މިއަދު ވެސް މާލެ އިން ކޮވިޑް-19 އަށް 30 މީހުން ފައްސިވެއްޖެއެވެ. މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 133 އަށް އަރައެވެ.

އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 102 މީހުން ފައްސިވިއެވެ. އަދި ރިސޯޓްތަކުން އިތުރު އެކަކު މިއަދު ފައްސިވިއެވެ.

މިއަދު މާލެ އިން ކޮވިޑަށް ޓެސްޓް ކުރީ 3986 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %3.34 މީހުންނެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންނަށްވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު މަދުވާން ފެށުމުން ކޮވިޑް ބަލި މީހުންގެ އަދަދު މިހާރު އަންނަނީ އަނެއްކާވެސް އިތުރުވަމުންނެވެ. މިހާރު 1832 ކޮވިޑް ބަލި މީހުން އެބަތިއްބެވެ. މިއަދަކީ ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހަށް ފަހު ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ ގިނަވި ދުވަހެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވީ 97 މީހުންނެވެ. ކޮވިޑް ޖެހިގެން މިހާރު 15 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަގެންދެއެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު 92501 އަށް އަރައެވެ. މީގެތެރެއިން 90401 މީހަކު މިހާރު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 255 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު