ރާއްޖޭގެ ޚަބަރު ފަތުރާ މީޑިއާ ވެބްސައިޓްތަކުގެ ރޭންކިން އަށް މިމަހު އަނެއްކާވެސް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. ނަމަވެސް އަދިވެސް އެންމެ ގިނަ މީހުން ވަންނަ ރާއްޖޭގެ ވެބްސައިޓަކީ "ވަގުތު" އެވެ. "ވަގުތު" އިން މިމަގާމު ދަމަހައްޓަމުން އަންނަތާ މިހާރު ދެއަހަރު ވެއްޖެއެވެ.

ވެބްސައިޓްތައް ރޭންކް ކުރާ އެމެރިކާގެ "ސިމިލާވެބް" ރޭންކިން ދައްކާ ގޮތުގައި ރާއްޖޭގެ އެއްވަނަ ވެބްސައިޓްގެ މަގާމުގައި "ވަގުތު" އޮތްއިރު މިއީ ދިވެހިން ހަވަނަ އަށް އެންމެ ގިނައިން ވަންނަ ވެބްސައިޓެވެ. ދެވަނަ އޮންލައިން ނޫހަކީ "މިހާރު" އެވެ. އެއީ ރޭންކިންގެ ދިހަ ވަނަ އެވެ. "ސަން" އޮންލައިނަށް 11 ވަނަ ލިބޭއިރު "އަވަސް" އޮތީ 17 ވަނައިގައެވެ. "ސީއެންއެމް" އަށް 36 ވަނަ "ދަޕްރެސް" އަށް 38 ވަނަ ލިބޭއިރު "ވަން އޮންލައިން" އޮތީ 52 ވަނައިގައެވެ.

"އަދަދު" 53 ވަނައިގައި އޮތްއިރު "މިއަދު" އޮތީ 57 ވަނައިގައެވެ. "ދެން" އަށް ލިބެނީ 69 ވަނަ އެވެ. "ދިޔަރެސް" އަށް ލިބެނީ 111 ވަނަ އެވެ. "ރާއްޖެއެމްވީ" 150 ވަނައިގައި އޮތްއިރު އައްޑޫ ލައިވް އޮތީ 182 ވަނައިގައެވެ. "ދުވަސް" އޮތީ 375 ވަނައިގައެވެ.

އޮންލައިންކޮށް ޚަބަރު ގެނެސްދޭ އެހެން އެއްވެސް ވެބްސައިޓެއް ރޭންކްގައި ދެން ހިމަނާފައެއް ނުވެއެވެ. އެއީ ރޭންކް ކުރަން ބޭނުންވާ މައުލޫމާތު ލިބޭ ވަރަށް އެވެބްސައިޓްތަކަށް މީހުން ނުވަންނާތީއެވެ.

"ވަގުތު" އިން ރާއްޖޭގެ އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ ވެބްސައިޓްގެ މަގާމު ދަމަހައްޓަމުން އަންނައިރު "ވަގުތު" އަށް ދުވާލަކު ވަންނަ މީހުންގެ އަދަދު ދެލައްކަ އާއި ގާތް ކުރެއެވެ. އެންމެ އަވަހަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ޚަބަރުތައް ގެނެސްދިނުމުގައި "ވަގުތު" އިން ވަނީ ކިޔުންތެރިންގެ އިތުބާރު ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ކޮވިޑް

  ވަގުތު ހަމަ ސަޅީވެފަ ހަބޭހީ. އަދިވެސް ކޮމެންޓް ތަށް އަޕް ކޮށްލުން އަވަސް ކޮއްލާނަމަ ވ ހަބޭސް ވާނެ. މަރުހަބާ ވަގުތު އެންޑް އޯލްސްޓާފްސް.

  32
  9
 2. ޗޮހޯ

  މި ހަމަ ހުސް ވަނދު ފަޅޯ. ރޭންކިން ބަލާނެކަމެއްނެތް. ވަގުތު ތިކުރާމަސައްކަތާއިގެން ކުރިއަށްދިޔައިމަ ހުންނާނީ ރަނގަޅަށް! ސާބަސް!

  23
  5
 3. ސަމާސާ

  ވަގުތު ނޫސް އަހަރެން ބަލަނީ ހަބަރުތަކަށް ފޮނުވާ ކޮމެންޓް ވަކި ފިކުރަކަށް ނުބަލައި ޝާއިއުކުރާތީ.
  އެހެން ނޫސްތަކުން ސަރުކާރަށް ސަނާކިޔާފައި ކޮމެންޓް ފޮނުވައިގެން ނޫނީ ނުޖަހާނެ.

  31
  7
 4. ވާލީ

  ސަޅި . . . ވ. ސަޅި ވަގުތު ނޫސް

  10
  3
 5. ނަބާ

  ވަގުތު ވަރެއް ހަމަ ނެތް! ތީ ހަމަ އެންމެ ބެސްޓް ނިއުސް ❤️

  13
  3
 6. މަރުޙަބާ ވަގުތު ނޫސް!

  ތިހޯދި ކާމިޔާބީ އަށް ހޫނުކޮށް މަރުޙަބާ ކިޔަމެވެ!

  13
  3
 7. އިބްރާހީމް

  ވަގުތު ހަމ ބެސްޓް

  10
  2
 8. 😭

  ކީއްވެތަ އަހަރެން ކުރި އެއްވެސް ކޮމެންޓެއް ނުޖަހަނީ