އާއިލާގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ލަވަކިޔުންތެރިޔާ ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ)ގެ އަތް ބިންދާލުމުން އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފިއެވެ. ނަމަވެސް މިމަހުގެ ތިންވަނަ ދުވަހު ހިނގި ހަމަނުޖެހުމުގައި އަތް ބިނދުނު ފަތޯގެ އޮޕަރޭޝަނެއް އަދިވެސް ނުކުރެވެއެވެ.

ފަތޯ ބުނާ ގޮތުގައި މި މަހުގެ ތިން ވަނަ ދުވަހު އޭނާގެ އަތް ބިންދާލީ ހިނގި ހަމަނުޖެހުމެއްގައި އޭނާގެ ބޭބެ އެވެ. ފަތޯ ބުނި ގޮތުގައި ބޭބެގެ ފަރާތުން ގެވެށި އަނިޔާ ލިބެމުންދާތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެ އެވެ.

ފަތޯ ބުނާ ގޮތުގައި އޭނާގެ އަތް ބިންދާލި މައްސަލަ ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފައެވެ. ނަމަވެސް އަދިވެސް ފަތޯއަށް އަނިޔާ ދިން އޭނާގެ ބޭބެ ހައްޔަރެއް ނުކުރެއެވެ. އޭގެ ބަދަލުގައި ވިލިމާލޭ ޕޮލިސް ސްޓޭޝަނުން އަންގާފައި ވަނީ ޕޮލިސް ސްޓޭޝަނަށް ގޮސް ބަޔާނެއް ދޭން ކަމަށާއި، ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮތުމުން ޕޮލިސް ސްޓޭޝަނަށް ދެވެން ނެތް ކަމަށް ބުނުމުން ވެސް ފުލުހުންގެ ސަމާލުކަމެއް ނުލިބުނު ކަމަށް ފަތޯ ބުނެއެވެ.

ފަތޯގެ އޮޕަރޭޝަން ނުކުރެވި ލަސްވަމުން ދަނީ އަންގާރަ ދުވަހަށް ޝެޑިއުލް ކުރި އޮޕަރޭޝަން އެދުވަހު ނުކުރެވުމުންނެވެ. އަންގާރަ ދުވަހަށް އޮޕަރޭޝަން ނުކުރެވުނީ އެދުވަހު ހޮސްޕިޓަލްގައި އެމަޖެންސީ އެހެން އޮޕަރޭޝަންތަކެއް ކުރަން ޖެހުމުން ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

https://twitter.com/raftalks/status/1468291584248610816

އައިޖީއެމްއެޗްގައި އޮތޮޕެޑިކް ސާޖަރީތައް ކުރަނީ އަންގާރަ ދުވަހާއި ހޮނިހިރު ދުވަހު އެކަނި ކަމަށް ވާތީ ދެން އޭނާގެ އޮޕަރޭޝަނެއް އެންމެ އަވަހަށް ވެސް ކުރެވޭނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ފަތޯ އަކީ ރިސޯޓްތަކުގައި މިއުޒިކް ކުޅެމުން އަންނަ ފަންނާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހައްހައްހާ

    ފުލުހުންނޭ؟؟؟؟؟؟ ލޮލް!!!!!!!

    16
  2. އީޕީއޭ

    ފުލުހުން. ސްޓިކަރޖޮކީސް

    15
    2
  3. ކިނޮޅަހު ބޭރި

    އެއީ ބޭބެ ކިޔާ ވަރުގެ އިންސާނެއް ނޫން. ބޭބެ އަކު ތިފަދަ ކަމެއް ނުކުރާނެ. އެމީހަކު ހައްޔަރު ނުކުރެވިގެން މިއުޅެނީ ކީއްވެގެންބާ؟

    37
  4. ހުސޭނުގެ ފުތް

    ބޭބެ...! ބޭބެ....! ހައްޕު.

  5. މުހަންމަދު

    އައި.ޖީ.އެމް.އެޗް ވަރަށް ކަޑަ.

    13
  6. ވައިކިންގ

    ހިތާމަ ހުރި. ތިޔަ ބޭބެއަށް ހެޔޮވިސްނުން ދެއްވާށި.

    14
  7. Anonymous

    ހެލްތް ސެކްޓަރ ފެއިލް ވި ކަމުގެ ކަންކަން މިފެންނަނީ. ވިސްނާ އެމެޖެންސީކޮއް ކުރަންޖެހޭ އޮޕަރޭޝަންއެއް އެމީހުން ބޭނުންވާ ދުވަހަކައް ބޭވުން އެއީ ބަލިމީހާއައް ކިހާ ތަކްލީފް ބޮޑުކަމަކައް ވާނެ ނޫންތޯ.

    2
    2
  8. އަލީ ޙަމީދު

    މި ޤަވްމުގެ ރައްޔިތުންގެ ރައްކާތެރިކަން ޤާނޫނު އަސާސީ އިން މަތިކޮށްފައި އޮންނަ ޕޮލިސް އަށް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރެއް ނުކުރެވޭ، އެމީހުން ވެރިކަން ދިފާޢު ކުރަންޖެހުނު ކޮންމެ ކަމެއް ވެސް ކޮށްފާނެ، އެކަމު ވެރިކަން ފެށީގެން އަންނަނީ ރައްޔިތުންނާ ހިސާބުން ކަމެއް މި ބީތާ އިންނަކަށް ނޭންގޭ.