އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމާފައިވާ "ކޮތަރުކޮށި" ޖަލްސާ ބޭއްވުމުގެ ހުއްދަ މާލެ ސިޓީ ކައުންސިލުން ދިނުމުން އެ ޖަލްސާ އޮންނާނެ ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕުން ވިދާޅުވެއްޖެއެވެ.

މި ޖަލްސާ ބޭއްވުމުގެ ހުއްދަ ނެތް ކަމަށް ހުޅުމާލޭގެ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައި އޮންނަ ކުންފުނި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފައެވެ. އެޗްޑީސީން ބުނެފައިވަނީ ހުޅުމާލޭގައި އެއްވެސް ހަރަކާތެއް ހިންގޭނީ އެ ކުންފުންޏަށް ލިޔުމުން އެންގުމުން، އެ ކުންފުނިން ދެން ކަނޑައަޅާ ވަކި ސަރަހައްދެއްގައި ކަމުގައެވެ.

އެޗްޑީސީން މި ގޮތަށް ނިންމާފައިވަނިކޮށް، މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ސޮއިކުރައްވައި ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފޮނުވާފައިވާ ސިޓީއެއްގައި ވަނީ އެ ޖަލްސާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވުމުގެ އެއްވެސް އިއުތިރާޒެއް ސިޓީ ކައުންސިލްގެ ނެތް ކަމަށާއި އެ ޖަލްސާ ބޭއްވޭނެ ކަމުގައެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވިދާޅުވެފައިވަނީ އެޗްޑީސީން ހުއްދަ ނުދިނަސް އެ ޖަލްސާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާއްވާނެ ކަމުގައެވެ.

ޕީޕީއެމް އިން ބުނެފައި ވަނީ ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމާފައިވާ ޖަލްސާ އަކީ ހިޔާ ފްލެޓްތަކަށް ބަދަލުވި ފަރާތްތަކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައްދަލު ކުރެއްވުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ. މިއީ ރައީސް ޔާމީން ޖަލުން މިނިވަންވެޑައިގެންނެވި ފަހުން ބާއްވާ ޕީޕީއެމްގެ ދެވަނަ ޖަލްސާއެވެ.

މިއީ އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް މީހުން ދިރިއުޅެން ބަދަލުވާން ފެށި ފަހުން އެ ސަރަހައްދުގައި ސިޔާސީ ޕާޓީއަކުން ބާއްވާ ފުރަތަމަ ޖަލްސާއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކޮވިޑް

    ބޭއްވޭނެ ބޭއްވެން ޖެހޭނެ . ހަޖަމްނުވާ ބަޔަކު ނުދާނީ، ޓީވީ ވެސް ނުބަލާނީ ، ބޫނީ ހަޖަމަށް ބޭސް ފަރުވާ ކުރާނީ. އިންޝާ ﷲ ޖަލްސާ ބާއްވަން ވާނެ.

    55
  2. ހަސަން އާދަމް

    ޖަލްސާއައް ދިޔުމުގެ ޖޯޝާ އަޒުމުގަ މިހުރީ!
    ﷲގެ އިރާދަފުޅާއެކު މިބުނަނީ ހަމަ ދާނަމޭ!

    52
  3. އުތުރުން

    ކޮތަރުކޮށި ޖަލްސާ ބޭ އްވުމުގެ ހު އްދަ ސިޓީކަ އުންސިލުން
    ދިނުމުން، ޖަލްސާ އަށް ހުރަހެ އް ނެތެވެ އެޗްޑީސީ އ
    އަކީ ޖަލްސާތކާ އި ހަފްތާކަށް ހު އްދަ ދިނުމުގެ މެންޑޭޓެ އް
    އޮތް ތަނެ އް ނޫނުވެ.

