22:03

އިތުރު 125 މީހުން ފައްސިވެއްޖެ

19:47

ކޮވިޑް-19އިން ދިފާއުވުމަށް ދެމުންގެންދާ ވެކްސިން ޖަހަން ބިރުން އިންޑިއާ މީހަކު ގަހަކަށް އަރައިފި

16:18

ދެކުނު އެފްރިކާއިން ދެނެގަނެވުނު ކޮވިޑް-19ގެ އާ ވޭރިއެންޓްކަމަށްވާ އޮމިކްރޮންގެ ސަބަބުން ހީކުރިވަރަށް ވުރެ އަވަހަށް ހަތަރުވަނަ ޑޯޒެއް ޖަހަން ޖެހިދާނެ ކަމަށް ފައިޒާ ކުންފުނީގެ ސީއީއޯ އަލްބާޓް ބޫލާ ވިދާޅުވެއްޖެ

09:23

އެމެރިކާ މީހުން ރާއްޖެ ދަތުރުނުކުރަން އިލްތިމާސްކޮށްފި.

08:43

ބިލް ގޭޓްސް ލަފާކުރަނީ 2022 ގައި ކޮވިޑުން ދުނިޔެ ސަލާމަތް ވާނެ ކަމަށް!

މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އެވްރެޖްކޮށް 30 އިން ދަށުގައި ހުންނަތާ ދެތިން މަސް ދުވަސް ފަހުން މިހާރު އަނެއްކާވެސް މާލޭގެ އަދަދުތައް އަންނަނީ އިތުރު ވަމުންނެވެ. ބުދަ ދުވަހު މާލެ އިން 46 މީހުން ފައްސިވިއިރު މިއީ ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ސަބަބެއް އަދި ނޭނގެއެވެ. ނަމަވެސް އޮމިކްރޮން ވޭރިއަންޓް މާލޭގައި ވެސް ފެތުރެމުން ދިއުން އެކަށީގެންވާ ކަމަށް ސިއްހީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ. ރާއްޖެ އިން ކޮވިޑް ވޭރިއަންޓް ޓެސްޓް ނުކުރެވޭތީ މާލޭގައި އޮމިކްރޮން ފެތުރެމުން ދާކަމެއް މުޅިން ކަށަވަރެއް ނުވެއެވެ.

އޮމިކްރޮން ފެތުރެމުން ދިޔަ ނަމަވެސް އަދި އެވޭރިއަންޓްގެ ނުރައްކާތެރިކަން މާބޮޑު ކަމަކަށް ސައިންސްވެރިން ނުނިންމައެވެ. އަދި މިހާތަނަށް ލިބިފައި ހުރި މައުލޫމާތައް ބަލާއިރު އޮމިކްރޮން ވޭރިއަންޓާއި މެދު މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށް ސައިންސްވެރިން ބުނެއެވެ. ނަމަވެސް އެއާއިއެކު ވެސް ސައިންސްވެރިން ފާހަގަ ކުރަމުން އަންނަ ކަމަކީ ހާލަތު ކޮންމެ ވަގުތަކު ވެސް ބަދަލުވެދާނެ ކަމެވެ. އޮމިކްރޮން އާއި ގުޅޭ ގޮތުން އިތުރު މައުލޫމާތުތައް ލިބެމުންދާ ވަރަކުން ކަންބޮޑުވުންތައް އިތުރުވެދާނެ ކަމުގެ ނުރަނަވަސްކަން ވެސް އެބައޮތެވެ. އެހެންކަމުން އެންމެ ރައްކާތެރި ގޮތަކީ ކޮވިޑުން ރައްކާތެރިވުމަށް އެކުލަވާލާފައިވާ ގައިޑްލައިންތަކަށް އަމަލު ކުރުމެވެ.

ކޮވިޑާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގުރައިޝާ

    ސަބަބަކީ އެޗްޕީއޭއިން ގައިޑް ލައިންތައް ފޮލޯނުކޮށް. މާސްކު ނާޅާ އެމީހަކާއި އެމީހެއް އުޅެމުން ދިއުން

    • ދޯ

      ސަބަބަކީ އިދިކޮޅުން ޖަލްސާތަށް ފުލު ފުލުން ބޭއްވުން...

  2. ޕީޕީއެމް

    މަމެން ޖަލްސާ ބާއްވަން އުޅޭތީ ކޮވިޑް އަދަދު މަތި ކޮއްލީ... ކިތައްމެ ވަރެށް ކުރިޔަސް ޖަލްސާ ބާއްވާނަން އިނގިއްޖޭ... ފެއިލްވި ސަރުކާރު ފަރަށްދޭ...

    7
    2
  3. Anonymous

    ސިޔާސީކަންކަން ވީމާ އެހެންވެސްވާނެ

    5
    1
  4. Anonymous

    މޑޕ ހުރިހާވެސް މައްސަލަޔަކީ.

  5. އަޙްމަދް

    ސަބަބަކީ ކޮވި19 އަނބުރާ ސިޔާސީ ގެސްގަނޑެއް.

  6. ސަބަބު

    ކޮވިޑް މައްޗައްދާ ސަބަބު ވަރަށް ސާފު، ޔާމީން ޖަލުން ދޫކޮށްލުމުން ސަރުކާރަށް ބާރު ބޮޑުވުން....... ވަރަށް ސާފު އެހެން ނޫންތޯ؟؟؟