔަ ވާހަކަ ނުދައްކާ ދާން އުޅޭ. ތިއީ ނުލަފާ ކަމުގައި ހައްދު ފަހަނަ އަޅާފައިވާ ބަޔެއް. ﷲ މި ނުބައި ވެރިން ކިބައިން އަހަރުމެން ސަލާމަތް ކޮށްދެއްވާ. އާމީން.

    17
  16. ކަތްދަ

    ތިޔަހާ ޔަގީން ކަމާއެކު ތިޔަ ބުނަނީ އެތާގެ ތިޔަމީހުން ތިބީތަ އަޅެފަހެ. ތިމާއަށް ނުފެންނަ ކަމެއްގަ ނުބުނެ ވޭނެ ތިޔަހެނެއް . އެތާހުރި މީހަކާ ހަވާލާދީ ބުނނެވޭނީ.

    11
    1
  17. ބޯހަލާކު

    ޓީޗަރުންނާހަދާ އެގްރީމަންޓްގަ ނޯވޭތަ އިސްލާމްދީނާ ޚިލާފް ވާހަކަ ދެއްކުން މަނާ ކަމާ ޣައިރުދީން ފެތުރުން މަނާ ކަމާ އެފަދަ ކަމެއް ކޮށްފިނަމަ ދެވޭނެ އަދަބެއްވެސް . ނެތިއްޔާ ނަމްބަރެއް އިތިރުކުރޭ

  18. ޢިޔާބު

    މިނިސްޓްރީން ހަދަނީ ރޯބުހުތާނު ދޮގު. ޓެކްސް ފޮތްތަކުގެ މައްސަލައިގަވެސް މިނިސްޓްރީ ގެ ބަސްމަގު ހުރީ ނަތަންޔާހޫގެ ބަސްމަގު

    13
  19. އަޙްމަދު

    ކުރިސްޓިއަން ދީނުގެ މީހަކު އަތުގައި އިސްލާމް ކިޔަވައި ދޭފޮތް އޮތުމުގެ މާނަ އަކީ މީނާތޯ އިސްލާމް ކުދިންނަށް ކިޔަވައި ދެނީ އެހެން ނޫނިއްޔާ އެފޮތް އޭނާއަތުގައި އޮތުމުގެ ބޭނުމެއް ނެތެއްނޫންތޯ؟ ތިޔަ ވިދާޅުވާ ވާހަކަ އަދި ދިމާނުވޭ.

    13
  20. ކޮއްޔާ

    ރަށްރަށު 4/5 ގައުޅޭ ކުދިންނަށް ބަންޔަންޓްރީ ( ނިކަގަސް ) ހަމަ ނޭނގޭނެބާ ؟؟ އިސްލާމް ފޮތަޚާއި ޙަތިމް އޮޅޭނެބާ ؟؟ އޮޅުވާލަން ވަރަށް މޮޅުވާހަކައެއް ތިހަދާލީ // އިންޑިޠާ އައުޓް // އިންޑިޔާ އައުޓް //

    12
  21. ތަރރީ

    ތިމީހުންނޭބުނީ މާތްﷲ ގެ ކަލާންފުޅައް ކުޅުޖަހާ މިދުނިޔެމަތން ފެންންހުރި ސުވަރުގެޔައް ކުޑަކަމު ދިޔަމީހާއީ ނަފުސާނީމީހެކޭވެސް

    10
  22. Anonymous

    ތިޔައީ އެހާކުޑ ކަމެއްހެން ހީނުވޭ ތިބާވވަތުގެ ހަރަކާތްތައްތިހިނގަނީ އިންޑިއާސަރުކާރު އަޑިގައޮވެ ދިވެހިން ރުޅިއަރުވާ ގޯސްތަކެއްހައްދަންކަމައްވެދާނެ ފޭކުމިނިސްޓަރު އިސްތިއުފާ

    10
  23. ކަޅުބެ އަލީ

    މިދައިތަބުނެފި ނަމަ ދުނބުރިވެސް ވާނީ އަނބަށް މޮޅޭދޯ އޮޅުވާލަންވެސް.

    10
  24. އަމަރު

    ސޯލިބެއަށް ވެރިކަމުގަ ހުރެވެނީ އިންޑިއާގެ އެހީލިބިގެން އެހެންވީމާ ކާންދޭ އަތުގަ ދަަތްނާޅަން ސަރުކާރުގެ ވެރިންނަށް ވަރަށް އަދަބުވެރުކަމާއިއެކު ސޯލިބޭ ބުނާނެ.

  25. މިއަދު

    މިއަދު ބޭނުންހާ އެއްޗެއް ހެދިދާނެ. މާދަމާ ﷲ ހަޟްރަތުގަ ޖަވާބްދާރީ ވާންޖެހޭކަމަށް ބިރުވެތި ނުވަނީތޯއެވެ.