    56
  4. އޮހިހޯ

    އެމްޑީޕީ ކުދިން ހަޖަމް ހަޖަމް ހަޖަމް ހަޖަމް...ކުރަން
    ހަޖަމް ހަޖަމް ވީ ދެންކުރާން،
    ދޫވީމާ، ލީޑަރަކީ މިއަދު ހަމަޔާމީނޭ

    48
  5. ކާލާ ޢުލާމް

    އަހަރެން އުޅެނީ ހިޔާ ފްލެޓްގަ.. އަހަރެންނާ އަހަރެންގެ އާއިލާ ބޭނުމެއްނޫން ރައީސް ޔާމީންއާ، ރައީސް ނަޝީދުއާ ، ރައީސް ސޯލިހާ، ރައީސް މައޫމޫންއާ ، ރައީސް ވަހީދުއާ ވެސް ބައްދަލުކުރާކަށް ، އަދި ތާއީދެއްވެސް ނުކުރަން، ނަމާ އާއިލީ ދަރިފަސްކޮޅު އެކަނި ތިމީހުންގެ ތަފާތީ..ހުސްވަގުންނާ، އަދުލުއިންސާފަ ގާއިމް ނުކުރާ އަނިޔާވެރިންނާ..ކަރަޕްޝަނާ ފަސާދައިގެ ވެރިން..ލާދީނީ އަދި ﷲ ގެ ހުކުމް ފުޅުތައް ގާއިމްނުކުރާ ނުބައި ވެރިންތަކެއްތީ...

    11
    37
    • ޑަންޑެހެލު

      ޙަޖަމް ކުރާށެވެ

      33
      3
    • ކޮވިޑް

      ތިފާހަގަ ކުރި ބައެއްކަންތައް ރަނގަޅު އެކަމް " އަދި ﷲ ގެ ހުކުމް ފުޅުތައް ގާއިމްނުކުރާ ނުބައި ވެރިންތަކެއްތީ..." މިކަމާ ރޔ ނުގުޅުވޭނެ ސަބަބަކީ މިޤައުމުގާ މިޖީލަށް މަރުގެ ޙުކުމް ތަންފީޒް ކުރަން މަސައްކަތް ކުރީ ރޔ.ކާލާ ދިޔަސް ނުދިޔަސް ތި ބުނާގޮތުން މިހާރު ތި އުޅެނީ ހަމަ ރޔ ހިއްތާފަ ފްލެޓްއަޅާދީފަ ހުރި ތަނެއްގާ ދެއްތޯ؟

      12
      1
  6. އ މ ރ ބ

    އެޗް ޑީ ސީ ދެން ލަލަލާާ

    40
    1
  7. ރަތުނާ

    އަހަރެން އުޅެނީ ހިޔާ ފުލެޓުގައި. މިޖަލްސާއަށް އަހަރެންގެ އާއިލާ އޮތީ ކެތްމަދުވެފައި. އަހަރެންގެ ފިރިމީހާވެސް މަސްވެރިކަން މެދުކަނޑާލާ މަޑުކޮއްގެން އެހެރީ މިޖަލްސާއަށް. މުޅި ހިޔާ ފްލެޓް އިންތިޒާރުކުރަނީ ކޮތަރުކޮށީގެ ބާނީ ފެނިލުމަށް.

    30
    1
  8. ނަޖީ

    އެޗުޑީސީއައް ގާނޫނީގޮތުން ކޮންބާރެތޯ ހަފުލާތަކާއެއްވުންތްކައްހުއްދަދޭން އެއްވެސްގާނޫނީ ބުރަދަނެނެތި ނޮމްމެހެން ބިރުދައްކަން އުޅޭނެކަމެނެތް ބިރުފަހަނަޅާގޮސްފަމިތިބީ ބިރެނުގަންނާނެ ޖަލަސަވެސް ބާއްވާނެއިށާﷲ

    28
  9. އަމީރު

    އަރަފާތު ބިމުގަތޯ ތި ޖަލްސާ ބާއްވަން ތި އުޅެނީ. ގައިމު ރ. ޔާމީން ވިދާޅުވި މުޒާހަރާކޮށް ޖަލްސާ ބާއްވަން ބޭނުމިއްޔަ ހައްޖަށް ދާންވީނޫންހޭ. މިހާރު ކިހިނެއް މި ވަނީ.

