16:42

10:52

ކޮވިޑް-19 އިން ދިފާއުވާން ޖަހާ ވެކްސިންގެ ބާވަތެއް ކަމަށްވާ ފައިޒާ ވެކްސިންގެ މުއްދަތު ހަމަވާ ތާރީހު ތިން މަހަށް އިތުރުކޮށްފައިވާ ކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން އަންގާފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި.

 

08:52

ފައިޒާ ވެކްސިން، އޮމިކްރޮން އިން ދިފާއު ކޮށްދޭ ނިސްބަތް ހުރީ %40 ގައި!

ކޮވިޑް-19 އަށް ރާއްޖޭގެ އަތޮޅުތަކުން ފައްސިވާ މީހުންގެ އަދަދު އަދިވެސް މަދެއް ނުވެއެވެ. ނަމަވެސް މިހާރު އައްޑޫ ސިޓީން ފައްސިވާ މީހުންގެ އަދަދު ވަނީ ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވެފައެވެ. މިއަދު އައްޑޫން ފައްސިވީ ހަތް މީހުންނެވެ. އަތޮޅު ތެރެއިން މިއަދު ފައްސިވި މީހުންގެ ޖުމްލަ އަދަދު 102 އަށް އަރައެވެ.

ކޮވިޑް-19 އަށް މީހުން ފައްސިވާ ރަށްތައް ވަކިވަކިން އެޗްޕީއޭ އިން އިއުލާނެއް ނުކުރެއެވެ. އެހެންކަމުން މިހާރު ހާލަތު ގޯސް ވެފައި ވަނީ ކޮންރަށްތަކެއް ކަން ސާފެއް ނުވެއެވެ.

މާލެ އިން ވެސް މިއަދު 30 މީހުން ފައްސިވިއެވެ. މިއީ އިއްޔެ އަށް ވުރެ މަދު އަދަދެކެވެ. އިއްޔެ 38 މީހުން މާލެ އިން ފައްސިވިއެވެ. މިއީ ފާއިތުވި ދޮޅުމަހެއްހާ ދުވަސް ތެރޭގައި މާލެ އިން ފައްސިވި މީހުންގެ އަދަދު 30 އަށް އެރި ފުރަތަމަ ދެދުވަހެވެ.

ކޮވިޑް-19 އާވެރިއަންޓް ކަމަށްވާ އޮމިކްރޮން އާއި ގުޅިގެން ކަންބޮޑުވުންތައް އިތުރުވެފައި ވީނަމަވެސް އަދިވެސް ވޭރިއަންޓްގެ ތަފްސީލް މައުލޫމާތެއް ނުލިބެއެވެ. ނަމަވެސް މިއީ ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ވޭރިއަންޓެއް ކަން އިތުރަށް އަންނަނީ ކަށަވަރު ކުރެވެމުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު މައުލޫމާތު "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝޙދ

    ޢަތޮޅު ތެރެއިން ކުރީގަ އުޅެނީ ދ.ކުޑަހުވަދޫ