  26. ޢަހޫ

    މީ ވަގުންގެ އަޑުކަނޑުވާލަން ވަގުންނަށް ތާއީދުކުރާމީހުން ފަތުރާދޮގުވާހަކަ. ކޮއްމެގޮތެއްވިއަސް ވަގުކަލޭގެ ވައްކަންނުކުރާކަމަކަށް ނު ވާނެ.

    2
    5
    • އަ

      މައުޟޫއާއި ގުޅޭ ވާހަކަ ދައްކަ ބަލަ..ހާދަ ވަރަކަށޭ ތި ވަގަށް ގޮވަނީ...ތިކަމާ ގުޅުން ހުރި ލިޔުމެއް ޝާއިއު ކޮށްލަންދެން މަޑުންހުރެވޭތޯ ބަލާބަލަ.

  27. ހުސޭނުބެ

    އެއީ އޭގެ ގަހެކޭ އެނިޔަތަކުނޫނޭ ބުނިނަމަވެސް. ލޮލައްފެންނަން ހުނައެޗެހި މި އޮޅުވާލަންއުޅެނީ.

    14
  28. މުޙައްމަދު

    ބިރުގަތީ ދޯ. އަޅުވެތިވީމަ ބިރުގަންނާނެ.

  29. ކޯން ޝޭޕަށް ހުރި ނިކަގަސް

    އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ އަށް ބެނިޔަން ޓްރީ އަދި ކްރިސްމަސް ޓްރީ ނޭނގޭތީ މަ ހަމަ އަންތަރީސްވެއްޖެ...މި ދެގަހަކީވެސް އޭގެ ޒާތުގަ ހާދަ،ފަރަގު ބޮޑު ދެ ގަހޭ..ދެން ނޭނގޭ ކަމަށް ގަސްދުގަ ހެދުނީމަ އެކަށްޗެއްވެސް ނޭނގޭނެ ދޯ..ކޮންމެ ކަމެއް އޮޅުވާލުމުގަ..

  30. ހެެނސަން

    ކްރިސްމަސް ޓްރޭއެއްގެ މޮޑެލެއް ނޫން އެއީ. ކުދިންނަށް ގަސްތަކުގެ ޝޭޕް ދަސްކޮށްދޭން ވެގެން ބަންޔަން ޓްރޭ ހެއްދީ. އެކި ކުދިން އެކި މޮޑެލް ހެދީ. އެކުއްޖާ ހެދި ބަންޔަން ޓްރީ ހިފައިގެން ގެއަށްދިޔައީ. ކުއްޖާއަކަށް ވެސް ނޭނގޭ އެއީ ކޯއްޗެއް ކަމެއް. އެހެންވީމާ އެކުދިންނަށް ގަސްތަކުގެ ޝޭޕް ދަހެއްނުވިއެއްނު!

    2
    1
  31. ކިޔު

    އިސްލާމް ފޮތް ވެއްޓެންވީ ކީއްވެބާ!؟ އޭނަ އެފޮތް ނަގަންޖެހޭ ސަބަބެއް އެބައޮތްބާ؟!
    އަހަރެމެންގެ ކުދިންނަށް ކިޔަވައިދެން މުސްލިމު މުދައްރިސުން ނުގނެންނަންވީ ކީއްވެތޯ!؟

  32. ހީވާ

    އިންޑިޔާ މީހުންނަކީ ބުދައް އަޅުކަންކުރާ ބަޔެއް. އެއީ ސޮލީބަށް އަޅުކަންކުރާ މީހުން މަދު ތަނެއް. ދެން ސޮލީބީންނާ ވަރަށް އިދިކީލިކޮށް އުޅެނީ މދުވަސްކޮޅު އަދި. ހިންދޫއަކު ކުރިސްމަސްޓްރީ އެއް ހަދުވަން ނޫޅުން ގާތީ.

  33. ފާދިރީ ހަވާސާހިސާބު

    އިންޑިޔާއިން ރާޖެއައިސްގެންއުޅޭ ބައެއްޓީޗަރުން މިފަހަކަށްއައިސް ފާޅުގައި އިސްލާމްދީނަށް ހަޖޫޖަހާ މިކަމުގައި އިންޑިޔާއެންބަސީން އެފަދަ ޓީޗަރުންނަށް ވީގިވެރިވޭ މިއީ ހަގީގަތަކީ!

  34. މު.ުސާމުހަަައް މަދު

    އަލުގަނޑުމެންގެ އިސްލަަާމް ދީނާްަެއި ބެހޭއެކަކުއަސް މިގައު.މު ސުކޫލެއްގެޓީޗަރަކައް ބަހައް ޓާކައް ނުފެންްނަ ަވާހަކަބުނަލަން އެފަދަޓީޗަރުން މިހިދުން.މިހިދައް ބޭރުކުރަން ގޮވާލަންް