    3
    17
    • ޔާމީނު

      ދެން ޔާމީނު އެހެން ބުނީމާަ ކަލޭ ދިޔައިންތައް އަރަފާތައް އެއްވާން ؟؟؟

  10. Anonymous

    މަވެސް ދާނަން

    19
  11. ޭޢެނސސ

    މަވެސް ދާން ވަރަށް ބޭނުން އެކަމަކު ކޮވިޑުގެ ވަބާއިން ރާއްޖެ ސަލާމަތް ނުވަނީހެއް އެއްވުން އެއްވާކަށް ދާކަށެއް ނުކެރޭނެ އާހް!

  12. ކޮތަރު ހަލީމާ

    ސާބަހެ. އެންމެ ތަންފުކެއްވެސް ދޫނުދޭތި! ނަމުން ޑިމޮކްރަސީ.ކަމުން ޚުތުމުހުތާރު!އަނަދަރ ޖޯކް. ކަލޯ ކޮތަރުތައް މިތިބީ ހަމައިގައި. ކަލޯ ނަމުން ޑިމޮކުރަސީ ލައިކް ޑިމޮކްރަޓިކް ނޯތުކޮރެއާ ގޮތަށް ތިފާޑަށް ނުތެޅިބަލަ. ޕަކާސް.ހުވާ ހާދަ ބިރެއް މި ގަންނަނީ!.ކަލޯ ތެޅުނުވަރަކަށް ހުޅުބު ދާނި!.ޖަލްސާ ބާއްވާނަށް.ކޮތަރު ކޮށީގައި ތިބި ކޮތަރުތައް ރައީސް ޔާމީންކޮށްދިން އަގުނުކުރެވޭ ކަނަތއް ،މަމެންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިން ލީޑަރ ގެ ަގު ވަޒަންކުރާނެ. މިތާނެ ކުލި މިއީ 5500 ރުފިޔާ .މިވެސް ޑަބަލްކޮށް ރައްޔިތުން ފެލާ ވެރިޔަކަށް މަމެން ބުނާނީ ސޮރީ.ދެން ކޮން ކުރެޑިޓެއް ތިބައިގަޑަށް.ޔާމީން ތިކަން ކުރީމަވެސް ރައްޔިތުންނަށް ޖެއްސުން.އަދިވެސް ޖެއްސުން. ކުރި ކަމެއް ފެށި ޚިދުމަތެއް ކިޔާބަލަ ބުރޯމެން. ޔާމީން އަށް ކޮތަރުކޮށިން ރަތްދޫލައިގެ މަރުހަބާ ކިޔާނަށް.އިންޝާﷲ.ޖަލްސާ އަށް ދާނަށް.ނުހުއްޓުވޭނެ.އިންޝާﷲ

  13. އަހަންމާ

    ކޮތަރުކޮށީގެ ބާނީ ރައީސްޔާމީން ދެކިލުމަށް އަހަރުންގެ އާއިލާ މިތިބީ ކެތްމަދުވެފަ ޖަލްސާބާއްވާވާހަކަ ވިދާޅުވީސްސުރެ މިތިބެނީ ހިތަށް އުފާވެރިކަން އައީސްފަ ހީވަނީ ހިޔާފުލެޓު ސަރަހަށްދަށް ބަހާރު މޫސުމެއް އަންނަން އުޅޭހެން ޝުކުރިއްޔާ ތަރަށްގީގެ ބާނީ..👏👏👏👏👏

  14. ލަވް

    ޓިނު ލަލަލާ. ކޮބާ ޖަލްސާ ބޭއްވުނުތަ ހުޅުމާލެ ފޭސް 2 ގަ. ތިމާއަށްވުރެ ގަދަބަސްބުނަން މޮޅުމީހެއް ނެތްކަމަށް ހެދުނަސް ބޭނުން ގޮތަކަށް މިފަސްގަނޑަކު ނުއުޅެވޭނެކަން ތިއެނގުނީ ވަރަށްކުޑަކޮށް އަދި.